ރާއްޖޭގެ މިހާރުގެ ސިޔާސީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރުމަށް ފަހު، ރާއްޖޭގެ ހާލަތު ދެނެގަތުމަށް އައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުގެ ސަފީރުން ހިމެނޭ އިސް ވަފުދާ ބައްދަލުކުރަން ސަރުކާރުން ދެކޮޅު ހަދައިފި އެވެ.
ރާއްޖޭގެ މިހާރުގެ ސިޔާސީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރުމަށް ފަހު، ރާއްޖޭގެ ހާލަތު ދެނެގަތުމަށް އައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުގެ ސަފީރުން ހިމެނޭ އިސް ވަފުދާ ބައްދަލުކުރަން ސަރުކާރުން ދެކޮޅު ހަދައިފި އެވެ.
ސްރީލަންކާގައި ހުންނަ ޖަރުމަނު އެމްބަސީން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ދިވެހި ސަރުކާރުން އެ ވަފުދާއެކު މަޝްވަރާކުރަން ދެކޮޅު ހަދާފައިވާ ކަމަށެވެ. އަދި އީޔޫ އާއި އިނގިރޭސި ވިލާތް ހިމެނޭ ވަފުދުން ރައީސް އަބްދުﷲ ޔާމީނާއި ކެބިނެޓްގެ މިނިސްޓަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސާ ބައްދަލުކުރަން މިއަދު އެދިފައިވާނެ ކަމަށް ވެސް އެ ޓުވީޓްގައި ބުނެފައިވެ އެވެ.
"އަޅުގަނޑުމެންގެ އެދުން ވަނީ ބަލައިނުގެންފައި. މިއީ ކުރިޔަށް ދާންވީ ގޮތެއް ނޫން،" ޖަރުމަނުގެ އެމްބަސީން ކުރި ޓުވީޓުގައި ބުނެފައިވެ އެވެ.
Sadly the Maldivian Govt refuses dialogue: today with my UK/EU colleagues we requested to meet the President/Cabinet ministers and speaker of majlis to discuss our concerns on the current situation. Our requests were unfortunately refused. That is surely not the way forward.
— GermanEmbassyColombo (@GermanyinSL) February 8, 2018
ޖަރުމަނު އެމްބަސީން ކުރި ޓުވީޓު
ރޭ ރާއްޖެ އައި އެ ވަފުދުގައި ހިމެނެނީ، އީޔޫގެ ސަފީރުގެ އިތުރުން ޖަރުމަނާއި އިނގިރޭސި ވިލާތުގެ ސަފީރުންނެވެ. އެ ވަފުދު ރާއްޖެ އައިސް މިއަދު ހެނދުނު ވަނީ އިދިކޮޅު ޕާޓީތަކުގެ އިސް ވެރިންނާ ބައްދަލުކޮށް، އެ މީހުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައިފަ އެވެ.
ޖަލު ހުކުމުގައި ތިއްބެވި އިދިކޮޅު ސިޔާސީ ބޭފުޅުންތަކެއް ދޫކޮށްލަން ރާއްޖޭގެ އެންމެ މަތީ ކޯޓުން މި މަހުގެ ފުރަތަމަ ދުވަހު ނެރުނު، އަމުރު ސަރުކާރުން ތަންފީޒު ނުކޮށްގެން ކަންބޮޑުވުން ފާޅުކުރި ގައުމުތަކުގެ ތެރޭގައި އިންޑިއާ، ސްރީ ލަންކާ، އެމެރިކާ، ޖަރުމަން ވިލާތް އަދި އިނގިރޭސި ވިލާތް ހިމެނެ އެވެ. މީގެ އިތުރުން އދ. ގެ ހިއުމަން ރައިޓްސް ކޮމެޓީ އާއި އެމްނެސްޓީ ފަދަ ޖަމާއަތްތައް ވެސް ހިމެނެ އެވެ. އެއްވެސް ޝަރުތެއް ނެތި، އެ ހުކުމް ތަންފީޒު ކުރަން ގޮވާލަމުން ދަނިކޮށް، ސަރުކާރުން ދެން އަމަލުކުރި ގޮތާ މެދު ވެސް ބައެއް ގައުމުތަކުން ހިތްހަމައެއް ނުޖެހެ އެވެ.
އެއީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް އަދި އާންމުންގެ ބައެއް ހައްގުތައް ހަނި ކޮށްފައިވާތީ އެވެ. އެ ދެބޭފުޅުންގެ އިތުރުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ވެސް ފުލުހުން ކުރަނީ ރިޝްވަތުގެ ތުހުމަތެވެ.
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހު، ސިޔާސީ އިދިކޮޅު ބޭފުޅުން ދޫކުރުމަށް ކުރިން ކުރި އަމުރު، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ބާތިލުކޮށްފަ އެވެ. މި ފިޔަވަޅުތަކާ ހެދި ސަރުކާރަށް ކުރިމަތިކުރާ ޕްރެޝަރު ވަނީ އިތުރަށް ބޮޑުވެފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއުލާން ކުރުން އީޔޫގެ ބައެއް ގައުމުތަކުން ސިފަކުރަނީ "ޑިމޮކްރަސީ އަށް ދިން ހަމަލާއެއް"ގެ ގޮތުގަ އެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ތަބާނުވެ، ކުއްލި ނުރައްކަލުގެ ހާ؛ލަތު އިއުލާންކޮށް އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ހައްޔަރުކުރި މައްސަލައިގައި އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ވެސް ބާއްވަން ވަނީ ނިންމައިފަ އެވެ.
އީޔޫ ވަފުދު ފުރީ ބައްދަލުކުރަން ހަމަޖެއްސި ފަހުން
އީޔޫގެ ނިންމުމަށް ޔޫކޭ އިން އަމަލުކުރަން ފަށައިފި
އީޔޫގެ އިސް ވަފުދެއް ރާއްޖެ އަތުވެއްޖެ
ފިޔަވަޅު އަޅާ މީހުންގެ ލިސްޓެއް ނޫޅޭ: ޝިއާން
ރިޝްވަތު ދިން ކަމަށް ބުނާ ވާހަކަ ޖަމީލް ދޮގުކޮށްފި
"ދީން ގަބޫލުނުކުރާ މީހުންނަށް އެއްޗެއް ދޭން ނުޖެހޭ"
އެސްއޯއީ ނުގެނައި ނަމަ ނަތީޖާ ގޯސްވުމުގެ ބިރު އޮތް
މިފަހަރުގެ އެސްއޯއީ: އެންމެ ހައިޖާނު ބޮޑުވި ހާާލަތު
އީޔޫގެ ވަރުގަދަ އިންޒާރު: މިއީ ކުޑަ ކަމެއް ނޫން!
އީޔޫއިން ދަތިކުރުމުގެ ފިޔަވަޅެއް ނާޅާނެ: ރާއްޖެ