Roadha Mihaaru
މިިދިޔަ މަހު މީރާއަށް 2.2 ބިލިއަން ރުފިޔާ ލިބިއްޖެ

ޓޫރިޒަމް ދާއިރާއިން ލިބުނު އާމްދަނީއާއެކު މިދިޔަ މަހު މީރާއަށް 2.2 ބިލިއަން ރުފިޔާ ލިބިއްޖެ

13 ފެބުރުއަރީ 2018

ޓޫރިޒަމް ދާއިރާއިން ލިބުނު އާމްދަނީއާ އެކު މިދިޔަ މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް 2.2 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ޓޫރިޒަމް ދާއިރާއިން ލިބުނު އާމްދަނީއާ އެކު މިދިޔަ މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް 2.2 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އާމްދަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ޖަމާކުރިއިރު އޭގެ ތެރޭގައި ޑޮލަރުން ޖަމާކުރި 73.7 މިލިއަން ޑޮލަރު ހިމެނެ އެވެ.

މީރާ އިން ބުނިގޮތުގައި މިދިޔަ މަހު ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބުނު މިންވަރަށް ވުރެ 10.7 ޕަސެންޓް އިތުރު އަދަދެެއް ކަމަށެވެ. މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ޖީއެސްޓީ އާއި ގްރީން ޓެކްސް، ބިން ވިއްކައިގެން ލިބުނު އާމްދަނީ އަދި ރިސޯޓުތަކުގެ ބިމު ކުލިން ލިބުނު އާމްދަނީ އިތުރުވުމުން ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެ އެވެ.

މީރާ އިން ބުނީ މިދިޔަ މަހު ލިބުނު އާމްދަނީ އެހާ ބޮޑަށް އިތުރުވިއިރު ޓޫރިސްޓުން އައި މިންވަރު 19.7 ޕަސެންޓް އިތުރުވެ އަދި އެންފޯސްމަންޓް ޕޮލިސީގެ ދަށުން ހޯދި ފައިސާގެ އަދަދު ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ބިޒްނަސް ޕްރޮފިޓް ޓެކްސްއިންނެވެ. ބީޕީޓީގެ ގޮތުގައި 872 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 39.8 ޕަސެންޓް ދަށް އަދަދެކެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޖީއެސްޓީގެ ގޮތުގައި 825 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 37.6 ޕަސެންޓް އިތުރު އަދަދެކެވެ. ޖީއެސްޓީގެ ގޮތުގައި 825 މިލިއަން ރުފިޔާ ލިބުނުއިރު ޓީޖީއެސްޓީގެ ގޮތުގައި 519 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ 23.7 ޕަސެންޓް އިތުރު އަދަދެކެވެ.