12 ޖުލައި 2016
ލޫސިއާނާ (ޖުލައި 12) - އެމެރިކާގައި ކަޅު މީހުންނަށް ފުލުހުން ކުރާ އަނިޔާއާ ދެކޮޅަށް ގައުމުގެ އެކި ހިސާބުތަކުގައި ކުރާ ހަޅުތާލުގައި ލޫސިއާނާގައި ފުލުހުންނާ ދެކޮޅަށް ބޭއްވި އެއްވުމެއްގައި ރަޔަޓް ގިއަރުގައި ތިބި ދެ ފުލުހެއްގެ ކުރިމަތީގައި މި އަންހެން މީހާ ދެއްކި ހިތްވަރަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ތައުރީފް އޮހެން ފަށައިފި އެވެ.

ލެއިޝިއާ އީވަންސް ފުލުހުންގެ ކުރިމަތީގައި ހުރި މި ފޮޓޯ ފޭސްބުކުގައި ޝެއާކުރި ފަރާތްތަކުގެ ތެރޭގައި ނިއު ޔޯކް ޑެއިލީ ނިއުސްގެ ސީނިއާ ޖަސްޓިސް ރިޕޯޓަރު ޝައުން ކިންގް ހިމެނެ އެވެ. ރޮއިޓާސް ނިއުސް އެޖެންސީގެ ފޮޓޯގްރާފަރު ޖޮން ބަޗްމަންގެ މި ފޮޓޯ ފެނިފައި ވެސް ގިނަ ބައެއްގެ ރުޅިވެރިކަން އެމެރިކާ ފުލުހުންނަށް ވަނީ އަމާޒުވެފަ އެވެ.
ފޮޓޯ ޝެއާކުރި ފަރާތްތަކަށް އީވަންސް ވަނީ ޝުކުރު އަދާކޮށްފަ އެވެ. ޓްވިޓާގައި #ބްލެކްލައިވްމެޓާ އަދި #ލެއިޝިއާއީވަންސް ހޭޝްޓެގާ އެކު އެތައް ބަޔަކު ވަނީ އީވަންސް އަށް ތައުރީފް ކޮށްފަ އެވެ.
މިނެސޮޓާ އާއި ލޫސިއާނާގައި ފުލުހުން ބަޑިޖަހާ ކަޅު ނަސްލުގެ ދެ މީހުން މަރާލުމާ ގުޅިގެން ހިންގި އިހުތިޖާޖުގައި ސްނައިޕަރެއްގެ ބަޑީގެ ހަމަލާގައި ޑަލަސްގައި ވަނީ ފުލުހުންގެ ފަސް މީހުން މަރާލައިފަ އެވެ. ފުލުހުން ގަޔަށް ބަޑި ޖެހީ އުމުރުން 25 އަހަރުގެ ކަޅު ނަސްލުގެ މީހެކެވެ.
ފުުލުހުންގެ ތިން މަރާ އެކު ހަމަޖެހުމަށް އޮބާމާ އެދިއްޖެ
ޓެކްސަސްގެ ސްކޫލެއްގައި ބަޑިޖަހައި 19 ކުދިން މަރާލައިފި
ހަމަލާއެރި ބްލޭކަށް ހިނގޭނެކަމުގެ އުއްމީދެއް ނެތް
ޓެކްސަސްގައި ބަޑިޖަހައި 20 މީހުން މަރާލައިފި
ޝޮޕިން މޯލަށް ދިން ހަމަލާގައި މީހަކު ހައްޔަރުކޮށްފި
ނިއު ޔޯކުގެ މަގެއްގެ މަތިން އިމާމަކު މަރާލައިފި
އެމެރިކާގެ ކޯޓެއްގެ ތެރޭ ބަޑިޖަހާ ދެ މީހުން މަރާލައިފި
ސްކޫލެއްގައި ބަޑިޖެހި ކުއްޖާގެ ބައްޕަ ވެސް ހައްޔަރަށް
ދޮން މީހުންނަށް ވަކި މަތިވެރިކަމެއް ނެތް: ބައިޑެން
އެމެރިކާގައި ބަޑިޖަހައި 3މީހަކާއި 3 ކުދިން މަރާލައިފި