15 ޖެނުއަރީ 2018
ދޯހާ (ޖެނުއަރީ 15) - ގަތަރުގެ ޝާހީ އާއިލާގެ މެންބަރެއް ކަމަށްވާ ޝެއިޚް އަބްދުﷲ ބިން އަލް ތާނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ހިފަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ދޯހާ (ޖެނުއަރީ 15) - ގަތަރުގެ ޝާހީ އާއިލާގެ މެންބަރެއް ކަމަށްވާ ޝެއިޚް އަބްދުﷲ ބިން އަލް ތާނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ހިފަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
މެދުއިރުމަތީގެ ބައެއް ގައުމުތަކުން ގަތަރާ މިދިޔަ އަހަރު ސިޔާސީ ގުޅުން ކަނޑާލި މައްސަލަ ހައްލު ކުރުމަށް މަޝްވަރާ ކުރަމުން ދިޔަ އަލީ އަލް ތާނީ ޔޫ ޓިއުބް ވީޑިއޯއެއްގައި ވިދާޅުވީ އޭނާގެ ނުރުހުމުގައި ޔޫއޭއީގައި ހިފެހެއްޓުމުގެ ޒިންމާ އުފުލަން ޖެހޭނީ އަބޫ ދާބީގެ ވަލީ އަހުދު ކަމަށެވެ. އެކަމަކު ޔޫއޭއީ އިން އެކަން ދޮގު ކުރެ އެވެ.
ގަތަރުގެ އަމީރުގެ ތިމާގެ ބޭފުޅެއް ކަމަށްވާ ޝެއިޚް އަލީ އަލް ތާނީ ވިދާޅުވީ އޭނާ މިހާރު ހުންނެވީ ޔޫއޭއީގައި ކަމަށާއި އޭނާ ހުރީ އަބޫ ދާބީގެ ވަލީ އަހުދު މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ބެލުމުގެ ދަށުގައި ކަމަށާއި އެކަމަކު އެއީ މީހުންނަށް އިހްތިރާމް އަދާކުރާ ގޮތް ނޫން ކަމަށެވެ. އަދި އެ ކަމުގެ ޒިންމާ އުފުލަން ޖެހޭނީ އަބޫ ދާބީގެ ވަލީ އަހުދު އަލް ނަހްޔާން ކަމަށް ވެސް އަލީ އަލް ތާނީ ވިދާޅުވި އެވެ.
އަބޫ ދާބީގެ އެޑިއުކޭޝަން ޑިޕާޓްމަންޓުގެ ވެރިޔާ އަލީ ރާޝިދު އަލް ނުއައިމީ ވިދާޅުވީ ގަތަރުގެ ޝެއިޚް ހުންނެވީ ބަންދެއްގައި ނޫން ކަމަށާއި އޭނާ ބޭނުން އިރަކު ދަތުރު ކުރެވޭނެ ކަމަށެވެ.
ސައުދީއާ ސިޔާސީ ގުޅުން ކަނޑާލާފައި ވާތީ ގަތަރު މީހުން ހައްޖާއި އުމްރާ އަށް ގެންދިއުމުގައި ގަތަރުގެ ފަރާތުން ސައުދީއާ މަޝްވަރާ ކޮށްފައި ވަނީ ޝެއިޚް އަބްދުﷲ ބިން އަލީ އަލް ތާނީ އެވެ.
ގަތަރު މައްސަލައާ ގުޅޭ ގޮތުން ސައުދީން މަޝްވަރާ ކުރަނީ
ގަތަރަށް އިތުރު ފިޔަވަޅު އަޅާނެކަމަށް ޔޫއޭއީން ބުނެފި
ގަތަރަށް ހަމްދަރުދީ ފާޅުކޮށްފި ނަމަ 15 އަހަރަށް ޖަލަށް
ހަތަރު ގައުމަކުން ގަތަރާ ގުޅުން ކަނޑާލައިފި
ދެގައުމެއްގެ ބޮޑުވަޒީރުންގެ ނައިބާ ބައްދަލުކުރައްވައިފި
ޔޫއޭއީ އެމްބަސީން ކުލި ނުދައްކާ މައްސަލަ ކޯޓުން ނުބެލި
މިނިސްޓަރު ޒަމީރު ރަސްމީ ދަތުރެއްގައި ޔޫއޭއީ އަށް
މުންދު، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ޒަމީރު، ގަތަރުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
ފޮރިން މިނިސްޓަރު ޒަމީރު ރަސްމީ ދަތުރެއްގައި ގަތަރަށް