15 ޖުލައި 2016
އިސްލާމީ ޔުނިވާސިޓީން އަންނަ އަހަރުގެ ޖެނުއަރީގައި އިސްލާމީ އިގްތިސާދާ ބެހޭ އިލްމު ކިޔަވައިދޭން ފަށާނެ ކަމަށް އެ ޔުނިވާސިޓީން ރޭ ބުނެފި އެވެ.
އިސްލާމީ ޔުނިވާސިޓީން އަންނަ އަހަރުގެ ޖެނުއަރީގައި އިސްލާމީ އިގްތިސާދާ ބެހޭ އިލްމު ކިޔަވައިދޭން ފަށާނެ ކަމަށް އެ ޔުނިވާސިޓީން ރޭ ބުނެފި އެވެ.
އެ ޔުނިވާސިޓީގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހު ކުރުމަށް އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ހިދުމަތް ކުރާނެ މީހުން އުފެއްދުމަށް އިސްލާމިކް ފައިނޭންސްގެ ދާއިރާގެ ކޯސްތައް ފަށަން ޖެހޭ ކަމަށެވެ.
"ސަރުކާރުގެ އަމާޒެއް އެއީ އިސްލާމިކް ފައިނޭންސް ސެންޓަރެއް ރާއްޖޭގައި ގާއިމްވުމަކީ. އެކަމަށް އިސްލާމީ ޔުނިވަސިޓީން އެބަޖެހޭ މަސައްކަތް ކޮށްދެއްވަން." ނައިބު ރައީސް ވިދާޅުވި އެވެ.
އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވި ގޮތުގައި އިސްލާމީ އިގްތިސާދާ ބެހޭ އިލްމު ކިޔަވައިދޭން ފަށަނީ މެލޭޝިއާގެ ގްލޯބަލް ޔުނިވާސިޓީ އޮފް އިސްލާމިކް ފައިނޭންސްއާ ގުޅިގެންނެވެ.
ދެ ޔުނިވާސިޓީ ގުޅިގެން އިސްލާމީ ފައިނޭންސްގެ ފައުންޑޭޝަން ކޯސްތަކާއި، ޑިޕްލޮމާ އަދި ޑިގްރީ ކޯސްތަކުގެ ކަރިކިއުލަމް އެކުލަވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ސްޕޮންސާ ކުރުމަށް ރާއްޖޭގެ އިސްލާމީ ބޭންކާއެކު ވެސް މިދަނީ މަޝްވަރާ ކުރަމުން. އަންނަ ޖެނުއަރީ މަހު އިސްލާމިކް ފައިނޭންސްގެ އިސްލާމިކް އިންޝިއުރަންސް އާއި ތަކާފުލާ ބެހޭ ތައުލީމް ޔުނިވާސިޓީގެ ފަރާތުން ލިބެން ފަށާނެ." ޝަހީމް ވިދާޅުވި އެވެ.
މީގެ އިތުރުން އުސޫލުލް ފިގުހުގެ މާސްޓާސް އާއި ޕީއެޗްޑީ އަށް ކިޔަވައި ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި އިސްލާމީ ޔުނިވާސިޓީގެ އަމާޒަކީ ދެކުނު އޭޝިއާ ސަރަޙައްދުގެ އެންމެ ފެންވަރު ރަނގަޅު އިސްލާމީ ޔުނިވަސިޓީ އަށް ވުމެވެ.
އިސްލާމީ ޔުނިވާސިޓީން ހާސިލް ކުރަން ބޭނުންވާ މުހިންމު ލަނޑުދަނޑިތަކުގެ ތެރޭގައި ޑިގްރީ ފެންވަރަށް ކިޔަވާ ނިންމާ ދަރިވަރުންގެ އަދަދު އަހަރަކު 400 އަށް އިތުރުކޮށް މާސްޓާސް ހެދުމަށް ފަހު ދަސްވެނިވާ ދަރިވަރުންގެ އަދަދު 60 އަށް ހެދުން ހިމެނެ އެވެ. އަދި އަހަރަކު ދެ ދަރިވަރުން ޕީއެޗްޑީ ނިންމާ ދަސްވެނިވުން ވެސް ހިމެނެއެވެ.
އިސްލާމިކް ޔުނިވާސިޓީގެ އިމާރާތެއް އެޅުމަށް ބިމެއް ދެނީ
ތައުލީމީ ގޮތުން ސިންގަޕޫރު ފަދަ ގައުމުތަކާ ވާދަކުރެވޭނެ
އައިޔޫއެމްގެ ރިސާޗް ކޮންފަރެންސް ފަށައިފި
އައިޔޫއެމް ތަރައްގީކުރަން ސައޫދީން އެހީވަނީ
ޗާންސެލަކަމުން އިސްތިއުފާ ނުދިނުމުން ޝަހީމަށް ފާޑުކިއުން
އައިޔޫއެމް ހިންގުމަށް ވައިސް ޗާންސެލާއެއް ހަމަޖައްސައިފި
އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ސައުދީގައި
އައިޔޫއެމް-މަދީނާ ޔުނިވަސިޓީ ގުޅިގެން މަސައްކަތް ކުރަނީ
މާލި ނިޒާމެއް ނެތި ޔުނިވަސިޓީ ތަރައްގީއެއް ނުވާނެ
ކޮރަޕްޝަން ހުއްޓުވޭނެ ގޮތް ހޯދަންޖެހޭ: އާދަމް ޝަރީފް