09 ޑިސެމްބަރ 2016
ކުދި ކުށްތަކުގައި ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ކުށްވެރިންގެ ތެރޭން ގިނަ އަދަދެއްގެ މީހުންނަށް، ޝަރުތުތަކާ އެކު މާފު ދެއްވަން ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.
ކުދި ކުށްތަކުގައި ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ކުށްވެރިންގެ ތެރޭން ގިނަ އަދަދެއްގެ މީހުންނަށް، ޝަރުތުތަކާ އެކު މާފު ދެއްވަން ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.
ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި ދިވެހި ރައްޔިތުންނަށް، ހާއްސަކޮށް ޒުވާނުންނަށް، ބޮޑެތި އަދަބުތައް ދޭން ރައީސް ޔާމީން ބޭނުންފުޅެއް ނުވެ އެވެ. އެހެންވެ، ޖަލުތަކުގައި މިހާރު ތިބި ކުށްވެރިންގެ ތެރޭން ކުދި ކުށްތައް ކޮށްފައިވާ ފަރާތްތަކަށް، ކަނޑައަޅާ ޝަރުތުތަކާއި އުސޫލުތަކެއްގެ ދަށުން މާފު ދީ، މުޖުތަމަ އަށް އަނބުރާ އާދެވޭނެ ފުރުސަތު ދޭން ރައީސް ޔާމީން ނިންމަވާފައިވާ ކަމަށް އަޒްލީން ވިދާޅުވި އެވެ.
"އޭގެ ތެރޭގައި އެއްގޮތަކަށް ވެސް، މީހުން މެރުމާއި ބޮޑެތި މާރާމާތީތައް ފަދަ ޖަރީމާތައް ހިންގާފައިވާ ފަރާތްތަކެއް ނުހިމެނޭނެ. ކުދިކުދި ކުށްތަކުގައި އަދަބު ލިބެމުން ދާ ފަރާތްތަކަށް އިސްލާހުވުމުގެ ފުރުސަތެއް ދިނުން ރައީސްގެ ވިސްނުންފުޅަކީ،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ކުށްވެރިން ދޫކުރާނެ އުސޫލުތަކާއި ޝަރުތުތައް ކަނޑައެޅުމުގެ މަސައްކަތް، އެކަމަށް ނަގާފައިވާ ހާއްސަ ކޮމިޓީއަކުން މިހާރު އަންނަނީ ކުރަމުންނެވެ. އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ މުޖުތަމައުގައި އުޅޭނެ ގޮތްތަކާއި ދީނީ އަދަބުތަކާއި އާއިލީ ގުޅުންތައް ފަދަ މުހިއްމު ކަންކަން ހިމެނޭ ޓްރޭނިން ޕްރޮގްރާމެއް ދޫކޮށްލާ ކުށްވެރިންނަށް ހިންގާނެ ކަމަށެވެ.
"ގާތްގަނޑަކަށް 15 ނޫނީ 20 ދުވަހަށް މި ޕްރޮގްރާމް ޖަލުގައި ހިންގުމަށް ފަހު ދޫކޮށްލާނީ. އެ ޕްރޮގްރާމް އެކުލަވާލުމުގެ މަސައްކަތް ވެސް އަޅުގަނޑު މި ދެންނެވި ކޮމިޓީން އެބަ ކުރިއަށް ގެންދޭ،" އަޒްލީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ޕްރޮގްރާމް އެކުލަވާލާ ނިމުނުހާ އަވަހަކަށް ކުށްވެރިންނަށް މާފު ދިނުމުގެ ކަންކަން ފަށާނެ ކަމަށެވެ. އެކަމަކު، ސީދާ ވަކި ދުވަހެއް ވިދާޅެއް ނުވެ އެވެ.
ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތްތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުށްވެރިންތަކަކަށް މާފު ދީފައިވެ އެވެ. އަދި އެއް ފަހަރު ކުށެއް ކޮށްފައިވާ ޒުވާނުންގެ ކުށުގެ ރެކޯޑް ސާފުކުރުމުގެ މަސައްކަތްތަކެއް ވެސް ފުލުހުން މެދުވެރިކޮށް ކޮށްފައިވެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ކުށްވެރިން ދޫކޮށްލުމަށް، "ދެވަނަ ފުރުސަތު"ގެ ނަމުގައި ޕްރޮގްރާމެއް ހިންގި އެވެ. ވަކި ޝަރުތުތަކެއްގެ ދަށުން ބައެއް ކުށްވެރިން ދޫކޮށްލި އިރު، އެ ޕްރޮގްރާމަށް އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި އެވެ.
ކުށްވެރިންނަށް ލުއި ދިނުމުގެ ގަވައިދު އޭޖީއަށް
ވާނުވާގައި ތިބި މީހުން ކޭސްތައް ރިވިއުކޮށް، ދޫކޮށްލަނީ
ގައިދީންނަށް އަނިޔާކުރާ ނަމަ ފިޔަވަޅު އަޅަން: އިމްރާން
"އިމްރާންގެ ޓްވީޓުން ތަފާތު ކުރުން އޮންނަކަން ހާމަވޭ"
ޔާމީން ވެއްދީ ޔުނިޓުގެ ފެންވަރު ރަނގަޅުކޮށްފައި
އަދީބު ޝަކުވާ ނުކުރިޔަސް ފަރުވާ އެބަކުރަން: އިމްރާން
ޖަލާ ބެހޭ ކޮމިޝަންގެ މަސައްކަތް އަވަސްކޮށްދޭން އެދިއްޖެ
"ޔާމީން ފަދަ ވެރިއަކު ލިބުމުން ޝުކުރު ކުރަން ޖެހޭ"
"ރައީސަށް ދެވަނަ ދައުރެއް ދޭން ނުޖެހޭ ސަބަބެއް ނެތް"
ރިހެބިލިޓޭޝަން މުއްދަތު ހުކުމުން އުނިކުރަން ނިންމައިފި