Roadha Mihaaru

މާލޭހިޔާ ފްލެޓްތަކުގައި ފެން ލީކްވާ މައްސަލަ ހައްލުކޮށްފި

މާލޭ ހިޔާ އެންމެ މަތީ ފަންގިފިލާގެ އެޕާޓްމަންޓްތަކުގެ ސީލިންގް ފޫގޮސް ފެން ލީކުވި މައްސަލަ ހައްލުކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭހިޔާ ފްލެޓްތަކުގައި ފެން ލީކްވުން ހައްލުކޮށްފި
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

15 ޖެނުއަރީ 2018

މާލޭ ހިޔާ އެންމެ މަތީ ފަންގިފިލާގެ އެޕާޓްމަންޓްތަކުގެ ސީލިންގް ފޫގޮސް ފެން ލީކުވި މައްސަލަ ހައްލުކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މިމަހު ކުރީކޮޅު ކުރި ވިއްސާރާގައި މާލޭ ހިޔާ 1 އަދި 2 ގެ ބައެއް އެޕާޓްމަންޓްތަކަށް ފެން ލީކުވީ އެ ފްލެޓްތަކުގެ މަތީ ޝީޓަށް އެޅޭ ފެން ތިރިޔަށް ފައިބާގޮތަށް އަޅާފައިވާ ހަތަރު އިންޗީގެ ހޮޅިތައް ބެދުމުން ޝީޓުގައި ފެން ބޮޑުވެ، ޝީޓުގައި އަޅާފައިވާ ރެނދުތަކުން ފެން ލީކްވެގެން ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

"ޝީޓުގެ ހަ ދިމާލަކުން ހޮޅި އަޅައިފަ ހުރީ. ހޮޅިތައް ހުރީ ސުޕާރި ޕެކެޓެއް ނުވަތަ ފަތް އެއްޗެހި ޖެހިގެން ވެސް ބެދޭ ގޮތަށް. އެހެންވެ އެ ހޮޅިތައް ބެދިގެން ފެން ބޮޑުވީމަ ޝީޓުން ލީކުވި ފެން ސީލިންގަށް ފޭބީ،" މާލޭ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަހުމަދު ނިޔާޒު ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ އެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ޝީޓަށް އެޅޭ ފެން ތިރިއަށް ފައިބާ ގޮތަށް އިތުރު 12 ހޮޅި އަޅާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ގަވައިދުން އެ ފުލެޓްތައް މެއިންޓެނެސް ކުރަމުން އަންނަ ކަމަށާއި މީގެ ކުރިން އެ މައްސަލަ ފާހަގަ ވެފައި ނުވާ ކަމަށެވެ.

Male Hiyaa ge baeh flatthakah vissaaraige gellun

Male Hiyaa ge baeh flatthakah vissaaraige gellun

The most trusted news source in the Maldives

Mihaaru

މާލޭ ހިޔާއަށް ގެއްލުންތަކެއް ލިބުނު ހަބަރު--

ނަމަވެސް މީގެ ކުރިން ވެސް ވަނީ ސީލިންގަށް ފެން ވެހުމުގެ މައްސަލަ އޮތީ ދިމާވެފަ އެވެ. އަދި އެ ފުލެޓްތަކުގެ މެއިންޓެނަންސްގެ މަސައްކަތްތައް ވަރަށް ދަށް ކަމަށް ފުލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ބުނެ އެވެ.

ހަތަރު ފްލެޓެއްގެ ހިފާ ގެންގުޅޭ އެތައް ސާމާނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު ނިޔާޒު ވިދާޅުވީ އެ ގެއްލުންތަކުގެ ތަފްސީލު ބަލައި އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކެއް ބަލަމުން އަންނަ ކަމަށެވެ.

ބޮޑެތި މަރާމާތުތަކެއް ބޭނުންވާ މާލޭ ހިޔާ އާއި ސިނަމާލޭ ފްލެޓްތައް ބެލެހެއްޓުން ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާއިރު އެ ފްލެޓްތަކުގެ މެއިންޓެނެންސް ކަންތައްތައް ބެލެހެއްޓުމަށް ވަނީ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.

ނިޔާޒު ވިދާޅުވީ ފުލެޓްތައް މަރާމާތު ކުރުމަށް އެކަށޭނަ ބަޖެޓް ނުލިބުމާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އެއްބާރުލުން ނުލިބުމަކީ އެމައްސަލަތައް ހައްލު ނުކުރެވޭ ސަބަބު ކަމަށެވެ.