18 ޖުލައި 2016
ލޫސިއާނާ (ޖުލައި 18) - އެމެރިކާގެ ލޫސިއާނާގެ ބަޓަން ރޫޖުގައި ބަޑިން ހަމަލާދީ ފުލުހުންގެ ތިން މީހުން މަރާލި ހާދިސާ އަށް ފަހު ރައްޔިތުން ހަމަޖެހިވަޑައިގެން ތިއްބެވުމަށް ރައީސް ބަރަކް އޮބާމާ އެދިވަޑައިގެންފި އެވެ.
ލޫސިއާނާ (ޖުލައި 18) - އެމެރިކާގެ ލޫސިއާނާގެ ބަޓަން ރޫޖުގައި ބަޑިން ހަމަލާދީ ފުލުހުންގެ ތިން މީހުން މަރާލި ހާދިސާ އަށް ފަހު ރައްޔިތުން ހަމަޖެހިވަޑައިގެން ތިއްބެވުމަށް ރައީސް ބަރަކް އޮބާމާ އެދިވަޑައިގެންފި އެވެ.
ބަޑީގެ ހަމަލާ ދިނީ އެމެރިކާ ސިފައިންގެ ތެރޭގައި ފަސް އަހަރު އުޅެފައިވާ އެފްރިކާ-އެމެރިކާ މީހެކެވެ. ބަޑި ޖެހި މީހާ ވެސް ވަނީ މަރާލައިފަ އެވެ. ލޫސިއާނާގައި އިއްޔެ ބަޑި ޖެހި އުމުރުން 29 އަހަރުގެ މީހާ އަކީ ސިފައިންގެ ތެރޭގައި އުޅުނު އިރު އަޚުލާގު ރަނގަޅު ކަމުގެ މެޑަލް ވެސް ހޯދާފައިވާ މީހެކެވެ.
ލޫސިއާނާގެ މަޝްރަހު ހޫނުވެފައި ވަނީ މީގެ ދެ ހަފުތާ ކުރިން ފުލުން ބަޑިޖަހާ ކަޅު ނަސްލުގެ މީހަކު މަރާލި ހާދިސާ އަށް ފަހު އެވެ. އޭގެ ފަހުން މިނެސޮޓާގައި ވެސް ވަނީ ފުލުހުންގެ ހަމަލާއެއްގައި ކަޅު މީހަކު މަރުވެފަ އެވެ. މި ދެ ހާދިސާއާ އިއްޔެގެ ބަޑި ޖެހުމާ ގުޅުމެއްވާ ކަމެއް އަދި ނޭނގެ އެވެ.
ލޫސިއާނާ އާއި މިނެސޮޓާގައި ކަޅު ނަސްލުގެ ދެ މީހުން މަރާލުމާ ގުޅިގެން ފުލުހުންނާ ދެކޮޅަށް އެމެރިކާގެ ވަރަށް ގިނަ ސިޓީތަކުގައި އިހުތިޖާޖް ފެށި އެވެ. ބަދަލު ހިފުމުގެ ހަމަލާއެއްގައި ޑަލަސްގައި ވަނީ ކަޅު މީހަކު ހަމަލާދީ ފުލުހުންގެ ފަސް އޮފިސަރުން މަރާލައިފަ އެވެ.
ވައިޓްހައުސްގައި ވާހަކަ ދައްކަވަމުން އޮބާމާ ވަނީ އެމެރިކާގެ ހުރިހާ ރައްޔިތުން ވެސް ބައިބައި ނުވެ އެކަތިގަނޑަކަށް ވެގެން ތިބުމަށް އެދިވަޑައިގެންފަ އެވެ. އޮބާމާ ވިދާޅުވީ ފުލުހުންގެ ތިން އޮފިސަރުންގެ މަރާ އެކު އެމެރިކާ ފުލުހުންނަށް ކޮންމެ ދުވަހަކު ވެސް ކުރިމަތިވެފައިވާ ނުރައްކާ ވަޒަން ކުރެވޭނެ ކަމަށެވެ. އަދި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާ ދެކޮޅަށް ހަމަނުޖެހުން ހިންގުން ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވި އެވެ.
މި އަންހެން މީހާގެ ހިތްވަރަށް ގިނަ ބައެއްގެ ސާބަސް
ޓެކްސަސްގެ ސްކޫލެއްގައި ބަޑިޖަހައި 19 ކުދިން މަރާލައިފި
ހަމަލާއެރި ބްލޭކަށް ހިނގޭނެކަމުގެ އުއްމީދެއް ނެތް
ޓެކްސަސްގައި ބަޑިޖަހައި 20 މީހުން މަރާލައިފި
ޝޮޕިން މޯލަށް ދިން ހަމަލާގައި މީހަކު ހައްޔަރުކޮށްފި
ނިއު ޔޯކުގެ މަގެއްގެ މަތިން އިމާމަކު މަރާލައިފި
އެމެރިކާގެ ކޯޓެއްގެ ތެރޭ ބަޑިޖަހާ ދެ މީހުން މަރާލައިފި
ފްލޮރިޑާއަށް ދިން ހަމަލާއާ ބޭރުގެ ބަޔަކާ ގުޅުމެއް ނެތް
ސްކޫލެއްގައި ބަޑިޖެހި ކުއްޖާގެ ބައްޕަ ވެސް ހައްޔަރަށް
ބައިޑެންއާ މެދު އޮބާމާ ވެސް ސުވާލު އުފައްދަވައިފި