Roadha Mihaaru
ބޮޑެތި ކާގޯ ލައިންތައް ރާއްޖެއާ ދުރަށް!

ބޮޑެތި ކާގޯ ލައިންތައް ރާއްޖެއާ ދުރަށް!

12 ޖުލައި 2016

މާލޭގެ ވިޔަފާރި ބަނދަރު އޮތީ ތޮއްޖެހިފަ އެވެ. މަގަތު ފާލަމުގެ ކިޔޫ އެހާ ދިގެވެ. މުދާ ބޭލޭނެ އެކަށީގެންވާ ވަސީލަތްތައް ނެތިގެން ބޮޑެތި ބޯޓު ފަހަރުތައް ހުސްކުރެވޭކަށް ނެތެވެ. މިހިރީ އެތައް އަހަރެއް ވީއިރު ވެސް އެތަނުގައި ހައްލުނުވެ ހުރި މައްސަލަތަކެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މާލޭގެ ވިޔަފާރި ބަނދަރު އޮތީ ތޮއްޖެހިފަ އެވެ. މަގަތު ފާލަމުގެ ކިޔޫ އެހާ ދިގެވެ. މުދާ ބޭލޭނެ އެކަށީގެންވާ ވަސީލަތްތައް ނެތިގެން ބޮޑެތި ބޯޓު ފަހަރުތައް ހުސްކުރެވޭކަށް ނެތެވެ. މިހިރީ އެތައް އަހަރެއް ވީއިރު ވެސް އެތަނުގައި ހައްލުނުވެ ހުރި މައްސަލަތަކެވެ.

ވިޔަފާރި ބަނދަރު ތަރައްގީކުރަން އެކަށީގެންވާ މަސައްކަތްތަކެއް ހިންގިފައި ނެތުމުން ރާއްޖޭގެ އެންމެ ބޮޑު ބަނދަރުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަނީ ދަށްވަމުންނެވެ. އެތަނުގައި ހުރި މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ނުލިބި ދިގުލައިގެންދާތީ ކާގޯ ބޯޓުފަހަރު އޮޕަރޭޓްކުރާ ފަރާތްތަކަށާއި ވިޔަފާރިވެރިންނަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިވެފަ އެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ ކާގޯ ބޯޓު ގެންނަ އެޖެންޓަކު ބުނީ މިހާރު ރާއްޖެއަށް މުދާ ހިފައިގެން އަންނަ ބޯޓެއް ހުސްކުރަން އެވްރެޖްކޮށް ދިހަ ވަރަކަށް ދުވަސް ނަގާ ކަމަށެވެ. އޭގެ ސަބަބުން ބޯޓު އޮޕަރޭޓްކުރާ ފަރާތްތަކަށާއި މުދާ ގެންނަ ފަރާތްތަކަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވާ ކަމަށް ވެސް އެ އެޖެންޓް ބުންޏެވެ.

މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި ބަހައްޓާފައިވާ ކޮންޓެއިނަރުތަކެއް: ވިޔަފާރި ބަނދަރުގައި ކޮންޓެއިނަރު ބަހައްޓާނެ ޖާގައެއް ނެތް. --ފޮޓޯ: އަލީ ނިޝާން /މިހާރު

މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި ބަހައްޓާފައިވާ ކޮންޓެއިނަރުތަކެއް: ވިޔަފާރި ބަނދަރުގައި ކޮންޓެއިނަރު ބަހައްޓާނެ ޖާގައެއް ނެތް. --ފޮޓޯ: އަލީ ނިޝާން /މިހާރު

"ބޯޓު ކިތަންމެ ދުވަހެއް ވަންދެން އޮތަސް އެމްޕީއެލްއަށް ވާ ގެއްލުމެއް ނެތް. އެތަނުގައި ހުރި މައްސަލަ ހައްލުކުރަން އެމްޕީއެލް އިން ފާއިތުވި ތަނުގައި އެކަށީގެންވާ މަސައްކަތެއް ނުކުރާތީ މިހާ ބޮޑަށް ހާލަތު ގޯސްވީ،" އެ އެޖެންޓް ބުންޏެވެ.

ރާއްޖެއަށް މުދާ ގެންނަ ބައެއް ފަރާތްތަކުން ބުނީ މުދާ ބާލަން ބޯޓެއް ކައިރިކޮށްފައިވާ އޮތަސް އެސްޓީއޯގެ ބޯޓެއް އަތުވެއްޖެ ނަމަ އެ ބޯޓަށް ޖާގަ ދޭ ކަމަށެވެ. އޭގެ ސަބަބުން ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވާ ކަމަށް ވެސް އެ ފަރާތުން ބުންޏެވެ.

