14 ޑިސެމްބަރ 2022
އީރާނުގައި އަންހެނުންގެ ހައްގުތަކާއި މިނިވަންކަމަށް ގޮވާލާ ކުރިއަށްދިޔަ މުޒާހަރާގައި ބައިވެރިވި އެ ގައުމުގެ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިޔާ އާމިރު ރިޒާ އަޒާދާނީ އަށް މަރުގެ ހުކުމް އަތުވެދާނެ ކަމަށް ރިޕޯޓް ކުރުމާ އެކު ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިންގެ ޖަމިއްޔާ ފިފްޕްރޯ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އީރާނުގައި އަންހެނުންގެ ހައްގުތަކާއި މިނިވަންކަމަށް ގޮވާލާ ކުރިއަށްދިޔަ މުޒާހަރާގައި ބައިވެރިވި އެ ގައުމުގެ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިޔާ އާމިރު ރިޒާ އަޒާދާނީ އަށް މަރުގެ ހުކުމް އަތުވެދާނެ ކަމަށް ރިޕޯޓް ކުރުމާ އެކު ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިންގެ ޖަމިއްޔާ ފިފްޕްރޯ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ފިފްޕްރޯ އިން ވަނީ އާމިރާ އެކު ތިބި ކަމަށް ބުނެ، މަރުގެ އަދަބުން އޭނާ ބަރީއާކުރަން ގޮވާލައިފަ އެވެ.
އާމިރަށް ކުރެވެނީ، އީރާނުގެ އެސްފަހަން ސިޓީ ގައި ހިނގާދިޔަ މުޒާހަރާތަކުގައި ތިން ސެކިއުރިޓީ އޮފިސަރެއް މަރުވި ހާދިސާއާ ގުޅުން ހުރި ހަތިޔާރު އެޅި ޖަމާއަތެއްގެ މެމްބަރަކަށް އުޅުނު ކަމުގެ ތުހުމަތެވެ. އޭނާ އަށް ވަނީ ކަމާބެހޭ ފަރާތްތަކާ ދެކޮޅަށް ހަތިޔާރުގެ ބޭނުން ކޮށްގެން ހަމަލާ ދިނުމުގެ ކުށުގެ ދައުވާ އުފުލައިފަ އެވެ.
އުމުރުން 26 އަހަރުގެ އާމިރު ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 27 ގައި ހައްޔަރު ކޮށްފަ އެވެ. ނަމަވެސް އޭނާ އަށް އަދި ހުކުމް އިއްވާފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިރާނުގައި ބުރުގާ ނާޅައި މަގުމައްޗަށް ނުކުމެ އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަން ގެންދިޔަ 22 އަހަރުގެ މަހްޝާ އަމީނީ މަރުވި ހާދިސާއާ ގުޅިގެން އެ ގައުމުގައި މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އަންނަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރަމުންނެވެ.
މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ގައި ވާދަކުރި އީރާން ޓީމުގެ ކުޅުންތެރިން ވަނީ އެ ގައުމުން ވޯލްޑް ކަޕުގައި ކުޅުނު ފުރަތަމަ މެޗުގައި، އަމިއްލަ ގައުމުގެ ގައުމީ ސަލާމް ކިޔަން ވެސް ދެކޮޅު ހަދައިފި އެވެ. އެއީ އީރާންގައި އަންހެނުންނަށް ބުރުގާ އެޅުން މަޖުބޫރުކޮށްފައި ވަނިކޮށް، ބުރުގާ ނާލައި އުޅުނު މަހްޝާ އަމީނީ އަށް އާންމުންގެ ބަޔަކު ހަމަލާ ދީފައި ވަނިކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން އޭނާ މަރުވުމުންނެވެ.
އެސްފަހަން އަށް އުފަން ޑިފެންޑަރު އާމިރު ވަނީ އެ ގައުމުގެ ރަހް އަހާން އާއި ޓްރެކްޓާ އެފްސީ އަދި ގޮލް ރޭހާން އަށް ކުޅެފަ އެވެ. މީގެ އިތުރުން އޭނާ ވަނީ އީރާންގެ 16 އަހަރުން ދަށުގެ ގައުމީ ޓީމުގައި ވެސް ހިމެނިފަ އެވެ.
އީރާނުގެ ގާނޫނު ބުނާގޮތުން އޭނާ ހަތިޔާރުގެ ބޭނުން ކުރި ކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތު ވެއްޖެ ނަމަ މަރުގެ ހުކުމް އަންނާނެ އެވެ. އެހެން ނޫން ނަމަ އޭނާ އަށް އަންނާނީ ޖަލު ހުކުމެކެވެ.
މުޒާހަރާގެ ހަމަނުޖެހުންތަކުގައި ދެ ސެކިއުރިޓީ އޮފިސަތަކަށް ތޫނު ހަތިޔާރު ބޭނުން ކޮށްގެން ހަމަލާދީ މަރާލި ކަމުގެ ތުހުމަތުގައި އިތުރު ބަޔަކަށް މަރުގެ ހުކުމް ތަންފީޒު ކޮށްފައި ވާކަމަށް މީޑީއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.
އަލީ ދާއީގެ އަންހެނުން ގައުމުން ފުރުން މަނާކޮށްފި
އެމެރިކާދެކެ ބިރު ނުގަންނަ އިރާން މެޗުގައިވެސް ނުސިހޭނެ
އިރާނަށް އުންމީދު، ފުރަތަމަ ރަތްކާޑް ވޭލްސްގެ ކީޕަރަށް
ދުރަށް ބޯޅަ އެއްލައިގެން ކީޕަރަކަށް ރެކޯޑެއް
ފުޓުބޯޅަ މެޗެއް ބަލަން ދިޔަ 35 އަންހެނުން ހައްޔަރު
ގުރައިދޫ އެއްވަނަ، ފުވައްމުލަކާއި ތިމަރަފުށި ގުރަކަށް
އޭދަފުށީގެ ދުވަހެއް، ދިއްދޫ ކަޓުވާލުމަށްފަހު ކުއާޓާއަށް
ކުރެންދޫ ކަޓުވާލައި މާލޭން އަލިފުށި ގޮވައިގެން ކުއާޓާއަށް
ނައިފަރު ދެއްކީ ހިތްވަރު، ކުއާޓާއިން ޖާގަ ހޯދައިފި
ރާއްޖޭގައި ފަރުމާކުރި ފުރަތަމަ ބޯޅައިގެ ޕްރީއޯޑަރުނަގަނީ