Roadha Mihaaru
ހައިވޭގައި ވަންވޭ އިދިކޮޅަށް ދުއްވަނިކޮށް އެކްސިޑެންޓެއް

ހައިވޭގައި ވަން ވޭގެ އިދިކޮޅަށް ދުއްވި ސައިކަލެއް ކަހާލައިގެން ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ

09 ނޮވެމްބަރ 2018

ލިންކް ރޯޑުން ހުޅުމާލެއަށް ދުއްވާ ލޭނުން، ގަވައިދާ ޚިލާފަށް، މާލެއާ ވީ ކޮޅަށް ދުއްވި ސައިކަލެއް ކަހާލައިގެން ވެއްޓި، ސައިކަލްގައި ތިބި ދެ މީހުންނަށް މިއަދު އަނިޔާވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ލިންކް ރޯޑުން ހުޅުމާލެއަށް ދުއްވާ ލޭނުން، ގަވައިދާ ޚިލާފަށް، މާލެއާ ވީ ކޮޅަށް ދުއްވި ސައިކަލެއް ކަހާލައިގެން ވެއްޓި، ސައިކަލްގައި ތިބި ދެ މީހުންނަށް މިއަދު އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ހެނދުނު 7:30 ހާއިރު ހިނގި އެކްސިޑެންޓުގައި ސައިކަލް ކަހާލައިގެން ވެއްޓުނީ މާލެ އިން ހުޅުމާލެއަށް ދާ ލޭން ބޭނުންކޮށްގެން މާލެއަށް (ވަންވޭއާ އިދިކޮޅަށް) ދުއްވާފައި ދަނިކޮށް ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލް ދުއްވަނީ އިނީ 23 އަހަރުގެ ފިރިހެނެކެވެ. ސައިކަލް ފަހަތުގައި އިނީ 17 އަހަރުގެ ކުއްޖެކެވެ.

ދެ މީހުންނަށް ވެސް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދައިގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެކްސިޑެންޓުގައި އަނިޔާވި ކުޑަކުއްޖާގެ ފައިގައި ރެނދު ލާފައިވާ ކަމަށެވެ. އަދި ސައިކަލް ދުއްވަން އިން މީހާގެ ބޮލަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ދެ މީހުންގެ ހާލު ގޯހެއް ނޫން. އޮބްޒަވޭޝަނަށް ބާއްވާފައި އޮތީ،" އޮފިޝަލް ވިދާޅުވި އެވެ.

މާލެ އާއި ހުޅުލެ ގުޅުވައިލި ސިނަމާލެ ބްރިޖާއި ރިންގް ރޯޑުގެ އިތުރުން، ހުޅުލެ ލިންކް ރޯޑްގައި އެކްސިޑެންޓުތަކެއް ދަނީ އިތުރު ވަމުންނެވެ.