ތުހުމަތުތަކެއް ފެންމަތިކޮށްގެން އުޅެނީ ނުހައްގުން ކަމަށާއި އެއީ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަފާނެތީ މި ސަރުކާރު ބިރުން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
06 ފެބުރުއަރީ 2020
ތުހުމަތުތަކެއް ފެންމަތިކޮށްގެން އުޅެނީ ނުހައްގުން ކަމަށާއި އެއީ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަފާނެތީ މި ސަރުކާރު ބިރުން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި މުއިއްޒު ވަނީ، މާލޭ ސިޓީ ކައުންސިލުންނާއި ރައްޔިތުންގެ މަޖިލީހުން އޭނާއާ މެދު ޖިނާއީ ތަހުގީގެއް ހިންގަން ފުލުސް އޮފީހަށް ހުށަހަޅަން ނިންމާފައިވާތީ ފާޑުވިދާޅުވެފަ އެވެ. އެ ދަރަޖައަށް އެ ދިޔައީ، މޭޔަރު ކަމަށް ކުރިމަތިލައްވަފާނެ ކަމުގެ އަޑެއް އިވިގެން ކަމަށާއި އިލެކްޝަންސަށް އޭނާ ފޯމު ހުށަހަޅުއްވައިފި ނަމަ މި ސަރުކާރުން އަދި ކިހާވަރެއް އަރުވާލާނެތޯ ސުވާލު ކުރެއްވި އެވެ.
މުއިއްޒުގެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅަން މަޖިލީހުން ފާސްކުރީ، ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުމުގައި އޭނާގެ އިހުމާލު އޮތް ކަމަށް ތުހުމަތު ކުރުމުގެ އިތުރުން، މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ދޮގު މައުލޫމާތު ދެއްވި ކަމުގެ ތުހުމަތުގަ އެވެ. ހިޔާ މަޝްރޫއުގެ ފްލެޓްތައް ދޭން ނިންމާފައި ވަނީ އިންސާފުން ބޭރުން ކަމުގެ ތުހުމަތާ އެކު މާލޭ ސިޓީ ކައުންސިލުން ނިންމީ އެކަމުގައި އިހުމާލުވާ އެންމެންގެ މައްޗަށް ތަހުގީގެއް ހިންގަން ފުލުސް އޮފީހަށް ފޮނުވައި ދިނުމަށެވެ.
މުއިއްޒު ވަނީ މި ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ.
އޭނާ ވިދާޅުވިި ގޮތުގައި ކައުންސިލް އިންތިޚާބާ ދިމާކޮށް، އޭނާ އަށް ނުރައްކާ ކުރިމަތިކުރަމުންދަނީ ބޭއިންސާފުންނެވެ.
"ކިތަންމެ ބޮޑު ތުހުމަތެއް އަޅުގަނޑުގެ ބޮލުގައި އެޅުވިޔަސް ކިތަންމެ ބޮޑު ނުރައްކަލެއް އަޅުގަނޑަށް ކުރިމަތިކުރި ނަމަވެސް އަދި ކިތަންމެ ބޮޑު އަދަބެއް ބޭއިންސާފުން ދިން ނަމަވެސް ދީނާއި ގައުމުގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއްގައި ފަހަތަކަށް އަޅުގަނޑު ނުޖެހި ސާބިތުކަމާ އެކު ހުންނާނަން،" މުއިއްޒު ވިދާޅުވި އެވެ.
މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާނެ ކަން މުއިއްޒު އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. އެކަމަކު ޕީޕީއެމްގެ ޓިކެޓް މުއިއްޒަަށް ދޭން ނިންމާފައިވާ ކަން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގައި އިސްކޮށް އުޅުއްވާ ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިއުލާންކުރައްވައިފަ އެވެ.
ރައްޔިތުން ނިންމާނީ ރަނގަޅަށް: ޑރ. މުއިއްޒު
އެމްޑީޕީއަށް ފައިދާ އޮތީ އަޅުގަނޑު ހޮވައިގެން:މުއިއްޒު
މާލޭގެ މޭޔަރަކަށް މުއިއްޒު، އައްޑުއަށް ލަތީފް
އެންމެ ބޮޑު ޔަގީންކަމެއް ދިނީ އެމްޑީޕީގެ މެމްބަރުން
ގެދޮރުގެ މައްސަލަ ކައުންސިލަށް ހައްލުކުރެވޭނެ: މުއިއްޒު
މާލޭގެ ރައްޔިތުން ނިކަމެތިވިޔަ ނުދޭނަން: ޑރ.މުއިއްޒު
ވަށަފަރޭ ވިދާޅުވެ އޮޅުވައެއް ނުލެވޭނެ: މުއިއްޒު
މޭޔަރުކަމަށް ގާބިލް ކެންޑިޑޭޓުން ކުރިމަތިލި: ޕީޕީއެމް
ސިނަމާލެ ފްލެޓްތައް ތަޅާލައި އަލުން އިމާރާތް ކުރަނީ
ގޯއްޗަށް އެދޭ ފޯމު ފުރަން ސިޓީ ކައުންސިލުން އެހީވަނީ