Roadha Mihaaru
އެކްސިޑެންޓުވީ އެހެން މީހަކާ ވާހަކަ ދައްކަމުން ދަނިކޮށް

"އެކްސިޑެންޓުވީ ސައިކަލުގައި އެހެން މީހަކާ ވާހަކަ ދައްކަމުން ދަނިކޮށް"

03 އެޕްރީލް 2023

ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެ، ފަރުވާދެނިކޮށް މިއަދު މީހަކު މަރުވިއިރު އެ ހާދިސާ ހިނގީ އޭނާ، އެހެން ސައިކަލެއްގައި އިން މީހަކާ ވާހަކަ ދައްކަމުންދަނިކޮށް ހިނގި އެކްސިޑެންޓެއްގައި ކަން އެނގިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެ، ފަރުވާދެނިކޮށް މިއަދު މީހަކު މަރުވިއިރު އެ ހާދިސާ ހިނގީ އޭނާ، އެހެން ސައިކަލެއްގައި އިން މީހަކާ ވާހަކަ ދައްކަމުންދަނިކޮށް ހިނގި އެކްސިޑެންޓެއްގައި ކަން އެނގިއްޖެ އެވެ.

ހެނދުނު 10 ޖަހަން އުޅެނިކޮށް އެ އެކްސިޑެންޓު ހިނގީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ފްލެޓް ކައިރިން ޕިކަޕަކާއި ސައިކަލެއް ޖެހިގެންނެވެ. އެ ހާދިސާގައި 59 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފަ އެވެ.

"މިހާރު" އަށް އާއިލާގެ މީހަކު ބުނި ގޮތުގައި އެ ހާދިސާ ހިނގީ އެކްސިޑެންޓުވި މީހާ އެހެން ސައިކަލެއްގައި އިން މީހަކާ ވާހަކަ ދައްކައި، ސަކަރާތް ޖަހަމުން ދަނިކޮށް ސައިކަލުގެ މުއްގަނޑު އަޅައިގެންފައި ވެއްޓި ޕިކަޕު ދަށުވެގެންނެވެ.

އިތުރު ފަރުވާއަށް އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އެތަނަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެ އެވެ.

އާއިލާ އިން ބުނީ ޕިކަޕް ޑްރައިވަރު ވެސް ޑްރަގަށް ޕޮޒިޓިވް ކަމަށެވެ.

އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ބުނި ނަމަވެސް އެކަމުގެ ތަފްސީލެއް އަދި ފުލުހުން ނުދެ އެވެ.