Roadha Mihaaru
"ދަފްތަރު ހުޅުވާލިޔަސް ވޯޓާސް ލިސްޓް ބަދަލެއް ނުވާނެ"

ދަފްތަރުގައި ރަޖިސްޓަރީ ވުމަށް ހުޅުވާލިޔަސް ވޯޓާސް ލިސްޓަށް ބަދަލެއް ނާންނާނެ: މުއިއްޒު

04 ޖުލައި 2018

މާލޭގެ ދަފްތަރުގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު ހުޅުވައިލިޔަސް، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ގެއްލޭ ފަދަ ކަމެއް މެދުވެރި ނުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގެ ދަފްތަރުގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު ހުޅުވައިލިޔަސް، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ގެއްލޭ ފަދަ ކަމެއް މެދުވެރި ނުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ކުރަމުން އައި މާލޭ ދަފްތަރު ބެލެހެއްޓުމުގެ މަސައްކަތް ހައުސިން މިނިސްޓްރީގެ ދަށަށް މި ހަފުތާގައި ބަދަލުކޮށް، މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުން ދަފްތަރުގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު ސަރުކާރުން ވަނީ އަލުން ހުޅުވާލައިފަ އެވެ. އެކަމާ ގުޅިގެން، މާލޭ ސިޓީ ކައުންސިލުން ވަނީ ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންނަށް އެ ހައްގު ގެއްލިދާނެ ކަމުގެ ކަންބޮޑުވުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެކަމާ ގުޅިގެން، މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދަފްތަރުގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު ހުޅުވައިލިޔަސް ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ވޯޓުލުމުގެ ފުރުސަތު ގެއްލޭ ފަދަ ނުވަތަ ވޯޓުލުމުގެ ހައްގަށް އުނިކަމެއް އަންނަ ފަދަ ކަމެއް ވެސް އޭގެ ސަބަބުން މެދުވެރި ނުވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ ޓްވީޓް

މީގެ 31 އަހަރު ކުރިން އެކުލަވާލާފައިވާ އޮންނަ އެ ދަފްތަރުގައި މިހާތަނަށް 3،200 އަށް ވުރެ ގިނަ މީހުން ރަޖިސްޓަރީ ވެފައިވާއިރު، ރަށްރަށުގެ މީހުން މާލެ އަށް ބަދަލުވުމަށް 12،000 އަށް ވުރެ ގިނަ މީހުން އެ ދަފްތަރުގައި ރަޖިސްޓަރީ ވެފައި ވެ އެވެ.