10 ޖޫން 2018
ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓުގައި މަރުވި މީހާގެ މައުލޫމާތު އޮޅުން ނުފިލައިގެން، މެމޯ ނުހެދި ފަރުވާ ދިނުން ވަރަށް ބޮޑަށް ލަސްވި ކަމަށް ބުނާ ވާހަކަ ހުޅުމާލޭ ހޮސްޕިޓަލުން މިއަދު ދޮގުކޮށްފި އެވެ.
ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓުގައި މަރުވި މީހާގެ މައުލޫމާތު އޮޅުން ނުފިލައިގެން، މެމޯ ނުހެދި ފަރުވާ ދިނުން ވަރަށް ބޮޑަށް ލަސްވި ކަމަށް ބުނާ ވާހަކަ ހުޅުމާލޭ ހޮސްޕިޓަލުން މިއަދު ދޮގުކޮށްފި އެވެ.
ހުޅުމާލޭގައި ރޭ ޖޮގިން ނިންމާފައި ހިނގާފައި ދަނިކޮށް، ދެ ޒުވާނަކު ދުއްވި ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓުގައި މަރުވެފައި ވަނީ ދަފްތަރު ނަމްބަރު 1159، މުހައްމަދު ސޮބާހް ހުސެއިން 24، އެވެ. ރޭ 9:00 ހާއިރު އަމީން އެވެނިއު ފްލެޓްތައް ކައިރިން ބާރަށް ދުއްވާފައި ދިޔަ ސައިކަލް ސޮބާހުގެ ގައިގައި ޖެހި ހިނގި އެކްސިޑެންޓްގައި އޭނާގެ ބޮލަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ.
ސޮބާހް ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އޭނާ މަރުވީ، އާއިލާގެ އެދުމުގެ މަތިން ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާދެނިކޮށެވެ.
ހުޅުމާލޭ ހޮސްޕިޓަލަށް ސޮބާހް ގެންދިޔައިރު، އެތަނުގެ އިމަޖެންސީ ރޫމުގައި ހުރި މީހަކު ވަނީ ސޮބާހަކީ ކާކުކަން ނޭނގިގެން އޭނާ އަށް ފަރުވާ ދިނުން ލަސްވި ކަމަށް ބުނެ ފޭސްބުކްގައި ޕޯސްޓެއް ލިޔެފަ އެވެ. އެއާ އެކު ގިނަ ބަޔަކު ދަނީ އެ ހޮސްޕިޓަލަށް ފާޑު ކިޔަމުންނެވެ.
Maruvi zuvaanaa ah faruvaa dhinun lasvee memo eh hadhainudheegen
The most trusted news source in the Maldives
Mihaaru
ސޮބާހަށް ފަރުވާ ދިނުން ލަސްވިކަމަށް ބުނުން--
މި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް، ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން މީޑިއާތަކަށް ފޮނުވި ވައިބާ މެސެޖެއްގައި މިއަދު ބުނީ އެއީ ދޮގެއް ކަމަށާއި ސޮބާހް އެ ހޮސްޕިޓަލަށް ގެންދިއުމާ އެކު، ލަސްކުރުމެއް ނެތި ފަރުވާ ދޭން ފެށި ކަމަށެވެ.
