23 ޖެނުއަރީ 2018
ސަރުކާރުގެ ބައެއް މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް، ސިންގަޕޫރުގެ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށްގެން ވިއްކި 200 މިލިޔަން ޑޮލަރުގެ ސޮވެރިން ބޮންޑަށް އިންޓަނޭޝަނަލް އެވޯޑެއް ލިބިއްޖެ އެވެ.
ސަރުކާރުގެ ބައެއް މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް، ސިންގަޕޫރުގެ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށްގެން ވިއްކި 200 މިލިޔަން ޑޮލަރުގެ ސޮވެރިން ބޮންޑަށް އިންޓަނޭޝަނަލް އެވޯޑެއް ލިބިއްޖެ އެވެ.
ފަސް އަހަރުގެ ތެރޭގައި އަނބުރާ ދައްކަން ފަށަން ޖެހޭ ގޮތަށް ވިއްކި ބޮންޑަށް ލިބުނީ، ދަ އެސެޓް މެގަޒިން އިން ދޭ ޝަރަފްވެރި އެވޯޑެއް ކަމަށްވާ "ޓްރިޕަލް އޭ ކަންޓްރީ" އެވޯޑެވެ. ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އެވޯޑާ އެކު، އެ ބޮންޑަށް އިތުރު ކާމިޔާބީއެއް ލިބިފައިވާ ކަމަށެވެ.
"މި އެވޯޑާއި އެކު ސައުތު އޭޝިޔާގެ އެންމެ ރަނގަޅު އިންވެސްޓްމަންޓްތަކުގެ ތެރޭގައި މި ބޮންޑް ވަނީ ހިމެނިގެން ގޮސްފައި،" މި މަހުގެ 17 ވަނަ ދުވަހު ހޮންކޮންގްގައި ދިން އެވޯޑާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ހަތް ޕަސެންޓްގެ ކޫޕަން ރޭޓެއް، މިދިޔަ އަހަރުގެ މެއި މަހު ވިއްކާލި ބޮންޑް ގަތުމަށް އިންވެސްޓަރުން ޝައުގުވެރިކަން ބޮޑުވެ، 400 މިލިޔަން ޑޮލަރަށް ވުރެ ބޮޑު އަގުތަކެއް ހުށަހެޅިގެން ދިޔަ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ރާއްޖޭން ފުރަތަމަ ފަހަރަށް ބޭރުގައި ވިއްކި ބޮންޑަށް ލިބިފައިވާ އެވޯޑަކީ ފައިނޭންޝަލް އެކްސަލެންސްގެ ދާއިރާ އިން، މީގެ 19 އަހަރު ކުރިން ފެށިގެން ދެމުން އަންނަ، ޝަރަފްވެރި އެއް އެވޯޑެވެ.
ރާއްޖެއިން ސޮވަރިންބޮންޑް ވިއްކަން ހުޅުވާލައިފި
ބޮންޑުގެ ބާކީ އޮތް 894 މިލިއަން ދައްކާ ހަލާސްކުރަނީ
އޮކްސްފޯޑް ވެކްސިން ހޯދަން ކުންފުންޏަކާ ސޮއިކުރަނީ
ދަރުމަވަންތަ ވިއްކައި، ރަހުނެއް ނުކުރާނެ: ފިނޭންސް
ސަމުރާއީ ބޮންޑު ވިއްކާނީ އަހަރުގެ މެދުތެރޭގައި
"200 މިލިއަން ލިބިއްޖެނަމަ ބޮންޑު ނުވިއްކާނަން"
100 މިލިއަން ޑޮލަރުގެ ބޮންޑް ވިއްކުން އާ ސަރުކާރަށް
"ބޮންޑުގެ 200 މިލިއަން ޑޮލަރު އަންނަ މަހު ލިބޭނެ"
ބޮންޑް ވިއްކުމުން ވިޔަފާރިތަކަށް ފައިދާ ވާނެ: ސަރުކާރު
ސޮވަރިން ބޮންޑު ވިއްކުމަށް އެހީތެރިވާނެ ބަޔަކު ހޯދަނީ