27 ސެޕްޓެމްބަރ 2022
ރާއްޖޭގެ ހުރިހާ ރަށަކަށް އެއް ހަމައެއްގައި ޖަޒީރާ ފަސޭހަ ދިރިއުޅުން ކަށަވަރުކޮށްދިނުމަކީ ދިވެހި ގައުމިއްޔަތު އަލުން އަނބުރާ ދިރުވުން ކަމަށާއި އެކަން ނުކޮށް ދޫކޮށްލުމަކީ ސަރުކާރަށް އޮތް އިހްތިޔާރެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް އެއް ހަމައެއްގައި ޖަޒީރާ ފަސޭހަ ދިރިއުޅުން ކަށަވަރުކޮށްދިނުމަކީ ދިވެހި ގައުމިއްޔަތު އަލުން އަނބުރާ ދިރުވުން ކަމަށާއި އެކަން ނުކޮށް ދޫކޮށްލުމަކީ ސަރުކާރަށް އޮތް އިހްތިޔާރެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ހއ. އުތީމުގައި ބޭއްވި މި އަހަރުގެ ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވީ ގައުމިއްޔަތަކީ ތަފާތެއް ނެތި ޖަޒީރާ ކުދި ރަށްތަކާ އެކު ދިރިއުޅެވޭނެ ގޮތެއް ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ. އެ އަމާޒަށް ވާސިލްވެވޭނީ ސިއްހަތާއި ތައުލީމާއި އާމްދަނީގެ އަވަސް އަދި ފަސޭހަ މަގުތައް ކޮށައިގެން ކަމަށާއި ސަރުކާރުން އެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިކަމުގައި ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންގެ ތާއީދާ އެއްބާރު ލެއްވުން އަޅުގަނޑު ބޭނުން،" ރައީސް ވިދާޅުވި އެވެ.
"މި ދަތުރުގައި އަޅުގަނޑު މިއައީ ފިނެއަށް ގޮސްފައި. އަޅުގަނޑުމެން އަލުން އަނބުރާ އިއާދަކުރަން މަސައްކަތް މިކުރާ ދިވެހި ގައުމިއްޔަތުގެ ހަމަތައްގަނޑަށް ފިނޭ އެ އަންނަނީ ފެތެމުން،" ރައީސް ވިދާޅުވި އެވެ.
ގައުމީ ދުވަހުގެ ޖަލްސާގައު ރައީސްގެ ދެކަނބަލުންނާއި ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް
އެ ރަށުގައި އަސާސީ މުހިއްމު ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ފެނާއި ނަރުދަމާ ފުރިހަމަވެ ކަރަންޓް ޔަގީންވެފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ. ދަތުރުފަތުރުގެ ފަސޭހަކަން ވެސް އުނދަގުލެއް ނެތި ފިނޭގެ ރައްޔިތުން ހިމެނޭހެން އެ ސަރަހައްދަށް ގާއިމްކޮށްދެވިފައިވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގައުމީ ދުވަހު އުތީމަށް ވަޑައިގެން މި ރަށުގައި އެ ހަފުލާ ފާހަގަކުރުމުން ލިބިވަޑައިގަންނަވަނީ ތަފާތު އުފަލެއް ކަމަށެވެ. ގައުމުގެ މި އުފާވެރި މުނާސަބަތާ ގުޅިފައި ވަނީ އުތީމުގެ އަގުހުރި ދަރިއެއްގެ ޖިހާދުކަން ރައީސް ފާހަގަކުރެއްވި އެވެ.
ބޭނުންވާ އެއްޗެއް، ބޭރުން އެތެރެ ކުރެވިދާނެ. އެހެން ނަމަވެސް ގައުމިއްޔަތަކީ އިމްޕޯޓް ކުރެވޭ އެއްޗެއް ނޫން: ރައީސް
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ގައުމަކަށް ދެވޭނެ އެންމެ އަގު ބޮޑު ހަދިޔާ ދީފައި ވަނީ އުތީމު ފަސްގަނޑުންނެވެ.
