ރައްޔިތުންނަށް ފައިދާ އާއި ލާބަ ހުރި ކޮންމެ މަސައްކަތެއްގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް، ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމަށް ސިޓީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ހޮވުނު ކައުންސިލަރުން މިއަދު ބުނެފި އެވެ.
13 ޖޫން 2021
ރައްޔިތުންނަށް ފައިދާ އާއި ލާބަ ހުރި ކޮންމެ މަސައްކަތެއްގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް، ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމަށް ސިޓީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ހޮވުނު ކައުންސިލަރުން މިއަދު ބުނެފި އެވެ.
މާލޭ ސިޓީ ކައުންސިލުގައި ތިއްބަވާ އެމްޑީޕީގެ ހަ ކައުންސިލަރުންގެ ނަމުގައި އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެމްޑީޕީން ވައުދުވީ ގޮތުގެ މަތިިން ލާމަރުކަޒީ އުސޫލު ހިންގުމުގެ ގާނޫނަށް އިސްލާހު ގެނެސްފައިވާ ކަމަށެވެ. އަދި ކައުންސިލްތަކުގެ އިހުތިސާސް ކަނޑައަޅާފައިވާ ކަމަށާއި ކައުންސިލްތަކަށް އިދާރީ އަދި މާލީ ބާރުވެރިކަން ހޯދައި ދީފައިވާ ކަމަށެވެ.
އެމްޑީޕީގެ ކައުންސިލަރުން ވިދާޅުވިގޮތުގައި، އިދިކޮޅު ޕީޕީއެމްގެ މޭޔަރަކު މަގާމުގައި ހުންނެވުމުން، އިދިކޮޅުން ހުށަހަޅާ ކޮންމެ ހުށަހެޅުމަކާ ދެކޮޅު ހެދުމުގެ އާދަ ދޫކޮށް، ކައުންސިލުގެ ހުރިހާ މެމްބަރުންނަށް އެއްބާރުލުން އެ ކައުންސިލަރުން ދެއްވާނެ އެވެ. އަދި އެމްޑީޕީގެ އަސާސްތަކާއި އަގު ނަގަހައްޓައި، އެ ޕާޓީގެ މެމްބަރުންގެ ބަސް ކަނުލައި އަޑުއަހަމުން ގެންދާނެ ކަމަށާއި މިދިޔަ ކުރު މުއްދަތުގަ އެކަން ފެނިފައި ވާނެ ކަމަށް ބަޔާނުގައި ވެ އެވެ.
"ޕީޕީއެމްގެ މޭޔަރަކު ހުންނެވި ކަމަށްޓަކައި އަދި އޭނާ ހުށަހެޅުއްވި ކަމެއް ވީމާ ދެކޮޅު ހެދުމުގެ އިދިކީލި ސިފައިން އަޅުގަނޑުމެން ނެއްޓި ތިބޭނެ ކަމުގެ ޔަގީންކަން ވެސް އަރުވަމެވެ،" އެމްޑީޕީގެ ޓިކެޓުގައި މާލޭ ސިޓީ ކއުންސިލަށް ހޮވި ހަ މެމްބަރުން ވިދާޅުވި އެވެ.
އެ ބޭފުޅުން ވިދާޅުވީ، މާލޭގެ ރައްޔިތުންގެ މަސްލަހަތުގެ މައްޗަށް ފާރަވެރިވާނެ ކަމަށާއި ކައުންސިލްގެ މަސައްކަތް ހިނގާ ގޮތުގެ މައުލޫމާތު ދެމުން ގެންދާނެ ކަމަށެވެ. އަދި ރައްޔިތުން އެދޭ ބަދަލެއް ގެނައުމަށް މަސައްކަތް ކުރާނެ ބަޔާނުގައި ވެ އެވެ.
އެމްޑީޕީގެ ކައުންސިލަރުން ވިދާޅުވާގޮތުގައި ކައުންސިލަށް މިހާރު ވެސް ބޮޑެތި ގޮންޖެހުންތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ޖާގައިގެ ދަތިކަމާ އިންސާނީ ވަސީލަތް ނެތުން ހިމެނެ އެވެ. އެގޮތުން ސިޓީއެއް ހިންގުމަށް އަސާސީ ގޮތުން ބޭނުންވާ ތައުލީމާއި ތަމްރީނު ލިބިފައިވާ މުވައްޒަފުން ނެތުމާއި ފުރާޅެއްގެ ދަށުން ކައުންސިލްގެ ހިދުމަތްތައް ދެވޭނެ މަގެއް އަދި ކައުންސިލްގެ ހުރިހާ މެމްބަރުން އެކީ އިށީނދެވަޑައިގެން ބައްދަލުވެވޭނެ ޖާގައެއް ނެތް ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
މި އަހަރުގެ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ހޯދާފައިވަނީ އިދިކޮޅު ޕީޕީއެމް ކޯލިޝަނުންނެވެ. އެއީ ޖުމުލަ 18 ގޮނޑީގެ ތެރެއިން 11 ގޮނޑިއެވެ. އަދި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ހަ ގޮނޑި ކާމިޔާބު ކުރި އިރު، އެ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އަށް ކާމިޔާބު ކުރެވުނީ އެއް ގޮނޑިއެވެ.
ރައްޔިތުން ނިންމާނީ ރަނގަޅަށް: ޑރ. މުއިއްޒު
ސިޓީ ކައުންސިލްގެ ހުވާކުރުން އޮންލައިންކޮށް ބާއްވަން ނިންމައިފި
އެމްޑީޕީއަށް ފައިދާ އޮތީ އަޅުގަނޑު ހޮވައިގެން:މުއިއްޒު
މޭޔަރަކަށް ނުކެމެދާނެތީ ސަރުކާރު ބިރުގެންފި: މުއިއްޒު
ޕީޕީއެމް ސެނެޓުގެ ކޮންޓްރޯލް ނަގާކަށް ނޫޅެން: މުއިއްޒު
އެންމެ ބޮޑު ޔަގީންކަމެއް ދިނީ އެމްޑީޕީގެ މެމްބަރުން
ކާމިޔާބު ލިބުނީ ޔާމީންގެ ފިކުރުގެ ސަބަބުން: މުއިއްޒު
މުއިއްޒަށް އެއްބާރުލުން ދޭނަން: ނަޝީދު
ބޮޑު ކާމިޔާބެއް: މާލޭގެ މޭޔަރުކަން މުއިއްޒަށް
ގެދޮރުގެ މައްސަލަ ކައުންސިލަށް ހައްލުކުރެވޭނެ: މުއިއްޒު