12 ޖުލައި 2018
ސިޓީ ކައުންސިލްގެ ބެލުމުގައި ދަށުގައި ހުރި އިރު މާލެ އާއި ވިލިމާލޭގެ ބައެއް ފްލެޓްތަކުން ނުދައްކާ ހުރި ކުއްޔަށް ވާ ފައިސާ، މަސްތަކަކަށް ބަހާލައިގެން ދެއްކޭނެ އުސޫލެއް ހަމަޖައްސަމުން އަންނަ ކަމަށް ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވި އެވެ.
ސިޓީ ކައުންސިލްގެ ބެލުމުގައި ދަށުގައި ހުރި އިރު މާލެ އާއި ވިލިމާލޭގެ ބައެއް ފްލެޓްތަކުން ނުދައްކާ ހުރި ކުއްޔަށް ވާ ފައިސާ، މަސްތަކަކަށް ބަހާލައިގެން ދެއްކޭނެ އުސޫލެއް ހަމަޖައްސަމުން އަންނަ ކަމަށް ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވި އެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވި ގޮތުގައި ފްލެޓްތަކުގައި އުޅޭ މީހުންގެ ކުލި ނެގުމަކީ ސިޓީ ކައުންސިލުގެ ޒިންމާއެކެވެ. އަދި ކައުންސިލުން އެކަން ނުކުރުމަކީ އެ ބޭފުޅުންގެ އިހްމާލެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކަނޑައެޅިފައިވާ މުއްދަތުގައި ކުލި ނުދެއްކުމުގެ ސަބަބުން ކޮށްފައިވާ ޖޫރިމަނާގެ ސަބަބުން އެ ފްލެޓްތަކުގައި އުޅޭ މީހުންނަށް ދިމާވާ އުނދަގޫތައްް ދެނެގަނެ، މަސްތަކަކަށް ބަހާލައިގެން ފަސޭހަ އިން އެ ފައިސާ ދައްކައި ޚަލާސް ކުރެވޭނެ ގޮތަކަށް ކަންތައް ހަމަޖައްސާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފަ އެވެ.
"ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ނޭނގި ތިއްބާ ކުއްލިއަކަށް ނުދައްކާ ހުރި ފައިސާ އާއި އޭގެ މައްޗަށް ޖޫރިމަނާގެ އަދަދުތަކެއް ޖަހާފައި ތިން މަސް ތެރޭގައި ދައްކަން ރައްޔިތުންނަށް ކުރިމަތި ކުރުވި ތަކުލީފު،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
"އެކަން އަޅުގަނޑުމެން ކުރިން ވެސް ދެންނެވިން އެކަން އަޅުގަނޑުމެން ރަނގަޅު ކުރާނަމޭ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ކުރިން، ކުއްޔާއި ޖޫރިމަނާ ދެއްކުމަށް ސިޓީ ކައުންސިލުން ފްލެޓްތަކަށް ފޮނުވާފައިވާ ސިޓީ ބާތިލު ކުރުމަށް ފަހު، ހައުސިން މިނިސްޓްރީން އެ މީހުންނަށް އައު ލިޔުމެއް ފޮނުވާނެ އެވެ.
މިނިސްޓަރުގެ ވާހަކަތަކަށް ރައްދު ދެއްވައި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަހްމަދު ނިޔާޒް ވިދާޅުވީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ފްލެޓްތައް ހުރި އިރު ވެސް، ކުއްޔަކީ ކައުންސިލުން ނަގަންޖެހޭ އެއްޗެއް ނޫން ކަމަށާއި ކުއްޔަކީ އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުން އަމިއްލަ އަށް ދައްކަން ޖެހޭ އެއްޗެއް ކަމަށެވެ.
"ހައުސިން އިން އަޅުގަނޑުމެން އަތުގައި ހުރި ހުރިހާ ރިކޯޑްތަކެއް ގެންދިޔައީ. އަޅުގަނޑުމެންނަށް ވަރަށް އުނދަގޫ އެހެންވީމަ ފައިސާ ދައްކަނީ ކޮން ބައެއްކަމާއި، ނުދައްކަނީ ކޮން ބައެއްކަން ވެސް ރަނގަޅަށް ބަލަން،" ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހައުސިން މިނިސްޓްރީން އަމަލު ކުރާ ގޮތުން ވެސް ފްލެޓްތަކުގެ ކުލީގެ ކަންތައް ވަކި އިންތިޒާމަކުން ކުރަން ކައުންސިލަށް ދަތިވެ އެވެ. އެ ގޮތުން ހައުސިން މިނިސްޓްރީ އަށް ކުލި ދައްކަން އެ މިނިސްޓްރީން އެއް ބަޔަކަށް އަންގާފައި، ފިނޭންސް މިނިސްޓްރީ އަށް ކުލި ދައްކަން އެހެން ބައެއް މީހުންނަށް އަންގާފައިވާތީ ވެސް އުނދަގޫތަކެއް ކުރިމަތިވާ ކަމަށް ނިޔާޒް ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވި ގޮތުގައި އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ އިތުރު ޝަކުވާތަކުގެ ތެރޭގައި، ކުލި ދައްކައި ޚަލާސް ކޮށްފައިވާ މީހުން ފްލެޓް މިލްކު ކުރަން އެދިފައިވާ އިރު ވެސް އެ ކަންތައް ހައުސިން މިނިސްޓްރީން ނުކޮށްދެ އެވެ. އޭގެ އިތުރުން ފްލެޓްތަކުގެ މެއިންޓެނަންސް އަށް ދައްކަންޖެހޭ ފީވެސް، ފްލެޓްތަކުން ނުދައްކާ ކަން ނިޔާޒް ފާހަގަ ކުރެއްވި އެވެ.
"ފްލެޓްތަކުގެ މީހުންނަށް ކައުންސިލުން އިހުމާލުވެއްޖެ"
"ސިނަމާލެ، ހުޅުމާލެ ފްލެޓްތަކަށް ވަނީ އިހުމާލުވެފައި"
ވިލިމާލެ 2 މަޝްރޫއުން ފްލެޓާއި ގޯއްޗަށް ހުޅުވާލަނީ
ހައުސިންގެ ދަށަށް ފްލެޓްތައް ބަދަލު ކުރަން ލަފާދީފި
ސިނަމާލެ ފްލެޓްތަކުގެ ޖޫރިމަނާ މާފުކޮށްދީފި
ސިނަމާލެ ފްލެޓުތަކުގެ ޖޫރިމަނާ މައާފުކޮށްދޭން އެދިއްޖެ
ފްލެޓްތަކުގެ ފިނިޝިންއަށް 9 މަސް ނުދޭތީ ކަންބޮޑުވެއްޖެ
ހިޔާ ފްލެޓްގެ މައްސަލަ ކައުންސިލުން ފުލުހަށް ފޮނުވަނީ
ލިސްޓު ބާތިލްކޮށްފިއްޔާ، އެއީ އަނިޔާވެރިކަން: މުއިއްޒު
ފްލެޓް ނުދީފި ނަމަ ކޯޓަށް ދެވޭނެ: މުއިއްޒު