ގައުމީ ދުވަސް އުތީމުގައި ކުލަގަދަކޮށް ފާހަގަކުރުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އުތީމުން ހަނދާނީ ފިލައެއް ކައުންސިލްގެ ރައީސް ހަދިޔާކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
ދުނިޔޭގެ ގަދަފަދަ ބާރަކުން މުޅި ސަރަހައްދު އިސްތިއުމާރުކޮށްފައި އޮއްވައި ޕޯޗުގީރުންނާ ދެކޮޅަށް ކާމިޔާބު ހޯއްދެވި ބޮޑުތަކުރުފާނަކީ ޒުވާން ބޭފުޅެއް ކަމަށާއި އެ ހިތްވަރާއި ޖޯޝު ހަށިކޮޅުގައި ހިނގުމުގައި ސިއްރެއް ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ކަނޑުގެ ބާރަކީ ދިވެހިންކަން ބޮޑުތަކުރުފާނު ދެނެވަޑައިގަތް. ވަކަރުގެ އާރު ވަތަށްވާ ގޮތަށް ދިވެހިން ކުރި ކިއްސަރު ވަޑާމުގެ ދިމާ އިދިކޮޅަށް ކަޅުއޮއްފުންމި ބަނދެ ނިންމީ ވަކަރުފުށް ބޭރަށް. ބޭނުމަކީ ދުވެލިބާރު ކުރުން. އެއީ އާދައިގެ ވިސްނުމެއް ނޫން ހަގީގަތުގައި ވަތަށް އޮންނަން ޖެހޭ ވަކަރުފުށް ބޭރަށް ޖެހި ކަޅުއޮއްފުންމީގެ ފުރަތަމަ މަޑުލާ އެކު ޕޯޗްގީޒުން ވަތަކުތޯ ޖެހިއްޖެ. ކަނޑުގެ ބާޒު ބަލި ކުރެވޭނީ ކަނޑުގެ ދަރިންނަށް އެކަން ކުރީ ދިވެހިން،" ރައީސް ވިދާޅުވި އެވެ.
ގައުމީ ދުވަހުގެ ޖަލްސާ: އުތީމުގައި މި ޖަލްސާ ބޭއްވުމަކީ ހާއްސަ އުފަލެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށް ރައީސް ވިދާޅުވި. -- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި ދިރިއުޅޭ އިންސާނުން ނެތި ފަޅަށް ކިތަންމެ ބޮޑު ސަރަހައްދެއް އޮތަސް އެއީ ގައުމެއް ނޫނެވެ. ގައުމެއް ނެތް ނަމަ ގައުމިއްޔަތެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
ގައުމާއި ގައުމިއްޔަތަކީ ކާބަފައިން ހަވާލުކުރި ޒިންމާއެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"ބޭނުންވާ އެއްޗެއް، ބޭރުން އެތެރެ ކުރެވިދާނެ. އެހެން ނަމަވެސް ގައުމިއްޔަތަކީ އިމްޕޯޓް ކުރެވޭ އެއްޗެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.
"ދިވެހިންނަކީ އަސްލާ ނަސްލުން އެއްބައެއް. އިސްލާމްދީނުގެ ހިދާޔަތުގައި އެންމެން ފިދާވާ ގައުމެއް. އާދަކާދައާ ބަހުރުވަ އެކައްޗެއް. އެކަކަށް ޖެހޭ ބޮޑު ކަމެއްގާ އަނެކުން ހިއްސާވި ގައުމެއް. އެއް ބަދިގޭގެ ތެލީގެ ފުލުގާ އުނދުޅިން ޖެހޭ އަޑު އިވިއްޖެ ނަމަ އަނެއް ބަދިގެއިން ކާތަކެތި ގެނެސްދޭ ބައެއް."
ގައުމީ ދުވަހުގެ ޖަލްސާގައި އުތީމު ރައްޔިތުން ބައިވެރިވަނީ: ގައުމީ ދުވަހުގެ ޖަލްސާއަށް މި ރަށް އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި. -- ފޮޓޯ: ރައީސް އޮފީސް
އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހި ގައުމިއްޔަތު ޒީނަތްވެދާ އެފަދަ އަގުބޮޑު ގަހަނާ ގެންގުޅުނު އެހެން ބަޔަކު މި ދުނިޔޭގާ މަދުވާނެ އެވެ.
