މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އާންމުކުރި ފްލެޓް ލިސްޓަށް ޝަކުވާއަށް ހުށަހެޅުމުގެ ފުރުސަތު ފަސޭހަކޮށްދިނުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން އެކަމުގައި އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.
31 މާޗް 2025
މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އާންމުކުރި ފްލެޓް ލިސްޓަށް ޝަކުވާއަށް ހުށަހެޅުމުގެ ފުރުސަތު ފަސޭހަކޮށްދިނުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން އެކަމުގައި އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.
ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން މިފެށޭ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގައި ކައުންސިލުން އެހީތެރިވާނެ ކަމަށެވެ.
ފްލެޓަށް ޝަކުވާ ހުށަހަޅަން ދީފައިވާ މުއްދަތު ހަމަވަނީ ވެސް އެ ތާރީހަށެވެ.
ސިޓީ ކައުންސިލުން ބުނީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގައި އެހީވުމުގެ ގޮތުން، އާންމު ހިދުމަތްތަކާ ބެހޭ ބައި މިއަދުން ފެށިގެން އޭޕްރީލް 5 އާ ހަމައަށް ހުޅުވާނެ ކަމަށެވެ. އެ ދުވަސްތަކުގައި ހެނދުނު 10:00 އިން މެންދުރު 2:30 އަށް އަދި ރޭގަނޑު 9:30 އިން 11:00 ހިދުމަތް ދޭނެ އެވެ.
އެކަމަކު އަންނަ މަހުގެ 6 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށް އެ ހިދުމަތްދޭނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. އެ މުއްދަތުގައި ރޭގަނޑު ހިދުމަތް ދޭނީ 9:00 އިން 11:00 އަށެެވެ.
ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގައި ހަމަޖައްސާފައިވާ އުސޫލާ މެދު ހިތްހަމަނުޖެހި ހައުސިން މިނިސްޓްރީ ދޮށުގައި މީހުން މުޒާހަރާ ވެސް ކުރި އެވެ.
މިދިޔަ ހަފްތާގެ ނިޔަލަށް އެ ލިސްޓަށް 2،843 ޝަކުވާ ލިބިފައިވާ ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހަޅާފައިވާ 2،079 ޝަކުވާ އާއި ދެ ކޮޓަރީގެ ފްލެޓް ލިސްޓަށް ހުށަހަޅާފައިވާ 764 ޝަކުވާ އެވެ.
ލިސްޓާ ގުޅިގެން ހުށަހަޅަމުންދާ ޝަކުވާތަކަށް ރިއާޔަތްކޮށް، އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް ހުރުމުން އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ވެސް ވެސް ކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
މި ސަރުކާރުން ރިވިއުކުރި ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހަކަށެވެ. އޭގެ ތެރޭގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 މީހެކެވެ.
އެ ލިސްޓުގައި 2،695 މީހެއްގެ ފޯމު ޝަރުތު ހަމަނުވާ ކަމަށް، އަދި 424 މީހެއްގެ ޕޮއިންޓުތަކަށް އައި ބަދަލާ އެކު ފްލެޓް ލިބޭ މީހުންގެ ލިސްޓުން އެ މީހުން އުނިކޮށްފައިވެ އެވެ.
އެ ލިސްޓާ ގުޅިގެން އިދިކޮޅު އެމްޑީޕީން ވެސް ވަނީ މާލޭގައި މުޒަހަރާކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ފްލެޓްތައް އަވަހަށް ހަވާލުކުރަން ޖެހޭ: މޭޔަރު
ގޯތި/ފްލެޓް ލިބުނު މީހުން މަގުމަތިވިޔަނުދޭނަން: އާޒިމް
ސިނަމާލެ ފްލެޓްތައް ތަޅާލައި އަލުން އިމާރާތް ކުރަނީ
ސިނަމާލެ ފްލެޓްތަކުގެ ޖޫރިމަނާ މާފުކޮށްދީފި
ގޯއްޗަށް އެދޭ ފޯމު ފުރަން ސިޓީ ކައުންސިލުން އެހީވަނީ
ވިލިމާލޭގެ ފްލެޓްތައް ރަޖިސްޓަރީ ކުރަން ހުޅުވާލައިފި
ފްލެޓްތަކުގެ ފިނިޝިންއަށް 9 މަސް ނުދޭތީ ކަންބޮޑުވެއްޖެ
މޭޔަރަކަށް ނުކެމެދާނެތީ ސަރުކާރު ބިރުގެންފި: މުއިއްޒު
ހިޔާ ފްލެޓްގެ މައްސަލަ ކައުންސިލުން ފުލުހަށް ފޮނުވަނީ
ފްލެޓު ދޫކުރަންވީ މާލެ ސިޓީ ކައުންސިލުން: އާޒިމް