Roadha Mihaaru
ފުޓުބޯޅަ މެޗެއް ބަލަން ދިޔަ 35 އަންހެނުން ހައްޔަރު

ފުޓުބޯޅަ މެޗެއް ބަލަން ދިޔަ 35 އަންހެނުން ހައްޔަރުކޮށްފި

02 މާޗް 2018

ތެހެރާން (މާޗް 2) - ފުޓުބޯޅަ މެޗެއް ބަލަން ދާން އުޅުނު 35 އަންހެނުން އީރާނުން ހައްޔަރުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (މާޗް 2) - ފުޓުބޯޅަ މެޗެއް ބަލަން ދާން އުޅުނު 35 އަންހެނުން އީރާނުން ހައްޔަރުކޮށްފި އެވެ.

އަންހެނުންތައް ދާން އުޅުނީ ވެރިރަށް ތެހެރާނުގެ ދެ ޓީމު ކަމަށްވާ އިސްތިގްލާލް އާއި ޕާސެޕޮލިސް ކުޅުނު މެޗު ބަލާށެވެ. އެ މެޗު ބައްލަވާލެއްވުމަށް ފީފާގެ ރައީސް އާއި އީރާންގެ ސްޕޯޓްސް މިނިސްޓަރު ވެސް ވަޑައިގެންނެވި އެވެ.

މެޗު ބަލަން އަންހެނުންނަށް ވަނުމުގެ ހުއްދަ ދޭނެތޯ ސްޕޯޓްސް މިނިސްޓަރާ ސުވާލު ކުރުމުން ލައިވް ބްރޯޑްކާސްޓް ވަނީ ކަނޑާލައިފަ އެވެ.

އީރާނުގެ އިންޓީރިއާ މިނިސްޓްރީގެ އޮފިޝަލަކު ބުނީ ކުޅިބަލަން ސްޓޭޑިއަމަށް ވަންނަން އުޅުނު އަންހެނުން ހައްޔަރު ކުރީ ނޫން ކަމަށާއި އެކަމަކު އެ މީހުން ރައްކާތެރި ތަނަކަށް ފުލުހުން ގެންދިޔައީ ކަމަށެވެ.

އީރާނުގައި އަންހެނުން ފުޓުބޯޅަ މެޗުތައް ބަލަން ދިއުން މަނާކޮށްފައި ވަނީ 1979 ވަނަ އަހަރު ގެނައި ރިވޮލިއުޝަނަށް ފަހު އެވެ.

ތެހެރާނުގެ އާޒާދީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ކުރިން ސޯޝަލް މީޑިއާގައި ވަނީ އެ މެޗު ބަލަން އަންހެނުން ދަނޑަށް ދިއުމުގެ ހުއްދަ ދޭން ގޮވާލައިފަ އެވެ.