ރައީސް ވިދާޅުވީ ޓޫރިސްޓުން ރާއްޖެ އަންނަން ފެށިތާ މި އަހަރު 50 އަހަރު ފުރޭއިރު މެހެމާންދާރީއާ އޯގާތެރި ކަމާ ހިތްހެޔޮކަން ނުވި ނަމަ ދުނިޔޭގެ އެންމެ މަގަބޫލު ޓޫރިސްޓް މަންޒިލްކަމުގައި ރާއްޖެ ނުވީސް ކަމަށެވެ.
"ބޮޑު ތަކުރުފާނު ކުރައްސަވައި ދެއްވި ގައުމިއްޔަތުގެ ޗާޓުން ދައްކަނީ މެހެމާނުންނަށް ކަމޭ ހިތާ އިހްތިރާމްކޮށް އޯގާތެރިވުން. ރާއްޖެއަށް ލާބަ ހުރި ކޮންމެ ކަމެއްގައި އެތަކުރުފާނު އިސްކުރެއްވި ހާރިޖީ ސިޔާސަތަކީ ގައުމިއްޔަތުގެ ބައެއް. މިދެންނެވި ގައުމިއްޔަތުގެ ސިފަތަށް ދެމެހެއްޓުމަކީ މިނިވަންކަން ދެމެހެއްޓުމުގެ އެއް އަސާސް،" ރައީސް ވިދާޅުވި އެވެ.
ގައުމީ ދުވަހުގެ ޖަލްސާގައި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ތާރީހާއި ސަގާފަތް ދިރުވައި އާލާކޮށް ދެމެެހެއްޓުމަކީ ރިޔާސީ ވައުދެކެވެ. ވަކި ސިޔާސަތެއްގެ ދަށުން އެކަން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބަވަނަ ވަމުން އަންނަ ދުނިޔޭގައި ގައުމުތަކާ އޮންނަ ގުޅުން ބަދަހިކޮށް ބައިނަލްއަގުވާމީ ދުނިޔެއާ އެއްސަފެއްގައި ރާއްޖެ ފައި ހަމަކުރަން ޖެހޭ ކަމަށެވެ.
ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް
ގައުމަށްޓަކައި ރައްޔިތަކަށް ކުރެވޭނެ އެންމެ ހެޔޮކަމަކީ ރައީސް ވިދާޅުވި ގޮތުގައި ރަނގަޅު ދަރިއެއް ތަރުބިއްޔަތު ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.
"މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި އަގީދާގެ ނަމޫނާ އެ ކުދިންނާ ގާތުން ފެނުން. މިންތީގެ ހަމަހަމަކަމާ ގެވެށި އިންސާފު އެ ކުދިންނަށް ދަސްވުން. މޫސުމާ، ތިމާވެއްޓަށް އަންނަ ބަދަލާ ގޮންޖެހުން ތަކުން އަރައިގަނެވޭނެ ގޮތްތަކާ މެދު ވިސްނާ އެގޮތަށް އަމަލު ކުރުން،" ރައީސް ވިދާޅުވި އެވެ.
ގުޅުން ބަދަހިކުރާނީ މިނިވަންކަން ނުގެއްލޭގޮތަށް: ރައީސް
ހުޅު ރޯވިޔަ ނުދޭނަން، އެމްޑީއެން އުވާލާ: އިޔާޒު
ސިޔާސީ ހުޅު ރޯކުރާ ދަރަކަށް ދީން ނުހައްދަވާ: ރައީސް
އަހަރެއް ތެރޭ ފެނުނީ އުއްމީދެއް ނެތް ސަރުކާރެއް: އިބޫ
ޖަނާޒާގެ ކަންކަމަށް ދިން އެއްބާރުލުމަށް އިބޫގެ ޝުކުރު
2023: ރޫޅުމާއި ވެއްޓުމާއި އާދަޔާ ޚިލާފު ކާމިޔާބީ!
7 ކަމެއް ހުއްޓާލަން އެދި މުއިއްޒުގެ ސިޓީއެއް ރައީސަށް
"މިނިވަންކަމުގެ މައްޗަށް އިސްކުރާނެ މަސްލަަހަތެއް ނެތް"
މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ބާއްވައިފި
އިދިކޮޅުގައި ތިބެ ގޯސް، ސަރުކާރުގައި ކުރަނީ ދިފާއު!