26 ފެބުރުއަރީ 2018
ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ގޮވާލުންތަކަށް ތާއީދު ކުރައްވާ ކަމަށާއި އެ ޖަމާއަތުން ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަގީންކަން ފުރިހަމަ އަށް އެބައޮތް ކަމަށް ރާއްޖެ އިން އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން މިއަދު ވިދާޅުވެއްޖެ އެވެ.
ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ގޮވާލުންތަކަށް ތާއީދު ކުރައްވާ ކަމަށާއި އެ ޖަމާއަތުން ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަގީންކަން ފުރިހަމަ އަށް އެބައޮތް ކަމަށް ރާއްޖެ އިން އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން މިއަދު ވިދާޅުވެއްޖެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ސިޔާސީ ބޭފުޅުން މިނިވަންކޮށް ޑިމޮކްރަސީގެ ހަމަތަކަށް ރުޖޫއަވުމަށް އީޔޫގެ ކައުންސިލުން މިއަދު ވަނީ ގަރާރެއް ފާސްކޮށްފަ އެވެ. އަދި ރާއްޖޭގެ ހާލަތު ރަނގަޅު ނުވާނަމަ، ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް އީޔޫގެ ގަރާރުގައި ބުނެފައި ވެ އެވެ. އެކަމަކު، އެއީ ކޮން ފިޔަވަޅުތަކެއް ކަމަށް ނުބުނެ އެވެ.
އީޔޫގެ އެ ނިންމުމާ ގުޅިގެން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ޝިއާން ވިދާޅުވީ އީޔޫ އިން މައިގަނޑު ގޮތެއްގައި ގޮވާލީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށާއި ސިޔާސީ ފަރާތްތަކާ އެކު މަޝްވަރާ ކޮށްގެން މައްސަލަތައް ހައްލު ކުރުމަށް ކަމަށެވެ. އެ ދެ ކަމަށް ސަރުކާރުން ފުރިހަމަ އަށް ތާއީދު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށް ސަރުކާރުން އިސްވެ ފުރުސަތު ހުޅުވާލާފައި ވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ކްރިމިނަލް ކޯޓު ދޮރުމަތީގައި ސިފައިންގެ ދެ މީހަކު މަޑުކޮށްލައިގެން. - ފޮޓޯ: މިހާރު
ޝިއާން ވިދާޅުވީ އީޔޫގެ ގަރާރަކީ ހަމައެކަނި ސަރުކާރުން އަމަލު ކުރަން ޖެހޭ އެއްޗެއް ނޫން ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ވެސް މަޝްވަރާގެ މޭޒު ދޮށަށް އަންނަން ޖެހޭ ކަމަށާއި ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށް އީޔޫ ވެސް އޮތީ އެއްބާރުލުން ދޭން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީން މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން އިދިކޮޅު ފަރާތްތަކާއި ބައެއް މީޑިއާތަކުން އީޔޫ އަށް މައުލޫމާތު ފޯރުކޮށްދީފައި އޮތީ ހަގީގަތް އޮޅޭ ގޮތަށް ކަމަށް ވިދާޅުވެ، އެ ފަރާތްތަކަށް ޝިއާން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އެގޮތުން ޓޫރިސްޓުންނަށް ނުރައްކާވެފައި އޮތް ކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަން ފަދަ، އިންސާނީ ހައްގުތައް ހިފަހައްޓާފައި އޮތް ކަން އީޔޫ އަށް ގަބޫލު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، ސަރުކާރުން އިންސާނީ އެއްވެސް ހައްގެއް ހިފަހައްޓައި، އާންމު ދިރިއުޅުމަށް ހުރަސް އަޅާފައި ނުވާ ކަމަށް ޝިއާން ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތަކުން ދޮގު މައުލޫމާތުތަކެއް ދިނުމާ ގުޅިގެން އީޔޫ އަށް ސައްހަ މައުލޫމާތު ފޯރުކޮށް ދިނުމުގައި ސަރުކާރުން ދެމިތިބޭނެ ކަމަށް ޝިއާން ވިދާޅުވި އެވެ.
"ގައުމީ ސަލާމަތަށް ނުރައްކާ ވެފައި އޮތީމަ، ކުއްލި ނުރައްކަލުގެ ހާލަތު ނެރެން ޖެހުނީ. އެކަމަކު، އެ މާހައުލު ރަނގަޅުވީމަ އެ ނަގާނެ. ވަކި މުއްދަތެއް އީޔޫ އަކަށް [ސަރުކާރުން] ނުދޭ. ވީހާވެސް އަވަހަކަށް ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް މަސައްކަތް ކުރަމުންދާކަން އީޔޫއަށް އަންގާނެ،" ޝިއާން ވިދާޅުވި އެވެ.
