05 ޖެނުއަރީ 2019
ގޭބަންދުގައި ހުންނަވަނިކޮށް މާފުށީ ޖަލަށް މިދިޔަ ބުދަ ދުވަހުގެ ރޭ ބަދަލުކުރި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މާލެ ގެނެސް އައިޖީއެމްއެޗުގައި މިރޭ އެޑްމިޓްކޮށްފި އެވެ.
ގޭބަންދުގައި ހުންނަވަނިކޮށް މާފުށީ ޖަލަށް މިދިޔަ ބުދަ ދުވަހުގެ ރޭ ބަދަލުކުރި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މާލެ ގެނެސް އައިޖީއެމްއެޗުގައި މިރޭ އެޑްމިޓްކޮށްފި އެވެ.
އެމަނިކުފާނު އެޑްމިޓްކުރީ، މާފުށިން މާލެ ގެނެސް އައިޖީއެމްއެޗުގެ އިމަޖެންސީގައި ފަރުވާ ދިނުމަށް ފަހު އެވެ. އެކަމަކު ފަރުވާގެ ތަފްސީލެއް އަދި ނުލިބެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ އަދީބު އެޑްމިޓްކޮށްފައި އޮތް ކޮޓަރީގައި، އެމަނިކުފާނުގެ އަނބިކަނބަލުން ނަޝްވާ އަށް އަށް ހުންނެވޭނެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށެވެ. އެއާއެކު، ބަލި މީހުންނަށް ޒިޔާރަތް ކުރަން އޮންނަ ގަޑިތަކުގައި އާއިލާގެ އެހެން ބޭފުޅުންނަށް ވެސް އެމަނިކުފާނާ ބައްދަލު ކުރެވޭނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
އަދީބު، އަނބުރާ ޖަލަށް ބަދަލުކުރުމުން އާއިލާ އިން ހިތްހަމަނުޖެހުން ފާޅުކުރި އެވެ. ޖަލުގައި ހުންނަވަން އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ތަން ނުދޭ ކަމަށް އާއިލާ އިން ދެކެ އެވެ.
ކަރެކްޝަންސްގެ ސީނިއާ ޕްރިޒަންސް އޮފިސަރު އަހުމަދު ލުގްމާން "މިހާރު" އަށް ވިދާޅުވީ އަދީބު ހުންނަވަނީ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓެއްގައި ކަމަށެވެ. އެއީ ހުރިހާ ގޮތަކުން ވެސް ރައްކާތެރި ތަނެއް ކަމަށް ވިދާޅުވި އެވެ.
"ލުއިފަސޭހަަކަން އެކަންޏެއް ނޫން. ރައްކާތެރި ވެސް ތަނެއް. އެއްވެސް އުނދަގުލެއް ނުވާނެ. ބަލި މީހަކަށް އެކަށީގެންވާ ތަނެއް އެއީ،" ލުގްމާން ވިދާޅުވި އެވެ.
އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ދުވަސްތަކެއް ވަންދެން ބޭއްވުމަށް ފަހު އަދީބު ގެއަށް ބަދަލު ކުރީ ޑޮކްޓަރުުން އެގޮތަށް ލަފާ ދެއްވުމުންނެވެ. ގޭގައި ބާއްވަން ޑޮކްޓަރުން ލަފާ ދެއްވި މުއްދަތު ހަމަވުމާ އެކު އޭނާ ޖަލަށް ބަދަލު ކުރުމުން އަނބިކަނބަލުން ވަނީ އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅައިފަ އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާ ގޮތުގައި ޓެރަރިޒަމާއި ހިޔާނާތުގެ ކުށްތައް ސާބިތުވެ ކްރިމިނަލް ކޯޓުން 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އަދީބު، ދެ މަހަށް "ހޯމްލީ އެންވަޔަރަމެންޓެއް" ގައި ބަހައްޓަން ޑޮކްޓަރު ލަފާދެއްވީ އޮކްޓޯބަރު 24، 2018 ގަ އެވެ. ނަމަވެސް މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ފަހުން އެގޮތަށް ޑޮކްޓަރު ލަފާ ނުދެއްވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
އެކަމާ މެދު ހިތްހަމަޖެހިވަޑައިނުގެން ނަޝްވާ ވިދާޅުވެފައި ވަނީ އަދީބު ގޭ ބަންދަށް ބަދަލުކުރީ މި މަހު 28 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި ސާޖަރީއަށް ފަހު ރިކަވަރީ އަށް އާއިލާ ގާތުގައި 6-8 ހަފުތާ އަށް ބެހެއްޓުމަށް ޑޮކްޓަރުު ލަފާ ދެއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
އަދީބު އޮންނެވީ ބަލި މީހުންނަށް އެކަށީގެންވާ ތަނެއްގައި
އަދީބު އަނބުރާ ޖަލަށް ގެންގޮސްފި
އަދީބަށް ހާއްސަ ހިމާޔަތެއް ދެވޭކަށް ނެތް: ކަރެކްޝަންސް
އަދީބު ޝަކުވާ ނުކުރިޔަސް ފަރުވާ އެބަކުރަން: އިމްރާން
ގޮޅިތެރެއަށް ވެއްޓުމުން އަދީބު އެމަޖެންސީގައި މާލެއަށް
އަދީބު، ފަރުވާ އަށް ފަހު ޖަލަށް ގެންގޮސްފި
ނުފޫޒު ފޯރުވައިގެން ރޭ އުޅުނީ އަދީބު ޖަލަށް ގެންދަން
އަދީބު ޖަލަށް ބަދަލުކުރީ ލަފަޔާ ހިލާފަށް:އެޗުއާރުސީއެމް
އަދީބުގެ ހާލު ސީރިއަސް: އެމްޓީޑީ
އިމްރާން ކުރެއްވި ޓްވީޓުގެ މައްސަލަ ބަލަން އެދިއްޖެ