"ޕޭޝެންޓްގެ ހާލު ސީރިއަސް ކަމުން ހުޅުމާލޭ ހޮސްޕިޓަލުން އައިޖީއެމްއެޗް އަދި އޭޑީކޭއާ ގުޅައި ވާހަކަ ދައްކައި، އޭޑީކޭ ގައި ނިއުރޯސާޖެން އެއް ހުރުމާ އެކު، ޕޭޝަންޓުގެ ޕާސަނަލް ޑީޓެއިލްސް ނޭނގުނު ނަމަވެސް ޕޭޝަންޓާ އޭޑީކޭ އިން ހަވާލުވާ ގޮތަށް ވަނީ ހަމަޖައްސާފައި،" އާސަންދަ ކުންފުނީގެ މެސެޖުގައި ވެ އެވެ. އާސަންދަ އިން ބުނިގޮތުގައި ހުޅުމާލޭ ހޮސްޕިޓަލްގައި ވެންޓިލޭޓަރުގެ ޚިދުމަތް ދެވޭކަށް އަދިއެއް ނެތެވެ. ސޮބާހް އައިޖީއެމްއެޗު ނުވަތަ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަސައްކަތް ކުރީ އެހެންވެ ކަމަށް އާސަންދަ އިން ބުނެ އެވެ. "[ހުޅުމާލޭ ހޮސްޕިޓަލްގެ] ވެންޓިލޭޓަރަށް [ސޮބާހް] ލެވެން އޮވެ ނުލި ވާހަކަ އެއީ ތެދެއް ނޫން. މިކޮޅުގައި ދެވެން ހުރި ހުރިހާ ޚިދުމަތެއް ވަނީ ލަސްކުރުމެއް ނެތި ޕޭޝަންޓަށް ދީފައި،" އާސަންދަގެ މެސެޖުގައި ވެ އެވެ.
އެ ކުންފުނިން ބުނިގޮތުގައި، ސޮބާހް އޭޑީކޭ އަށް ބަދަލު ކުރުމަށް ސީ އެމްބިއުލާން ވެސް ތައްޔާރުކުރި އެވެ. ނަމަވެސް ސޮބާހްގެ އާއިލާގެ އެދުމަށް ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކުރީ ކަމަށް އާސަންދަ އިން ބުންޏެވެ. އެކަން ހަމަޖެއްސުމަށް ހޭދަވީ ވިއްސަކަށް މިނިޓު ކަމަށް ވެސް އާސަންދަ އިން ބުނެ އެވެ.
ސޮބާހް އެކްސިޑެންޓް ވެގެން ފަރުވާ ދޭން ހޮސްޕިޓަލަށް ގެންގޮސް، އެއީ ކާކުކަން ނޭނގިގެން އޭނާގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ރޭ ވަނީ ދައުރުކޮށްފަ އެވެ.
ހުޅުމާލޭގައި ދިރިއުޅުނު ސޮބާހު އެކްސިޑެންޓްވީ، އާއިލާ އިން ބުނިގޮތުގައި އޭނާ ހިނގާލަން ނިކުމެ އުޅެނިކޮށެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީގައި އާކިޓެކްޓުގެ ދާއިރާ އިން ފަސްޓް ޑިގްރީ އަށް ކިޔަވަމުން އައި އެ ޒުވާނާގެ އާއިލާގައި ތިން ކުދިން ތިބޭއިރު އޭނާ އަކީ އެންމެ ދޮށީ މީހާ އެވެ. އެނގިފައިވާ ގޮތުގައި ސޮބާހުގެ ބައްޕަ ވަނީ ބޯޓު ދަތުރުކުރަން ގޮހެވެ. އަދި މަރުގެ ޚަބަރު ލިބުނު ފަހުން ސޮބާހުގެ މަންމަގެ ހާލު ވަރަށް ދެރަ އެވެ.
ބިލް ނުދެއްކިގެން ޒުވާނަކު ޓްރީޓޮޕްގައި ތާށިވެއްޖެ
މަރުވި ޒުވާނާ އަށް ފަރުވާ ލަސްވީ މެމޯއެއް ނުހެދިގެން
ވިސާމް އަތުގައި ލައިސަންސެއް ނެތް: ޕޮލިސް
ނިޔާވީ ދުވުމެއްގައި ބައިވެރިވާން އައިސް އުޅުނު ޒުވާނެއް
ބާރަށް ދުއްވި ކާރެއްގައި ޖެހި މީހަކު މަރުވެއްޖެ
ހުޅުމާލޭ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ
ހުޅުމާލެ އެކްސިޑެންޓް: އަނިޔާވި ފިރިމީހާ މަރުވެއްޖެ
ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި އެކަކު އައިސީޔޫގައި
ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މަރުވެއްޖެ
ހުޅުމާލެ 2 ގައި ނުރައްކާތެރި އެކްސިޑެންޓުތައް ގިނަވަނީ