އެމްޑީޕީގެ ހަރުގެ ކައިރީގައި ބޭއްވި އެއްވުމެއް ރޫޅާލުމަށް ފުލުހުން ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ޝިއާން ވިދާޅުވީ އީޔޫ ކައުންސިލްގެ ގަރާރު އޮތީ ވަކި ފަރާތްތަކަކަށް އަމާޒުކޮށް އަޅާނެ ފިޔަވަޅުތަކެއްގެ ވާހަކަ ނޫން ކަމަށެވެ. އަދި ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ އެއްވެސް ފިޔަވަޅެއް އަޅާނެ ކަމުގެ އިންޒާރު އެ ގަރާރުގައި ނުދޭ ކަމަށް ތަކުރާރުކޮށް ޝިއާން ވިދާޅުވި އެވެ.
ގަރާރުގައި ފާހަގަ ކުރީ، އީޔޫ އިން ރާއްޖެ އަށް ދެމުން އަންނަ ބައެއް އެހީތައް މަޑުޖައްސާލަން ޖެހިދާނެ ވާހަކަ ކަމަށް ވެސް ޝިއާން ވިދާޅުވި އެވެ. އެކަމަކު، އެއީ ކޮން އެހީތަކެއް ކަމެއް ގަރާރުގައި ނެތެވެ.
އީޔޫގެ ގޮވާލުންތަކަށް އިޖާބަ ނުދޭނަމަ، ޝިއާން މިސާލެއްގެ ގޮތުގައި ނެންގެވީ ތިމާވެށީގެ ރޮނގުންނާއި ޝަރުއީ ނިޒާމު ހަރުދަނާކޮށް ވަރުގަދަ ކުރުމާ ގުޅޭ ގޮތުންނާއި މަސްވެރިކަމުގެ ސިނާއަތަށް ދެމުން އަންނަ އެހީތެރިކަމާއި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ މަޝްވަރާތައް އީޔޫން މަޑު ޖައްސާލަން ޖެހިދާނެ ކަމެވެ. އެކަމަކު، އީޔޫއާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ސަރުކާރަށް އޮތް ޕްރެޝަރެއް ނޫން. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ކުރިން އީޔޫއާ އެކީ މަޝްވަރާ ކުރަމުން މި އައީ. އީޔޫއާ އެކީގައި ގުޅިގެން މަސައްކަތް މި ކުރަނީ،" އީޔޫގެ ގަރާރަކީ ސަރުކާރަށް ކުރިމަތިވި ޕްރެޝަރެއްތޯ ސުވާލު ކުރުމުން ޝިއާން ވިދާޅުވި އެވެ.
ޔޫރަޕިއަން ކައުންސިލްގެ ފޮރިން އެފެއާޒް ކައުންސިލުން މިއަދު ފާސްކުރި ގަރާރުގައި، ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލުމަށާއި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހުރިހާ ހައްގުތަކެއް ދިނުމަށް ގޮވާލާފައިވެ އެވެ. ސިޔާސީ ބޭފުޅުން ހައްޔަރުކުރަމުން ދާތީ އެކަން ކުށްވެރި ކުރަމުން، އެ ހުރިހާ ބޭފުޅުން ވަގުތުން މިނިވަން ކުރުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.
ފިޔަވަޅު އަޅަން ޖެހިދާނެކަމުގެ އިންޒާރު އީޔޫ އިން ދީފި
އީޔޫގެ ވަފުދާ ބައްދަލުކުރަން ސަރުކާރުން ބޭނުމެއް ނުވި
އީޔޫގެ އިސް ވަފުދެއް ރާއްޖެ އަތުވެއްޖެ
ހަރުކަށި ފިކުރާ ދެކޮޅަށް 43 މިލިއަންގެ ޕްރޮޖެކްޓެއް
އިބޫގެ ސަރުކާރާއެކު މަސައްކަތް ކުރަން ބޭނުން: އީޔޫ
"ފިޔަވަޅު ނާޅަން އީޔޫގައި އެދޭކަށް އިބޫއަށް ނުކުރޭނެ"
އދ. އާއި އީޔޫ ނާންނަނީ ސުވާލު އުފެދޭތީއެއް ނޫން!
ފިޔަވަޅު އަޅާ ލިސްޓުގެ ވާހަކަ ނޫހުން އުނިކޮށްފި
ފިޔަވަޅު އަޅާ މީހުންގެ ލިސްޓެއް ނޫޅޭ: ޝިއާން
އީޔޫ އިން ފިޔަވަޅު އަޅާ ލިސްޓުގައި 41 ނަމެއް ހިމެނޭ