Roadha Mihaaru
ވެމްކޯގެ ވެހިކަލަކުން ޖެހި ކުޑަކުއްޖަކު ޒަހަމްވެއްޖެ

ހުޅުމާލޭގައި ވެމްކޯގެ ވެހިކަލަކުން ޖެހި ކުޑަކުއްޖަކު ޒަހަމްވެއްޖެ

29 ޖުލައި 2018

ހުޅުމާލޭގައި ވެމްކޯގެ ކުނި އުކާލާ ޕިކަޕަކުން ޖެހި ކުޑަކުއްޖަކު މިއަދު ޒަހަމްވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހުޅުމާލޭގައި ވެމްކޯގެ ކުނި އުކާލާ ޕިކަޕަކުން ޖެހި ކުޑަކުއްޖަކު މިއަދު ޒަހަމްވެއްޖެ އެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގަމުން އަންނަ އާސަންދަ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ޕިކަޕަކުން ޖެހި އަނިޔާވީ އުމުރުން ދެ އަހަރުގެ ފިރިހެން ކުއްޖަކު ކަމަށެވެ. އެ ކުއްޖާ އަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ކުއްޖާ އަށް ކުދިކުދި އަނިޔާތަކެއް ލިބިފައި ހުރީ. ފަރުވާ ދިނުމަށް ފަހު، ދޫކޮށްލާނެ،" އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި، އެ ކުއްޖާ ޖެހުނީ، ވެމްކޯ އިން ކުނި އުކަން ބޭނުން ކުރާ ޕިކަޕެއްގަ އެވެ. އަދި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު، ލައިގެން ހުރި ހެދުން ވެސް އޮތީ ވީދިފަ އެވެ.

ވެމްކޯގައި މަސައްކަތް ކުރާ މީހުން މިއަދު އެ ކުއްޖާގެ ހާލު ބެލުމަށް ހޮސްޕިޓަލަށް ވެސް ދިޔަ އެވެ. މިކަމާ ގުޅިގެން ފުލުހުން ހަމައެކަނި، ބުނީ ހުޅުމާލޭ ހިތިގަސް މަގުގައި ހިނގި އެކްސިޑެންޓެއްގައި ޕިކަޕަކުން ޖެހި ކުއްޖަކު ޒަހަމްވެފައިވާ ކަމަށެވެ. އެކަން ހިނގި ގޮތް އިތުރަށް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހުޅުމާލޭގައި މިއަދު ޕިކަޕަކުން ޖެހި ކުޑަ ކުއްޖަކު ޒަހަމްވިއިރު، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭގައި ދުއްވާފައި ދިޔަ ސައިކަލް ކަހާލައިގެން ވެއްޓި އުމުރުން 18 އަހަރުގެ ޒުވާނަކު ވަނީ މަރުވެފަ އެވެ.