Roadha Mihaaru
އެކްސިޑެންޓެއް ހިނގައި ކުޑަ ކުއްޖަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި ކުޑަ ކުއްޖަކަށް އަނިޔާވެއްޖެ

12 އޮކްޓޯބަރ 2018

ހުޅުމާލޭގައި ސައިކަލަކާއި ބަހެއް ޖެހި މިއަދު މެންދުރު ފަހު ހިނގި އެކްސިޑެންޓްގައި ކުޑަ ކުއްޖަކަށް އަނިޔާވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހުޅުމާލޭގައި ސައިކަލަކާއި ބަހެއް ޖެހި މިއަދު މެންދުރު ފަހު ހިނގި އެކްސިޑެންޓްގައި ކުޑަ ކުއްޖަކަށް އަނިޔާވެއްޖެ އެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދައިގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އެ އެކްސިޑެންޓްގައި އަނިޔާވީ ސައިކަލު ފަހަތުގައި އިން ހަތް އަހަރު ފިރިހެން ކުއްޖަކަށެވެ. އެ ކުއްޖާގެ ބޯ ދުޅަވެ އަނިޔާތަކެއް ލިބުމުން ފަރުވާ ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސީރިއަސް އަނިޔާއެއްވި ކަމަކަށް ނުބެލެވޭ. އެހެން ނަމަވެސް ބޯ ދުޅަވެފައިވާތީ އޮބްޒަވޭޝަންގައި ބާއްވާފައި އޮތީ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުންގެ ބަހެއް ލިބިފައި ނުވާތީ އެ އެކްސިޑެންޓްގެ ތަފްސީލް ވަނީ ލިބޭގޮތް ނުވެފަ އެވެ.