01 ޖޫން 2017
ރާއްޖެ އިން ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ބޮންޑެއް ވިއްކައިގެން 200 މިލިއަން ޑޮލަރު ހޯދުމަށް ފަހު، ސިންގަޕޫރުގެ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށްފި އެވެ.
ރާއްޖެ އިން ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ބޮންޑެއް ވިއްކައިގެން 200 މިލިއަން ޑޮލަރު ހޯދުމަށް ފަހު، ސިންގަޕޫރުގެ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސޮވަރިން ބޮންޑެއް ވިއްކުމަށް ހުޅުވާލުމާއެކު، ދެގުނަ އަށް އޯވަ ސަބްސްކްރައިބްވި ކަމަށެވެ. އަދި އެ ބޮންޑު ވިއްކުމަށް ފަހު، މިހާރު ސިންގަޕޫރުގެ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
"ރާއްޖެއިން ބޮންޑް ވިއްކަން ހުޅުވާލުމާއެކު ބައިނަލްއަގުވާމީ އިންވެސްޓަރުންގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައި. މި ބޮންޑް ގަތުމަށް 400 މިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދަކަށް އިންވެސްޓަރުންގެ ފަރާތުން ވަނީ ހުށަހެޅުންތައް ލިބިފައި،" ނޫސްބަޔާނުގައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ވިއްކީ ފަސް އަހަރުގެ ތެރޭގައި އަނބުރާދައްކަން ފަށަން ޖެހޭ ބޮންޑެކެވެ. އަދި ބޮންޑަށް މާކެޓުން ހުށަހެޅީ ހަތް ޕަސެންޓްގެ ކޫޕަން ރޭޓެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
"މި ރޭޓަކީ ފުރަތަމަ ފަހަރަށް މާލީ ބާޒާރަށް ނުކުމެފައިވާ ގައުމުތަކާއި އަދި ދިވެހިރާއްޖެއާ އެއް މިންވަރެއްގެ ކްރެޑިޓް ރޭޓިން ލިބިފައިވާ ގައުމުތަކާ އަޅާ ކިޔޭނެ ރޭޓެއް،" ފިނޭންސް އިން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ އެ ބޮންޑަށް މޫޑީސް އިން ދީފައި ވަނީ ބީ2 އެވެ. އަދި ފިޗް އިން ދީފައި ވަނީ ބީ ޕްލަސް އެެކެވެ.
ފިނޭންސް އިން ބުނީ އެ ބޮންޑް ވިއްކައިގެން ލިިބުނު 200 މިލިއަން ޑޮލަރު ހޭދަކުރަން ނިންމާފައި ވަނީ މިއަހަރުގެ ބަޖެޓްގައި ހިމެނޭ ތަރައްގީގެ މަޝްރޫއުތަކަށް ފައިނޭންސް ކުރުމަށް ކަމަށެވެ. އަދި އޭގެ ސަބަބުން ތަރައްގީގެ ދުވެލި ހަލުއިވެ ރައްޔިތުންނަށާއި މުޅި އިގްތިސާދަށް ފައިދާ ލިބިގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ފިނޭންސް އިން ބުނީ އެ ބޮންޑު ވިއްކުމާ ގުޅިގެން ރާއްޖޭގެ ކުންފުނިތަކަށް ބައިނަލްއަގުވާމީ މާލީ ބާޒާރުން ފައިނޭންސް ހޯދުމަށް އާ ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.
ސަރުކާރުގެ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ފައިސާ ހޯދަން، ބޭރުގެ ހިއްސާގެ ބާޒާރަށް 200 މިލިއަން ޑޮލަރުގެ ސޮވަރިން ބޮންޑު ވިއްކަން އެހީތެރިވެދޭނެ ބޭންކެއްގެ ގޮތުގައި ހަމަޖެއްސީ ޖަރުމަނުގެ ޑޮއިޗޭ ބޭންކެވެ.
އެ މިނިސްޓްރީން ވަނީ ބޭރުގެ ހިއްސާ ބާޒާރަށް ބޮންޑު ވިއްކުމަށް ބޭންކްތަކަށާއި އިންވެސްޓްމަންޓް ހައުސްތަކަށް ލީޑް މެނޭޖާސް ނުވަތަ ބުކް ރަނާސްގެ ދައުރު އަދާކުރުމަށް ކުރިމަތިލުމަށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުވާލައިފަ އެވެ. އަދި އެކަމަށް ކުރިމަތިލުމުގެ މުއްދަތު ޑިސެމްބަރު 29ގެ ނިޔަލަށް ހަމަވިއިރު ދުނިޔޭގެ މަޝްހޫރު ނުވަ ބޭންކަކުން ކުރިމަތިލި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ކުރިން ބުނެފައި ވަނީ ބޮންޑު ވިއްކުމަށް އެ ބޭންކާއެކު ވާން ޖެހޭ ތައްޔާރީތައްވާން ފަށާފައިވާ ކަމަށެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުމުގެ ކުރިން އެ ބޮންޑް ސްޓޮކް މާކެޓްގައި ލިސްޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން އޭރު ބުންޏެވެ.
އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތަށް ފައިސާ ހޯދުމުގެ ގޮތުން ބޭރުގެ ފަރާތްތަކަށް ބޮންޑާއި ސުކުކް ވިއްކައިގެން 1.4 ބިލިއަން ރުފިޔާ ހޯދަން 2017 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވެ އެވެ. އަދި އެ ފައިސާ ހަރަދުކުރަން ހަމަޖެހިފައި ވަނީ އައިޖީއެމްއެޗްގައި ހަދާ 25 ބުރީގެ އިމާރާތަށް ކަމަށާއި އެ މަޝްރޫއުގެ އިތުރުން އެހެން މަޝްރޫއުތަކަށް ބޮންޑު ވިއްކައިގެން ހަރަދުކުރަން ހަމަޖެހިފައިވާ ކަމަށް ބަޖެޓުގައި ބުނެފައިވެ އެވެ.
އޮކްސްފޯޑް ވެކްސިން ހޯދަން ކުންފުންޏަކާ ސޮއިކުރަނީ
200 މިލިޔަން ޑޮލަރުގެ ބޮންޑަށް އިންޓެނޭޝަނަލް އެވޯޑެއް
"ބޮންޑުގެ 200 މިލިއަން ޑޮލަރު އަންނަ މަހު ލިބޭނެ"
ސޮވަރިން ބޮންޑު ވިއްކުމަށް އެހީތެރިވާނެ ބަޔަކު ހޯދަނީ
އައިހަވަންގެ މާސްޓަ ޕްލޭން ހަދަން ސިންގަޕޫރު ބަޔަކަށް
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
ސިފްކޯ އާއި ޕޮލްކޯ ނޫން ފަރާތްތަކަށް މަސައްކަތް ދެނީ
ބޮޑެތި މަޝްރޫއުތަކަށް ކުރި ހޭދަ ދަށަށް!
ދައުލަތުގެ ހުސް ތިޖޫރި އަށް ހަ މަސް ތެރޭގައި އުންމީދު
ސައުދީ ފަންޑުން ދެ ލޯނަކަށް 150 މިލިއަން ދީފި