30 ޖެނުއަރީ 2019
އެކިއެކި ކުށްކުށުގައި 33 އަަަހަރަށް ޖަލަށް ލާފައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ރަނގަޅު ފަރުވާ ދެމުން އަންނަ ކަމަށާއި އޭނާ ޝަކުވާ ނުކުރައްވާ ކަންކަމަށް ވެސް ފަރުވާ ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އެކިއެކި ކުށްކުށުގައި 33 އަަަހަރަށް ޖަލަށް ލާފައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ރަނގަޅު ފަރުވާ ދެމުން އަންނަ ކަމަށާއި އޭނާ ޝަކުވާ ނުކުރައްވާ ކަންކަމަށް ވެސް ފަރުވާ ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ގައިދީންނަށް ފަރުވާ ކުރުމުގެ ކަންތައްތައް ރަނގަޅުކުރަން ކޮށްފައިވާ ބައެއް މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ މިދިޔަ ދެ އަހަރު ތެރޭގައި އަދީބަށް ނުދޭހާ ފަރުވާ މިދިޔަ ދެ މަސްދުވަހުގެ ތެރޭގައި ދީފައިވާ ކަމަށެވެ.
ސިއްހީ ހާލަތާ ބެހޭ ގޮތުން އަދީބު ކުރައްވާ ކޮންމެ ޝަކުވާއެއް ބަަލައި ބޭނުންވާ ފަރުވާދޭ ކަމަށާއި ބައެއް ފަރުވާތައް އޭނާ ޝަކުވާއެއް ނުކުރެއްވިޔަސް ދެމުން އަންނަ ކަމަށް އިމްރާން ވިދާޅުވި އެވެ. އެގޮތުން ލޮލުގެ ފަރުވާއާ މެދު މިހާރު ޝަކުވާއެއް ނެތް ކަމަށާއި ނަމަވެސް ލޮލުގެ ފަރުވާ މިހާރު ވެސް ދެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަދީބު އެ ވާހަކަ ނުވެސް ދައްކަވާ އެކަމަކު އަޅުގަނޑުމެން މިދަނީ އެ އިންތިޒާމް ހަމަޖައްސަމުން. އިރާދަކުރެއްވިއްޔާ އެކަމުގައި، މި ރާއްޖޭގައި އެކަށީގެންވާ ޑޮކްޓަރުން ނެތްކަމަށް ވާ ނަމަ ރާއްޖެ އަށް އެކަށީގެންވާ ޑޮކްޓަރުން ގެނެސްގެން ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަރުވާ ކުރާނަން،" އިމްރާން ވިދާޅުވި އެވެ.
އަދީބުގެ އާއިލާ އާއި އޭނާގެ ޕާޓީން ކުރަމުން އަންނަ ޑިމާންޑްތަކަކީ ގަވާއިދާއި އުސޫލުގައި ނެތް ކަންތައްތަކަކަށް ކުރާ ޑިމާންޑެއް ކަމަށް އިމްރާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަދީބާ މެދު ކުރިން ކަންތައް ކުރި ގޮތާއި މިހާރު އަމަލުކުރާ އުސޫލު ރަނގަޅުވެފައިވާކަން ވެސް އާއިލާ އަށް އިނގޭނެ ކަމަށެވެ. އަދި އެ ކަންތައްތައް ރަނގަޅުވިކަން ހާމަކުރަން އާއިލާއިން ބޭނުން ނުވޭތޯ އިމްރާން ސުވާލު އުފެއްދެވި އެވެ.
"ގަވައިދާއި އުސޫލުގައި ނެތް ކަންތައްތަކަށް އާއިލާއިން ޑިމާންޑް ކުރާތީ އެ ކަންތައްތައް ނުކުރެވިގެން މިއުޅެނީ،" އޭނާ ވިދާޅުވި އެވެ.
އަދީބަށް ހުކުމް ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުމާއި ފިސްތޯލައެއް ގެންގުޅުނު މައްސަލަ އާއި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެންނެވެ. އަދީބަށް ފަރުވާ ދިނުމަށް އެކިފަހަރު މަތިން މާލެ ގެނެސް އަދި ގިނަ ދުވަސްތަކެއް ވަންދެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި ވެސް އޮތެވެ.
އަދީބު، ފަރުވާ އަށް ފަހު ޖަލަށް ގެންގޮސްފި
އަދީބު ޖަލަށް ބަދަލުކުރީ ލަފަޔާ ހިލާފަށް:އެޗުއާރުސީއެމް
އަދީބަށް ބޭނުންވާ ފަރުވާ ލިބޭނެ: އިމްރާން
ޖަލާ ބެހޭ ކޮމިޝަންގެ މަސައްކަތް އަވަސްކޮށްދޭން އެދިއްޖެ
ޔާމީން މުޅިންހެން ދެއްކެވީ އަދީބުގެ ވާހަކަ: އިމްރާން
ޔާމީން ވެއްދީ ޔުނިޓުގެ ފެންވަރު ރަނގަޅުކޮށްފައި
ރާވާ ޖަލުގެ ސާމާނު ކާށިދޫ ވަލުތެރެއަށް ދޫކޮށްލާފައި!
އަދީބަށް ނުފިލޭނެ ކަން ކަށަވަރު: އިމްރާން
އަދީބު އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފި
އަދީބު އޮންނެވީ ބަލި މީހުންނަށް އެކަށީގެންވާ ތަނެއްގައި