23 ޖޫން 2018
ސިނަމާލެ އާއި މާލޭހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާ މެދު މާލޭ ސިޓީ ކައުންސިލުން ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަމަށް، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ތުހުމަތު ކުރައްވައިފި އެވެ.
ސިނަމާލެ އާއި މާލޭހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާ މެދު މާލޭ ސިޓީ ކައުންސިލުން ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަމަށް، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ތުހުމަތު ކުރައްވައިފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕޭންގައި، މާލޭގެ ބައެއް ގެ ތަކަށް އިއްޔެ ޒިޔާރަތް ކުރެއްވުމަށް ފަހު، މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޓީ ކައުންސިލުން، ފްލެޓްތަކުގެ މީހުންނާ މެދު އިންތިހާ ދަރަޖަ އަށް އިހުމާލުވެފައިވާ ކަން، އެ ތަންތަނަށް ވަޑައިގަތުމުން އެނގިވަޑައިގެންފި ކަމަށެވެ.
އަދި އިދިކޮޅު އެމްޑީޕީީގެ ބާރުގެ ދަށުގައި އޮތް ކައުންސިލަކުން، ރައްޔިތުންނާ މެދު އެހާ އިހާނެތިކޮށް ކަންތައްތައް ކުރަނީ ކީއްވެތޯ މިނިސްޓަރު މުއިއްޒު ސުވާލު ކުރެއްވި އެވެ.
Sinamale,Male Hiyaa flat thakuge rayyithun arihah ziyaarai kurumun engigen dhanee MaleCityCouncil ge belumuge dhashugaivaa e flat thakah CityCouncil in ihmaal vefaivaa inthihaa dharaja. Rayyithunnah ehaa ihaanethikoh MDPge baarhdhashugai oi Council in kanthah kuranee keevvebaa?
— Dr.Mohamed Muizzu (@MMuizzu) June 23, 2018
އޭނާގެ އެ ޓުވީޓަށް ރައްދު ދެއްވަމުން، ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފްލެޓްތަކަށް އަލަށް ވަޑައިގަތުމުން މިނިސްޓަރު މުއިއްޒަށް ލައްކަ ކަންކަން ފެނިވަޑައިގެންފި ކަމަށެވެ. އެކަމަކު، އެތަނުގެ ފުރާޅާއި ވެއްޓެން ކައިރިވެފައި ހުރި ބެލްކަނިތަކާއި ތަނބުތައް ވެސް އަދި ބަލަން ޖެހޭ ކަމަށް ޝަމާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ފްލެޓާ ގުޅޭގޮތުން ވަރަށް ގިނަ ސިޓީތައް މިނިސްޓަރު މުއިއްޒަށް ވަނީ ފޮނުވައިފަ އެވެ. އެކަމަކު، އެކަމާ އެއްވެސް ވަރަކަށް އަޅާނުލެއްވި ކަމަށް ޝަމާއު ވިދާޅުވެ އެވެ.
"ބާރުތައް މުށަށް ލައިގެން އެމްސީސީ [މާލޭ ސިޓީ ކައުންސިލް] އޮބި އެޅީ ސަރުކާރުން،" އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ މާލޭ ސިޓީ ކައުންސިލްގެ ގިނަ މަސައްކަތްތައް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވި އެވެ.
ބޮޑެތި މަރާމާތުތަކެއް ބޭނުންވާ މާލޭ ހިޔާ އާއި ސިނަމާލޭ ފްލެޓްތައް ބެލެހެއްޓުން ސިޓީ ކައުންސިލާ ހަވާލު ކޮށްފައިވާއިރު، އެ ފްލެޓްތަކުގެ މެއިންޓަނަންސް ކަންތައްތައް ވަނީ އަމިއްލަ ކުންފުންޏަކަށް ދޫކޮށްފަ އެވެ.
Alah dhiyaima lakka kankan fenijje dhehthoa.Adhi furaalhaa,ehen thanthanves bahlavaalaathi.Vehten kairi vefahuri balcony thakaa, thanbuthahves eba jehey balan. Manikufaanah flat aa gulhey varah gina sitee fonuvin.Alhaaves nuli. Baaruthah mushah laigen MCC obi elhy mi sarukaarun? https://t.co/iqB0jSam36
— Shamau Shareef (@schamau) June 23, 2018
މާލޭހިޔާ ފްލެޓްތަކުގެ ލިފްޓު ހަލާކުވުމާއި ވިއްސާރަ ދުވަސްވަރު ސީލިންގުން ފެން ލީކުވުން ފަދަ މައްސަލަތައް ވަރަށް ގިނައިން ދިމާވެ އެވެ.
އެ ކަންކަމާ ގުޅޭގޮތުން ސިޓީ ކައުންސިލުން ކުރިން ބުނެފައި ވަނީ ފުލެޓްތައް މަރާމާތު ކުރުމަށް އެކަށޭނަ ބަޖެޓް ނުލިބުމާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން މައްސަލަތައް ހައްލު ކުރުމަށް ދަތިވެފައިވާ ކަމަށެވެ.
ފްލެޓްގެ ނުދައްކާ ހުރި ކުލި، މަސްތަކަކަށް ބަހާލަދެނީ
ސިޓީ ކައުންސިލްގެ ރައްދު: މުޅިން އެޅުވީ ދޮގު އިލްޒާމް
"ފްލެޓްތަކުގެ މީހުންނަށް ކައުންސިލުން އިހުމާލުވެއްޖެ"
ހައުސިންގެ ދަށަށް ފްލެޓްތައް ބަދަލު ކުރަން ލަފާދީފި
މޭޔަރަކަށް ނުކެމެދާނެތީ ސަރުކާރު ބިރުގެންފި: މުއިއްޒު
ހިޔާ ފްލެޓްގެ މައްސަލަ ކައުންސިލުން ފުލުހަށް ފޮނުވަނީ
ފުލުހުން ސިނަމާލެ ފްލެޓްތައް ބަލަހައްޓަން ފަށައިފި
ރައީސް ޔާމީން، ފުޑް ކޯޓްތައް ހުޅުއްވައިދެއްވައިފި
"ދަފްތަރު ހުޅުވާލިޔަސް ވޯޓާސް ލިސްޓް ބަދަލެއް ނުވާނެ"
އެންމެ ބޮޑު މަޝްރޫއަކީ ދީން ހިމާޔަތް ކުރުން: މުއިއްޒު