22 ފެބުރުއަރީ 2018
ލަންޑަން (ފެބްރުއަރީ 22) - އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅެން ބޭނުންވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނިގެން ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
ލަންޑަން (ފެބްރުއަރީ 22) - އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅެން ބޭނުންވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނިގެން ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
މެންޗެސްޓާ ޔުނައިޓެޑް މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގަ ހޯދީ މިދިޔަ ސީޒަނުގައި ޔޫރޮޕާ ލީގު ކާމިޔާބު ކޮށްގެންނެވެ.
އާސެނަލް މި ވަގުތު ޔޫރޮޕާ ލީގުގައި ވާދަކުރަމުން އަންނައިރު، މިރޭ އެ ޓީމު މުބާރާތުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި އަމިއްލަ ދަނޑުގައި ނުކުންނާނީ ސްވިޑަންގެ އޮސްޓާސުންޑްސްއާ ދެކޮޅަށެވެ. ފުރަތަމަ ލެގުގެ މެޗުން އާސެނަލް މޮޅުވީ 3-0 އިންނެވެ.
މެޗުގެ ކުރިން ވެންގާ ބުނީ އާސެނަލުން ބޮޑަށް ސަމާލުކަން ދޭނީ ޕްރިމިއާ ލީގަށް ކަމަށެވެ.
"ޔުރޮޕާ ލީގަކީ ވެސް މުހިއްމު މުބާރާތެއް. އަހަރެމެންނަށް މުހިއްމީ ޕްރިމިއާ ލީގު. އަލުން ޗެމްޕިއަންސް ލީގަށްދާން ބޭނުމީ ވެސް ޕްރިމިއާ ލީގުގެ ތެރެއިން،" ވެންގާ ބުންޏެވެ.
މިރޭގެ މެޗުގައި އާސެނަލްގެ އާރޮން ރަމްސޭ އާއި މެސުތު އޮޒިލް އަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެ ކަމަށް ވެންގާ ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް މެޗު ފަސޭހަކޮށްލުމަކީ ކުރާނެ ކަމެއް ނޫން ކަމަށާއި މެޗަށް ނެރޭނީ މޮޅުވެވޭނެ ވަރުގެ ޓީމެއް ކަމަށް ބުންޏެވެ.
އިނގިރޭސި ލީގު ކަޕް ފައިނަލުގައި އަންނަ އާދިއްތަ ދުވަހުގެރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗާ މެދު އަދި ނުވިސްނާ ކަމަށާއި މި ވަގުތު ހުރިހާ ފޯކަސް އެއް ހުރީ މިރޭގެ މެޗަށް ކަމަށް ވެންގާ ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން މިރޭގެ މެޗާއި އާދިއްތަ ދުވަހުގެ މެޗުގައި ވެންގާ ބޭނުންކުރާނީ އެ ޓީމުގެ ދެ ވަނަ ގޯލްކީޕަރު ކަމަށްވާ ކޮލިމްބިއާގެ ޑޭވިޑް އޮސްޕީނާ އެވެ.
މިރޭގެ މެޗު ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 1:05 ގަ އެވެ.
އެތުލެޓިކޯ ފައިނަލަށް، ވެންގާ ހުސް އަތާ ކްލަބާ ދުރަށް
އާސެނަލް ދޫކޮށްލާ ވާހަކަ ބުނީ ހިތާ ދެކޮޅަށް: ވެންގާ
ބޮޑަށް ސަމާލުކަންދޭނީ ޕްރިމިއާ ލީގަށް: ވެންގާ
ހޯލް އޮފް ފޭމް: ފުރަތަމަ ކޯޗުންނަކީ ފާގީ އާއި ވެންގާ
އާސެނަލް ކަޓައި، ޔުނައިޓެޑާއި ޔުވެންޓަސް ކުއާޓާ އަށް
ޔޫރަޕުގައި ބެޓިސް އަތުން ޔުނައިޓެޑަށް ބޮޑު މޮޅެއް
ޔުނައިޓެޑް ޕްލޭ އޮފަށް، އާސެނަލް ގަދަ 16 އަށް
އާސެނަލް އާ ފެށުމަކުން ފަށަން ޖެހޭ: އާޓެޓާ
ފަސްކުރި ޔޫރޮޕާ ލީގު މެޗު އާސެނަލް ކާމިޔާބުކޮށްފި
އާސެނަލް އަށް މޮޅެއް، ބެޓިސް އަތުން ރޯމާ ބަލިވެއްޖެ