22 ފެބުރުއަރީ 2020
މާލޭގެ ރައްޔިތުންގެ ހަގީގީ ހާލަތު ވަރަށް ގާތުން ފެނިވަޑައިގެންފައިވާ ކަމަށާއި އެހެންވެ، އެމްޑީޕީއަށް ވެސް އެންމެ ފައިދާ އޮތީ މި ފަހަރު މޭޔަރު ކަމަށް އޭނާ ހޮވައިގެން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
މާލޭގެ ރައްޔިތުންގެ ހަގީގީ ހާލަތު ވަރަށް ގާތުން ފެނިވަޑައިގެންފައިވާ ކަމަށާއި އެހެންވެ، އެމްޑީޕީއަށް ވެސް އެންމެ ފައިދާ އޮތީ މި ފަހަރު މޭޔަރު ކަމަށް އޭނާ ހޮވައިގެން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމް ޓިކެޓްގައި މޭޔަރު ކަމަށް ކުރިމަތިލައްވައި ފުރަތަމަ ފަހަރަށް އާއްމުންނާ ވާހަކަ ދައްކަވަމުން، ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި މުއިއްޒު ވިދާޅުވީ، އެމްޑީޕީ އާއި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ މެމްބަރުން ވެސް ވިސްނަންވީ މާލެ އަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވޭނެ މީހަކަށް ފުރުސަތު ދޭން ކަމަށެވެ. އަދި އޭނާގެ މިނިސްޓަރުކަމުގައި މާލޭގެ އެތައް ސަތޭކަ ގެއަކަށް ގޮސް، ރައްޔިތުންގެ ދިރިއުޅުން ވަރަށް ގާތުން ފެނިވަޑައިގެންފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕާޓީ ލައިނުން ވިސްނުމަށް ވުރެ، މާލޭގެ ކަންކަން ހައްލު ކުރެވޭނެ މީހަކު ހޮވުން މުހިއްމެވެ.
"ހަގީގަތުގައި އެމްޑީޕީގެ މެންބަރުން ވިސްނާލަންޖެހޭ ކަމަކީ އަޅުގަނޑު މި މަގާމަށް އިންތިހާބުކޮށްގެން މާލެ އަށް އަންނަ ތަރައްގީ އާއި ކުރިއެރުމުގެ ހަގީގީ ކްރެޑިޓް އަޅުގަނޑާއި ޕީޕީއެމް އަށް ވުރެ މާ ބޮޑު ކްރެޑިޓެއް މި ސަރުކާރަށް ވެސް ލިބޭނެ ކަން،" މުއިއްޒު ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުން ފެށިގެން ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވީ އޭނާގެ މޭޔަރުކަމުގައި މާލެ އަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވިއްޖެ ނަމަ އެއީ އެމްޑީޕީގެ މެމްބަރުންނަށް ވެސް ލިބޭނެ ހިތްހަމަ ޖެހުމެއް ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ކައުންސިލްތަކަށް މަސައްކަތް ކުރެވޭނީ ސަރުކާރުގެ އެއްބާރުލުން ލިބިގެންނެވެ. އަދި މަގާމަށް ހޮވި ވަޑައިގެންފި ނަމަ ކޮންމެ ބަޔަކާ އެކުގައި ވެސް އޭނާ އަށް މަސައްކަތް ކުރެވޭނެ ކަމަށާއި ރައްޔިތުންގެ ހައްގުގައި ޓަކި ޖަހަން ޖެހުނު ކޮންމެ ދޮރެއްގައި ޓަކި ޖަހާނެ ކަމަށް ވިދާޅުވި އެވެ.
"ހަގީގަތުގައި އެމްޑީޕީގެ މެންބަރުން ވިސްނާލަންޖެހޭ ކަމަކީ އަޅުގަނޑު މި މަގާމަށް އިންތިހާބު ކޮށްގެން މާލެ އަށް އަންނަ ތަރައްގީ އާއި ކުރިއެރުމުގެ ހަގީގީ ކްރެޑިޓް އަޅުގަނޑާއި ޕީޕީއެމް އަށް ވުރެ މާ ބޮޑު ކްރެޑިޓެއް މި ސަރުކާރަށް ވެސް ލިބޭނެ ކަން،" މުއިއްޒު
"ގިނަ ކަންކަމުގައި އަޅުގަނޑު ސަރުކާރާ އެކު މަސައްކަތް ކުރާނަން. އަދި އަޅުގަނޑާ އެކު މަސައްކަތްކުރަން ސަރުކާރަށް ދައްޗެއް ވެސް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވަނީ މޭޔަރުކަމަށް ހޮވިއްޖެ ނަމަ މާލެ އަށް ގިނަ ތަރައްގީތަކެއް ގެނައުމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި ވިދާޅުވީ އެ މަސައްކަތުގައި އޭނާގެ ޕްލޭނެއް އެބައޮތް ކަމަށާއި އެއާ އެއްގޮތަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މާލޭ ސިޓީ ކައުންސިލްގެ ދައުރުތައް އޮތީ ވަރަށް ބޮޑަށް ހަނިކޮށްފަ އެވެ. އަދި އެތަނުގެ ގިނަ މަސައްކަތްތައް ވެސް ބަދަލުކުރީ، މުއިއްޒު މިިނިސްޓަރުކަމުގައި ހުންނެވި ހައުސިން މިނިސްޓްރީގެ ދަށަށެވެ.
އަންނަ އޭޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ނުކުނަންވަނީ އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. އަދި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަމިއްލަ ގޮތުން އެ އިންތިޚާބުގައި ވާދަކުރައްވަ އެވެ.
ރައްޔިތުން ނިންމާނީ ރަނގަޅަށް: ޑރ. މުއިއްޒު
މާލޭގެ މޭޔަރަކަށް މުއިއްޒު، އައްޑުއަށް ލަތީފް
މޭޔަރަކަށް ނުކެމެދާނެތީ ސަރުކާރު ބިރުގެންފި: މުއިއްޒު
މުއިއްޒަށް އެއްބާރުލުން ދޭނަން: ނަޝީދު
މާލޭގެ ރައްޔިތުން ނިކަމެތިވިޔަ ނުދޭނަން: ޑރ.މުއިއްޒު
ވަށަފަރޭ ވިދާޅުވެ އޮޅުވައެއް ނުލެވޭނެ: މުއިއްޒު
މޭޔަރު މުއިއްޒަށް އެއްބާރުލުން ލިބޭނެ: އެމްޑީޕީ
ސިޓީ ކައުންސިލްގެ ހުވާކުރުން އޮންލައިންކޮށް ބާއްވަން ނިންމައިފި
އެމްޑީޕީއަށް 400 ގޮނޑި، ޕީޕީއެމަށް 325 ގޮނޑި
ހަމަނުޖެހުމާ ގުޅިގެން ޕާޓީތަކުން ހަދަނީ ދޮގު: އީސީ