ވިއްސާރަ ވެއްޖެ ނަމަ، މާލޭ ހިޔާގެ އެންމެ މަތީ ފަންގިފިލާގައި އުޅޭ ބައެއް އާއިލާތަކުން އަވަސްވެގަންނަނީ ހިފައިގެންގުޅޭ އެއްޗެހީގައި ސަތަރި އަޅައި ނިވާކުރާށެވެ. ގޮދަޑިތައް ނަގައި، އެއް ފަރާތް ކުރާށެވެ. އެކަމަކު ލިބޭ ގެއްލުންތަކުން ކޮންމެ ފަހަރަކު ސަލާމަތެއް ނުވެވެ އެވެ.
03 ޖެނުއަރީ 2018
ވިއްސާރަ ވެއްޖެ ނަމަ، މާލޭ ހިޔާގެ އެންމެ މަތީ ފަންގިފިލާގައި އުޅޭ ބައެއް އާއިލާތަކުން އަވަސްވެގަންނަނީ ހިފައިގެންގުޅޭ އެއްޗެހީގައި ސަތަރި އަޅައި ނިވާކުރާށެވެ. ގޮދަޑިތައް ނަގައި، އެއް ފަރާތް ކުރާށެވެ. އެކަމަކު ލިބޭ ގެއްލުންތަކުން ކޮންމެ ފަހަރަކު ސަލާމަތެއް ނުވެވެ އެވެ.
ރެއަކީ އޭގެ އެއް ރެ އެވެ. މާލެއަށް ކުރި ވިއްސާރައިގައި، ބައެއް ފްލެޓްތަކުގެ ސީލިން ފޫގޮސް، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
ބައެއް އާއިލާތަކުން ބުނި ގޮތުގައި ރޭ އުޅެން ޖެހުނީ ނުނިދައި ފެން ހިއްކުމުގަ އެވެ. ބައެއް ފްލެޓްތަކުގައި ފެން ބޮޑުވެ އެތައް އެއްޗަކަށް ވަނީ ގެއްލުންވެފަ އެވެ.
ފެން ޖެހިގެން މާލޭ ހިޔާ ފުލެޓެއްގެ ސީލިން ހަލާކުވެފައި -- މިހާރު ފޮޓޯ: ނިޝާން އަލީ
"ހަ ގޮދަޑި އެއްކޮށް ތެމުނު. އެނދާ އެއްޗެހި ވެސް އެހެރީ ތެމިފައި. ރޭ މުޅި ގޭތެރޭ އޮތީ ފެން ހެދިފައި،" "މާލޭ ހިޔާ 2" ގެ ހަ ވަނަ ބުރީގައި ދިރިއުޅެމުން އަންނަ އައިޝަތު އަލީ ބުންޏެވެ.
"ހަތް މީހުން އުޅުނިން ބާލިދީ އާއި ފުޅިބުރި ހިފައިގެން ފެން ހިއްކަން."
އެ ފްލެޓްގައި ހުންނަ ހަތަރު ކޮޓަރީގެ ސީލިން ވެސް ވަނީ ފޫގޮސްފަ އެވެ. ފަންކާ ފަދަ ތަކެތި ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
މާލޭ ހިޔާ ފުލެޓަކަށް ފެން ފައިބައިތީ އެނދުގައި ސަތަރި އަޅާފައި: ބަައެއް ފްލެޓްތަކަށް ވަނީ ގެއްލުން ލިބިފައި -- މިހާރު ފޮޓޯ: ނިޝާން އަލީ
އަށް ބުރިއަށް ހަދާފައިވާ "މާލޭ ހިޔާ 1" ގެ ބައެއް ފްލެޓްތަކުގެ ހާލަކީ ވެސް މި އެވެ. އެ އިމާރާތުގެ އަށް ވަނަ ބުރީގެ އެޕާޓްމަންޓެއްގެ ސީލިން ފޫގޮސް ބައެއް އެއްޗިއްސަށް ގެއްލުން ލިބުނެވެ.
"ވިހި ހާސް ރުފިޔާގެ އެނދެއް އެ ހަލާކުވީ. އެ އެނދު އެއްލާލީމި،" މާލޭ ހިޔާ 1 ގެ އަށް ވަނަ ފަންގިފިލާގައި ދިރިއުޅޭ އައިމިނަތު ހަލީލް ބުންޏެވެ.
"ދެން ކަރަންޓް ސުވިޗް ބޯޑްތައް ވެސް ބޭނުމެއް ނުކުރެވޭ."
މާލޭ ހިޔާ އެކަކާއި ދޭއްގެ އެންމެ މަތީގައި ދިރިއުޅެމުން އަންނަ ބައެއް އާއިލާތަކުން ބުނާ ގޮތުގައި ވިއްސާރަ ވެއްޖެ ނަމަ ހިފައި ގެންގުޅޭ ތަކެތީގައި ސަތަރި އެޅުން ނޫން ހައްލެއް މި ވަގުތު އެ މީހުންނަކަށް ނެތެވެ.
ރޭ ކުރި ވިއްސާރާގައި މާލޭ ހިޔާ ފުލެޓެއްގެ ތަކެތި ތެމިގެން ހިއްކަން ބަހައްޓާފައި -- މިހާރު ފޮޓޯ: ނިޝާން އަލީ
ދެ އިމާރާތް ބާވަމުން ދާ އިރު އެއްވެސް ކަހަލަ މަރާމާތެއް ނުކުރާ ކަމަށް، އާއިލާތަކުން ބުނެ އެވެ. ސީލިންތައް ފޫދިއުމާއި ފާރުތަކުން ފެން ވަނުމުގެ އިތުރުން ކަރަންޓާއި ފެން ލިބުމުގައި ވެސް އެތައް މައްސަލަައެއް ކުރިމަތިވާކަމުގެ ޝަކުވާ އެ މީހުންގެ ބޮޑެވެ.
ފަންގިފިލާ ފޫދިއުމަކީ، ދެ އިމާރާތް ބަލަހައްޓާ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފް ވިދާޅުވި ގޮތުގައި، އަލަށް ދިމާވި މައްސަލައެކެވެ. އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަމާއު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެމައްސަލަ ހައްލު ކުރާނެ ކަމަށެވެ.
މާލޭހިޔާ ފްލެޓްތަކުގައި ފެން ލީކްވުން ހައްލުކޮށްފި
"ފްލެޓުތައް ތަޅާލާނީ މީހުންނަށް ގޮތެއް ހޯދައިދީފައި"
11،000 ލީޓަރު ފެން ހިންދޭ ޕަމްޕް ބޭނުންކުރަނީ
މާލޭގައި 3،500އަށް ވުރެ ގިނަ ވެލި ބަސްތާ ޖަހައިފި
ޕަމްޕް ސްޓޭޝަނަށް މިނިސްޓްރީން ވަގުތީ ހައްލެއް ހޯދައިފި
ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލައިފި
ފެންހިންދުން ލަސްވެ ގެއްލުންވުމުން ޝަކުވާ ބޮޑުވެއްޖެ
ފަމްޕުތަކުގެ މައްސަލައެއް ނެތް،ރަނގަޅަށް މަސައްކަތްކުރޭ
ސަލްޓަންޕާކުގެ ގަހެއް ވެއްޓި ލިލީމަގު ބަންދުވެއްޖެ
ފެން ބޮޑުވުމުން ކަނބާއައިސަރަނި ހިނގުން ސަލާމަތްވެއްޖެ