25 ސެޕްޓެމްބަރ 2016
ވޮޝިންޓަން (ސެޕްޓެމްބަރު 25) - އެމެރިކާގެ ވޮޝިންޓަނުގެ ޝޮޕިން ސެންޓަރެއްގައި ބަޑިން ހަމަލާދީ ފަސް މީހުން މަރާލި ހާދިސާގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ވޮޝިންޓަން (ސެޕްޓެމްބަރު 25) - އެމެރިކާގެ ވޮޝިންޓަނުގެ ޝޮޕިން ސެންޓަރެއްގައި ބަޑިން ހަމަލާދީ ފަސް މީހުން މަރާލި ހާދިސާގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ވޮޝިންޓަނަށް ނިސްބަތްވާ އާކަން ސެޓިން، 20 އަކީ ތުރުކީ އަށް އުފަން މީހެކެވެ. އެކަމަކު އޭނާ އަށް ވަނީ އެމެރިކާގެ ޕާމަނެންޓް ރެސިޑެންޓް ވިސާ ލިބިފަ އެވެ.
އެފްބީއައި އިން ބުނީ ޝޮޕިން މޯލަށް ދިން ހަމަލާއާ ޓެރަރިޒަމްއާ ގުޅުމެއްވާ ކަމުގެ ހެއްކެއް ލިބިފައި ނެތް ކަމަށެވެ. ފުލުހުން ބުނީ ޝޮޕިން މޯލަށް ދިން ހަމަލާއާ ގުޅިގެން އާކަން ހައްޔަރުކުރީ އޭނާގެ ކާރު ސެކިއުރިޓީ ކެމެރާ އަށް އަރާފައިވުމުން ކަމަށެވެ. މޯލަށް އޭނާ ވަންނަ މަންޒަރު ކެމެރާ އަށް އަރާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭގެ 10 މިނިޓް ފަހުން އޭނާގެ އަތުގައި ރައިފަލެއް އޮއްވާ ފެނިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. ފުލުހުން އަންނަންވާ އިރަށް ބަޑި ޖެހި މީހާ ވަނީ ފިލައިފަ އެވެ. އަދި ހަމަލާގެ މަގްސަދަކީ ކޮބައިކަން މިހާތަނަށް ހޯދިފައި ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ހަމަލާދީފައި ވަނީ ވޮޝިންޓަނުގެ މާސީސް ޑިޕާޓްމަންޓް ސްޓޯރުގައި. --ފޮޓޯ:އޭޕީ
ޝޮޕިން މޯލަށް ދިން ހަމަލާގައި ތިން އަންހެނުންނާއި ކުޑަ ކުއްޖަކު ވަނީ މަރުވެފަ އެވެ. އަދި ފަހުން ވަނީ ހޮސްޕިޓަލަށް ގެންދިޔަ ފިރިހެނަކު މަރުވެފަ އެވެ. ބަޑީގެ ހަމަލާގައި މަރުވި 16 އަހަރުގެ ސާރައި ލާރާ އަކީ ކުޑަ އިރު ކެންސަރު ޖެހި އަދި ފަހުން ރަނގަޅުވެފައިވާ ކުއްޖެއް ކަމަށް ސިއެޓްލް ޓައިމްސް އިން ބުނެފައިވެ އެވެ.
ޓެކްސަސްގެ ސްކޫލެއްގައި ބަޑިޖަހައި 19 ކުދިން މަރާލައިފި
ޓެކްސަސްގައި ބަޑިޖަހައި 20 މީހުން މަރާލައިފި
ނިއު ޔޯކުގެ މަގެއްގެ މަތިން އިމާމަކު މަރާލައިފި
ފުުލުހުންގެ ތިން މަރާ އެކު ހަމަޖެހުމަށް އޮބާމާ އެދިއްޖެ
މި އަންހެން މީހާގެ ހިތްވަރަށް ގިނަ ބައެއްގެ ސާބަސް
ސްކޫލެއްގައި ބަޑިޖެހި ކުއްޖާގެ ބައްޕަ ވެސް ހައްޔަރަށް
ދޮން މީހުންނަށް ވަކި މަތިވެރިކަމެއް ނެތް: ބައިޑެން
އެމެރިކާގައި ބަޑިޖަހައި 3މީހަކާއި 3 ކުދިން މަރާލައިފި
ހަތިޔާރުން މީހުން މަރާ ނިސްބަތް އެމެރިކާގައި މައްޗަށް
ހަތިޔާރު ކޮންޓްރޯލް ކުރާ ބިލް، އަވަހަށް ނިންމަނީ