Roadha Mihaaru
ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މަރުވެއްޖެ

އެކްސިޑެންޓުވެ ވެންޓިލޭޓަރުގައި ފަރުވާދިން ޒުވާނާ މަރުވެއްޖެ

12 މެއި 2023

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕިކަޕަކާއި ސައިކަލެއް ޖެހި މީގެ ހަފުތާއެއްހާ ދުވަސް ކުރިން ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މަރުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕިކަޕަކާއި ސައިކަލެއް ޖެހި މީގެ ހަފުތާއެއްހާ ދުވަސް ކުރިން ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މަރުވެއްޖެ އެވެ.

މި އެކްސިޑެންޓުގައި މަރުވީ ހދ. ނެއްލައިދޫ، އަހްމަދު ޒައިން، 20، އެވެ.

އޭނާ މަރުވީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކޮށް ވެންޓިލޭޓަރުގައި ފަރުވާދެނިކޮށެވެ.

އޭނާ އައިޖީއެމްއެޗަށް ބަދަލުކޮށް ފަރުވާދޭން ފެށިއިރު ވެސް ހާލު ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

މިފަހަކަށް އައިސް ހުޅުމާލޭގައި އެކްސިޑެންޓުތައް ވަނީ އިތުރުވެފަ އެވެ. މިއަދު ވެސް ވަނީ ހުޅުމާލޭ 2 ގައި ދުއްވާފައި ދިޔަ ސިމެންތި ގަށާ ޓްރަކެއް ފުރޮޅާލައި، ކުޑަ ދެކުއްޖަކާއި ޑްރައިވަރަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.