އިސްލާމްއާބާދު (ފެބްރުއަރީ 10) - ޕާކިސްތާނުގެ ޓީވީތަކާއި ރޭޑިއޯ ސްޓޭޝަންތަކުން ވެލެންޓައިންސް ޑޭ ޕްރޮމޯޓް ނުކުރަން އެ ގައުމުގެ މީޑިއާ ރެގިއުލޭޓަރު އިންޒާރު ދީފި އެވެ.
10 ފެބުރުއަރީ 2018
އިސްލާމްއާބާދު (ފެބްރުއަރީ 10) - ޕާކިސްތާނުގެ ޓީވީތަކާއި ރޭޑިއޯ ސްޓޭޝަންތަކުން ވެލެންޓައިންސް ޑޭ ޕްރޮމޯޓް ނުކުރަން އެ ގައުމުގެ މީޑިއާ ރެގިއުލޭޓަރު އިންޒާރު ދީފި އެވެ.
ޕާކިސްތާނުގައި ވެލެންޓައިންސް ޑޭ ފާހަގަ ކުރުން މިދިޔަ އަހަރު ވަނީ ކޯޓުން މަނާކޮށްފަ އެވެ.
ޕާކިސްތާނުގެ ޒުވާނުންގެ މެދުގައި ވެލެންޓައިންސް ޑޭގެ މަގްބޫލްކަން އަންނަނީ ބޮޑުވަމުންނެވެ. ގިނަ ޒުވާނުން ދަނީ ވެލެންޓައިންސް ޑޭ ގެ މުނާސަބަތުގައި ލޯބިވެރިންނަށް ކާޑާއި މަލާއި ޗޮކްލެޓް އަަދި އެނޫންވެސް ހަދިޔާތައް ދެމުންނެވެ.
ޕާކިސްތާނުގެ ރައީސް މަމްނޫން ހުސައިން 2016 ވަނަ އަހަރު ވަނީ ކިޔަވާ ކުދިންތަކަކާ މުޚާތަބް ކުރައްވާ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ޕާކިސްތާނުގައި ވެލެންޓައިންސް ޑޭ ފާހަގަ ކުރުމަށް އެއްވެސް ޖާގައެއް ނޯޯންނާނެ ކަމަށް ވިދާޅުވެފަ އެވެ. އިސްލާމްއާބާދު ހައި ކޯޓުން މިދިޔަ އަހަރު ވަނީ އާއްމު ތަންތަނާއި ސަރުކާރުގެ އޮފީސްތަކުގައި ވެލެންޓައިންސް ޑޭ ފާހަގަ ކުރުން މަނާކޮށްފަ އެވެ.
ޕާކިސްތާނުގެ އިލެކްޓްރޯނިކް މީޑިއާ ރިގިއުލޭޓަރީ އޮތޯރިޓީން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މީޑިއާތަކުން ވެލެންޓައިންސް ޑޭ ޕްރޮމޯޓް ކުރުން މިިދިޔަ އަހަރު މަނާކުރި ކުރުން އަދިވެސް ދެމި އެބައޮތް ކަމަށެވެ.
ޕާކިސްތާނުގައި ލޯބިވެރިންގެ ދުވަސް ފާހަގަ ކުރުން މަނާ
ޕާކިސްތާނާއި ސައޫދީން ދިފާއީ އެއްބަސްވުމެއް
ޕާކިސްތާނުގައި ފެން ބޮޑުވެ މަރުވި އަދަދު 400 އަށް
ޕާކިސްތާނުގައި ފެންބޮޑުވެ 200 މީހުން ގެއްލިފައި
ވިއްސާރާގައި 48 ގަޑިއިރުތެރޭ ޕާކިސްތާނުން 320 މަރު
އިމްރާންގެ ޕާޓީގެ 108 މެންބަރަކު ޖަލަށް ލައިފި
ކަޝްމީރުގައި ހަމަލާދިން އެންމެ މަރާލައިފިން: އިންޑިއާ
ޕާކިސްތާނުގެ ކޯޗަކަށް ނިއުކާސަލްގެ ކުރީގެ ތަރި ސޮލާނޯ
ވިއްސާރާގައި 24 ގަޑިއިރުތެރޭ ޕާކިސްތާނުން 54 މަރު
ޕާކިސްތާނު ފަންނާނަކު ފެނުނީ މަރުވިތާ ނުވަ މަސް ފަހުން