Roadha Mihaaru
ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި އެކަކު ސީރިއަސް

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި އެކަކު ވަރަށް ސީރިއަސް

27 ޖެނުއަރީ 2018

ހުޅުމާލޭގައި މިރޭ ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި އެކަކު އޮތީ ވަރަށް ސީރިއަސް ހާލަތެއްގައި ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުނެފި އެވެ.

ހުޅުމާލޭގައި މިރޭ ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި އެކަކު އޮތީ ވަރަށް ސީރިއަސް ހާލަތެއްގައި ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުނެފި އެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ދެ ބެއިން އެކްސިޑެންޓްވެ އޭގެ ތެރެއިން 25 އަހަރުގެ ޒުވާނަކަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށާއި އިތުރު ފަރުވާ އަށް މާލެ ގެންނަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެކްސިޑެންޓާ ބެހޭ ތަފުސީލެއް އަދި ނުލިބެ އެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ހިތިގަސް މަގު، މައި ކޮލެޖް ކައިރިންނެވެ.

އެހެން ނަމަވެސް، އެ އެކްސިޑެންޓްގައި ޒަހަމްވި 23 އަނެކަކަށް އެހާ ސީރިއަސް ޒަހަމްތަކެއް ނުލިބެ އެވެ. ތޭވީސް އަހަރުގެ އެ ޒުވާނާގެ ގައިގެ އެކި ތަންތަން މަށައިގެން ދިއުމުން ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށެވެ. އާސަންދަ އިން ބުނީ ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ނޭވާ ވެސް ނުލެވޭ ކަމަށެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.