Roadha Mihaaru
ހުޅުމާލެ ހޮސްޕިޓަލްގެ ވޭނަކުން ޖެހި، ބަޔަކަށް އަނިޔާ

ހުޅުމާލޭ ހޮސްޕިޓަލްގެ ވެހިކަލެއް އެކްސިޑެންޓުވެ، ހަތަރު މީހަކަށް އަނިޔާވެއްޖެ

08 ޑިސެމްބަރ 2022

ހުޅުމާލޭގެ ހޮސްޕިޓަލްގެ ވޭނެއް ކޮންޓްރޯލް ނުވެ ގޮސް މިއަދު އެކްސިޑެންޓްވެ، ބަޔަކަށް އަނިޔާވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުޅުމާލޭގެ ހޮސްޕިޓަލްގެ ވޭނެއް ކޮންޓްރޯލް ނުވެ ގޮސް މިއަދު އެކްސިޑެންޓްވެ، ބަޔަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ، ހަވީރު ހަތަރެއް ޖަހަން އުޅެނިކޮށް އެ އެކްސިޑެންޓް ހިނގީ އެ ވެހިކަލް ހޮސްޕިޓަލްގެ އިމަޖެންސީ ޓްރާންސްޕޯޓް ފަޅިން މަގުމައްޗަށް ނުކުތް ވަގުތު ކޮންޓްރޯލް ނުވެގެން ކަމަށެވެ.

އިމަޖެންސީ ޓްރާންސްޕޯޓް ފަޅިން އެ ވޭން ނުކުތް ތަނާ ކޮންޓްރޯލުން ނެއްޓި، ބޯގަންވިލާ މަގުގެ ޕޭމަންޓްގައި ތިބި ތިން މީހެއްގެ ގައިގައި ޖެހުނީ ކަމަށް ފުލުހުން ބުންޏެވެ. އެ މީހުންގެ ގައިގައި އެ ވެހިކަލުން ޖެހި ކޮންޓްރޯލް ނުވެ ދެން ގޮސް އެރީ ބޯގަންވިލާ މަގާ ވީ ފަޅިން 168 ވަނަ ފްލެޓްގެ އިރުމަތީ ފަރާތުން ކަނަށް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނިގޮތުގައި ވެހިކަލް ދުއްވަން އިން މީހާއެކު ހަތަރު މީހަކަށް އެކްސިޑެންޓުގައި އަނިޔާވި އެވެ. އެއީ ތިން އަންހެނަކާއި އެއް ފިރިހެނެކެވެ. އެ އެންމެންނަކީ ވެސް ދިވެހިންނެވެ.

އެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ.

ލިބިފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ފްލެޓްގައި ވެހިކަލް ޖެހިފައިވާ އޮތްއިރު، ކުރީ ފުރޮޅު ކައިރީގައި މީހަކު ބިންމައްޗަށް ވެއްޓިފައި އޮތެވެ. އަދި ގިނަ ބަޔަކު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އެވެ.

އެ ވަގުތު ހޮސްޕިޓަލްގެ އެހެން އެމްބިއުލާންސެއް ވެސް އެ ސަރަހައްދަށް ގޮސް މީހުންނަށް އެހީވުމުގެ މަސައްކަތް ކުރަމުންދިޔަ މަންޒަރު ވީޑިއޯއިން ފެނެ އެވެ.