"ރޯދައަށް އަޅުގަނޑުމެން ގެނައި ޝިޕްމަންޓެއް ބާލަމުން ދަނިކޮށް އެއް ރޭ ދަންވަރު އެމްޕީއެލް އިން އެންގީ ބޯޓު ދުރަށް ޖައްސަން ޖެހޭ ކަމަށް އެސްޓީއޯ ބޯޓެއް ކައިރިކުރަން. އެ ބޯޓު ނެގުމަށް ފަހު އެސްޓީއޯގެ ބޯޓު ކައިރިކޮށް މުދާ ބޭލިއިރު އަޅުގަނޑުމެންގެ މުދާކޮޅު ނުބޭލި އެތައް ދުވަހެއް ވަންދެން މަޑުކުރަން ޖެހުނު،" އެ ވިޔަފާރިވެރިޔާ ބުންޏެވެ.

ރޯދައަށް އަޅުގަނޑުމެން ގެނައި ޝިޕްމަންޓެއް ބާލަމުންދަނިކޮށް އެއްރޭ ދަންވަރު އެމްޕީއެލް އިން އެންގީ ބޯޓު ދުރަށް ޖައްސަން ޖެހޭ ކަމަށް އެސްޓީއޯ ބޯޓެއް ކައިރިކުރަން. އެ ބޯޓު ނެގުމަށް ފަހު އެސްޓީއޯގެ ބޯޓު ކައިރިކޮށް މުދާ ބޭލިއިރު އަޅުގަނޑުމެންގެ މުދާކޮޅު ނުބޭލި އެތައް ދުވަހެއް ވަންދެން މަޑުކުރަން ޖެހުނު، ވިޔަފާރިވެރިއެއް.

ވިޔަފާރިވެރިން ބުނާ ގޮތުގައި ބަނދަރުގައި ހުރި މައްސަލަތަކާ މެދު އެމްޕީއެލްއަށް ޝަކުވާ ހުށަހެޅިޔަސް ހައްލެއް ނުލިބެ އެވެ.

އެންމެ ބޮޑު ޝަކުވާއެއްގެ ގޮތުގައި އަބަދުވެސް އެޖެންޓުންނާއި ވިޔަފާރިވެރިން ކުރަނީ ކޮންޓޭނަރު ހެންޑްލް ކުރުމަށް އެކަށީގެންވާ ވެހިކަލް ނެތުމެވެ. ބޯޓު ފަހަރުގެ މަސައްކަތާއި މުދާ ކުލިއާކުރުމުގެ މަސައްކަތަށް ބޭނުން ކުރަމުން ދަނީ އެއް ވެހިކަލްތަކެކެވެ. އެމްޕީއެލްގެ މަސައްކަތް 2013 ގައި 24 ގަޑި އިރަށް ބަދަލުކުރުމުން އެ ވެހިކަލްތަކަށް ކުރިމަތިވި މައްސަލަތައް ގިނަވި އެވެ. އެމްޕީއެލްގެ ވެހިކަލް ސާވިސްކޮށް މަރާމާތުކުރުމުގެ ކަންތައްތައް ދޯދިޔާ ކަމުން ބައެއް ވެހިކަލްތައް ވަނީ ބޭނުންނުކުރެވޭ ހާލަތުގަ އެވެ.

"އެމްޕީއެލް 24 ގަޑި އިރު މަސައްކަތް ކުރާ ތަނެއް ކަމަށް ވިޔަސް އޭގެ ފުރިހަމަ މަންފާއެއް ކަސްޓަމަރުންނަށްކަ ނުލިބޭ. ސައްވީސް ގަޑި އިރު މަސައްކަތް ކުރަން ނިންމީ ސަރުކާރުން ވަޒީފާގެ ފުރުސަތު އިތުރު ކުރުމުގެ ބޭނުމުގައި ކަމަށް ބެލެވެން އެބަ އޮތް،" ގިނަ އަދަދެއްގެ ކާގޯ ބޯޓު ރާއްޖެ ގެންނަ ކުންފުންޏެއްގެ އޮފިޝަލަކު ބުންޏެވެ.

