06 ފެބުރުއަރީ 2018
ކޮލަމްބޯ (ފެބްރުއަރީ 6) - ސްރީ ލަންކާގެ ގައުމީ އެއާލައިން، ސްރީ ލަންކަންގައި ހިންގާފައިވާ ކޮރަޕްޝަނުގައި ބައިވެރިވެފައިވާ މީހުންނަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.
ކޮލަމްބޯ (ފެބްރުއަރީ 6) - ސްރީ ލަންކާގެ ގައުމީ އެއާލައިން، ސްރީ ލަންކަންގައި ހިންގާފައިވާ ކޮރަޕްޝަނުގައި ބައިވެރިވެފައިވާ މީހުންނަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.
އުތުރުގެ ތަމްބަލާގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނުގައި ވާހަކަ ދައްކަވަމުން ސިރިސޭނާ ވިދާޅުވީ ގައުމީ އެއާލައިނުގައި ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުގެ މަސައްކަތް ކާމިޔާބުކަމާ އެކު ކުރިއަށްދާ ކަމަށާއި އެކަމުގައި ޒިންމާވާ މީހުންގެ ނަންތައް ވަރަށް އަވަހަށް ހާމަކޮށް އެ މީހުން ޝަރީއަތަށް ފޮނުވާނެ ކަމަށެވެ.
ސްރީ ލަންކަންގެ ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ސިރިސޭނާ މިދިޔަ ހަފުތާގައި ވަނީ ފަސް މެންބަރުންގެ ޕެނަލެއް އުފައްދައިފަ އެވެ. ސްރީ ލަންކަންގެ އިތުރުން ސްރީ ލަންކަން ކޭޓަރިން އާއި ބަޖެޓް އެއާލައިން މިހިން ލަންކާގެ ކޮރަޕްޝަން ވެސް ޕެނަލުން ބަލާނެ އެވެ. މިހިން ލަންކާ މިހާރު ވަނީ ހުއްޓާލައިފަ އެވެ.
ޕެނަލުން ބަލާނީ 2006-2008 އަށް ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަތަކެވެ. އޭގެ ތެރޭގައި އެމިރޭޓްސްއާ އެކު ގާއިމްކުރި މެނޭޖްމަންޓް އެއްބަސްވުން އުވާލި ސަބަބު ވެސް ބަލާނެ އެވެ.
އެއާ ލަންކާގެ ނަމުގައި 1979 ވަނަ އަހަރު އުފެއްދި އެއާލައިނަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ވެރިކަމާ ހަމައަށް ދިޔައީ ފައިދާވަމުންނެވެ. އެމިރޭޓްސްއާ އެކު ގާއިމްކުރި އެއްބަސްވުން އުވާލީ 2005 އިން 2015 އަށް ވެރިކަން ކުރެއްވި ރާޖަޕަކްސާގެ ވެރިކަމުގަ އެވެ. ދެހާސް އަށް ވަނަ އަހަރު އެ އެއްބަސްވުން އުވާލީ ލަންޑަނުން ކޮލަމްބޯ އަށް ދަތުރު ކުރަން އޮތް ސްރީ ލަންކަންގެ ފްލައިޓުން ރާޖަޕަކްސާގެ އާއިލާ މެންބަރުންތަކަށް ސީޓް ނުދިނުމުން ކަމަށްވެ އެވެ. އެކަމާ ހިތްހަމަޖެހިވަޑައިނުގެން ރާޖަޕަކްސާ ވަނީ އެމިރޭޓްސް އިން އައްޔަންކޮށްފައިވާ ސްރީ ލަންކަންގެ ސީއީއޯ ވަކިކޮށް ރާޖަޕަކްސާގެ ޅިޔަނަކަށް ސީއީއޯކަން ދެއްވައިފަ އެވެ. އޭވިއޭޝަން ދާއިރާގެ އެއްވެސް ތަޖްރިބާއެއް ނެތް ބޭފުކަށް އެއާލައިން ހިންގަން ހަވާލުކުރި ފަހުން ސްރީ ލަންކަން އަށް ވަނީ ގެއްލުން ވާން ފަށައިފަ އެވެ. އެއާލައިނުގެ ދަރަނި މިހާރު ވެސް 3.2 ބިލިއަން ޑޮލަރަށް އަރަ އެވެ.
ސްރީ ލަންކަން 1998 ވަނަ އަހަރު ޕްރައިވެޓައިޒް ކުރުމުން އެ އެއާލައިނުގެ 43.6 ޕަސެންޓް ހިއްސާ އެމިރޭޓްސް އިން ގަތީ 70 މިލިއަން ޑޮލަރު ދެއްކުމަށް ފަހު އެވެ. އެއާލައިނުގައި އޮތް އެމިރޭޓްސްގެ ހިއްސާ ފަހުން ވަނީ ލަންކާ ސަރުކާރުން ގަނެފަ އެވެ.
ރާޖަޕަކްސާގެ ވެރިކަމުގައި އެއާލައިނަށް އެއާބަސްގެ އާ ބޯޓެއް ދެ ބިލިއަން ޑޮލަރަށް ގަތް މައްސަލައިގެ ޖިނާއީ ތަހްގީގެއް ވެސް ވަނީ ފަށައިފަ އެވެ. ސްރީ ލަންކަންގެ ދަރަނި ބޮޑުވުމުން ސަރުކާރުން މިހާރު ދަނީ އާ ޕާޓްނަރެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ސްރީ ލަންކަން ގަންނަ ބަޔަކަށް ދަރަނި މާފުކޮށްދެނީ
ސްރީ ލަންކާ އިން އައްޑުއަށް ދަތުރުތައް އިތުރުކުރަނީ
ރާޖަޕަކްސާ 10ބިލިއަން އިންވެސްޓްކުރި ވާހަކަ ދޮގުކޮށްފި
ސްރީ ލަންކަންގެ ދަތުރުތައް ގަމަށް އަލުން ފަށައިފި
ލަންކާގެ ރައީސްގެ ކޮއްކޮގެ މައްސަލަ ބަލަން އަންގައިފި
ރާއްޖޭން ލަންކާއަށް ދިޔަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ސްރީލަންކަންގެ އައްޑޫ ދަތުރުތައް ނުހުއްޓޭނެ: އަސްލަމް
ލަންކާގައި ތިބި ދިވެހިން ބުދަ ދުވަހު ރާއްޖެ ގެންނަނީ
ސްރީ ލަންކަންގެ ދަތުރުތައް ޖޫން 1 ގައި ފެށޭތޯ ބަލަނީ
ގޯޓާބޭގެ ކޮރަޕްޝަނުގެ މައްސަލަތައް ނުބަލަން ނިންމައިފި