މިހުރިހާ މައްސަލަތަކަށް ހައްލެއް ހޯދަން އެންމެ ފަހުން އެމްޕީއެލް ވަނީ ނުކުމެފަ އެވެ. އެގޮތުން ބަނދަރަށް ބޭނުންވާނެ ގިނަ އަދަދެއްގެ ސާމާނު ގެންނަން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރި އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ދާދި ފަހުން ވިދާޅުވީ ބަނދަރަށް ގެންނަ އާ އުޅަނދުތައް ބޭނުން ކުރަން ފެށުމުން، މިހާރުގެ ގިނަ ޝަކުވާތައް ހުއްޓޭނެ ކަމަށެވެ. "މިހާރު"އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މުދާ ނެރުން ލަސްވުމުގެ ސަބަބުން ވިޔަފާރިވެރިންގެ ޝަކުވާ ވަރަށް ގިނަ ކަމަށެވެ. އެކަމަކު ޗައިނާގެ "ސަނީ" ކުންފުންޏާ ހަވާލުކޮށްގެން ގެންނަ 22 އުޅަނދުގެ ސަބަބުން އެތަނުގެ މަސައްކަތް ފަސޭހަވެ، ގިނަ މައްސަލަތަކެއް ހައްލުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ޖުނައިދު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ޖުނައިދު

އަލަށް ގެންނަނީ ހަ ރިޗް ސްޓިކާ އުޅަނދާއި 10 ޓްރެއިން ކެރޭނާއި ދެ ފޯކްލިފްޓް ޓްރަކާއި ހަތަރު އެމްޓީ ކޮންޓެއިނާ ހޭންޑްލާ އެވެ. ކުރި އަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖެ ގެންނަން އެއްބަސްވެފައިވާ މި އުޅަނދުތަކަށް 140 މިލިއަން ރުފިޔާ ހަރަދުވެ އެވެ.

ޖުނައިދު ވިދާޅުވީ ބޯޓު ފަހަރުން ބާލާ ކޮންޓޭނަރު ޖަހާނެ ތަނެއް ނެތުމުން ވެސް ބައެއް ފަހަރަށް ބޯޓު ފަހަރަށް ޚިދުމަތް ދިނުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ސަރުކާރުން ފަށާފައިވާ ތަރައްގީގެ އެތައް މަޝްރޫއުއަކަށް ބޭނުންވާ މުދާ ކުއްލިއަކަށް ރާއްޖެ ގެންނަން ފެށުމުން އެ ޑިމާންޑަށް ކޭޓާކުރަން އެމްޕީއެލް ނުކުޅެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިދިޔަ ދެ މަހެއް ހާ ދުވަހު ރާއްޖެ އައި ހުރިހާ ބޯޓު ފަހަރެއް ވަނީ އެވްރެޖްކޮށް ދިހަ ދުވަހަށް ވުރެ ގިނަ ދުވަހު މާލޭ ޕޯޓްގައި އޮންނަން ޖެހިފައި. މީގެ ސަބަބުން ބޯޓުފަހަރު އޮޕަރޭޓް ކުރާ ފަރާތްތަކުން ދަނީ އެތައް ގެއްލުމެއް ތަހައްމަލް ކުރަމުން،" ޖުނައިދު ވިދާޅުވި އެވެ.

މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި އޮތް ދޯންޏަކަށް ފޯކްލިފްޓަކުން މުދާ އަރުވަނީ: ބަނދަރުގެ ފެންވަރު ރަނގަޅުކުރަން އާ ވެހިކަލްތަކަކަށް ވަނީ އޯޑަރުކޮށްފައި. --ފޮޓޯ: ނިޝާން އަލީ/މިހާރު

މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި އޮތް ދޯންޏަކަށް ފޯކްލިފްޓަކުން މުދާ އަރުވަނީ: ބަނދަރުގެ ފެންވަރު ރަނގަޅުކުރަން އާ ވެހިކަލްތަކަކަށް ވަނީ އޯޑަރުކޮށްފައި. --ފޮޓޯ: ނިޝާން އަލީ/މިހާރު

ބަނދަރުގެ ހިދުމަތްތައް ދޯދިޔާވުމުން ގެއްލުންވާތީ ދުނިޔޭގެ އެއްވަނަ ޝިޕިން ލައިން ކަމަށްވާ މާސްކް ލައިން ރާއްޖެ އައުން ވަނީ ހުއްޓާލައިފަ އެވެ. އަދި ބޭރުގެ ބައެއް އެހެން ޝިޕިން ލައިންތަކުން ރާއްޖެ އަށް މުދާ އުފުލުން ހުއްޓާލުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

"ރާއްޖޭގެ ބަނދަރުގެ ހާލަތު އޮތް ގޮތުން ކުރިމަގުގައި ވިސްނަން ޖެހިދާނެ ކަމަށް ބުނެ އަޅުގަނޑުމެންނަށް މިހާރު ވެސް ޝިޕިން ލައިންތަކުން ދަނީ އިންޒާރު ދެމުން. މިއީ ވަރަށް ސީރިއަސްކަމާ އެކު ވިސްނަން ޖެހޭ މައްސަލައެއް،" ކުރިން ވާހަކަދެއްވި ޝިޕިން އެޖެންޓް ބުންޏެވެ.