01 ނޮވެމްބަރ 2024
ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތައް ބޮންޑު ނުކުރެވޭ ގޮތަށް ކަސްޓަމްސްގެ ގަވާއިދު އިސްލާހުކޮށްފި އެވެ.
ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތައް ބޮންޑު ނުކުރެވޭ ގޮތަށް ކަސްޓަމްސްގެ ގަވާއިދު އިސްލާހުކޮށްފި އެވެ.
ކަސްޓަމްސްގެ އާންމު ގަވާއިދު މިހާރު ބުނާ ގޮތުން، ރާއްޖެއަށް އެތެރެ ކުރުމާއި އަދި ރާއްޖެއިން ބޭރުކުރުން ހުއްދަ ކޮންމެ އެއްޗެއް ބެހެއްޓުމަށް ބޮންޑެޑް ވެއާހައުސް އެއް ރަޖިސްޓްރީ ކުރެވެ އެވެ.
އެކަމަކު އެ ގަވާއިދު މި މާއްދާ މިހާރު އިސްލާހުކޮށްފައިވަނީ، ސިނގިރޭޓާއި ބިޑި ފަދަ ދުންފަތުގެ ބާވަތްތަކާއި، އީ-ސިނގިރޭޓާއި ވޭޕް އަދި އޭރޯސޮލް ބޭރުކޮށްދޭ ޓޮބޭކޯ ސްޓިކް ނުހިމެނޭ ގޮތަށެވެ.
މީގެ ކުރިން، ދުންފަތުގެ ބާވަތްތައް އެތެރެކުރާ ފަރާތްތަކުން ޑިޔުޓީ ދައްކަމުންދަނީ، ބޮންޑެޑް ވެއާހައުސް އިން މުދާ ނެރޭ މިންވަރަކަށެވެ.
މި އިސްލާހާ އެކު، މި ބާވަތްތައް އެތެރެކޮށް، ކަނޑައެޅިފައިވާ މުއްދަތުގައި މުދާ ކްލިއާ ކުރާ އިރު، މުޅި ޝިޕްމަންޓަށް ޑިޔުޓީ ދެއްކުން ލާޒިމުވާނެ އެވެ.
އަދި ބަނގުރަލާއ،ި އޫރުމަހާއ،ި އޫރުމަސް އެކުލެވޭ ތަކެއްޗާއ،ި ދުންފަތުގެ ބާވަތްތައް ޝިޕް ސްޓޯސްގެ ގޮތުގައި މުދާ ދޫކުރެވޭ ގޮތަށް އޮތް މާއްދާ ވެސް ކަސްޓަމްސް އިން ވަނީ އިސްލާހުކޮށްފަ އެވެ.
ކަސްޓަމްސްގެ ގަވާއިދު އިސްލާހު ކުރުމުގެ ކުރިން، ކަސްޓަމްސްއިން ހުއްދަކުރާ މިންވަރަކަށް، ރަޖިސްޓަރީ ކޮށްފައިވާ ބޮންޑެޑް ވެއާހައުސްއަކުން ޝިޕް ސްޓޯސްގެ ގޮތުގައ،ި އިމްޕޯޓް ޑިއުޓީއިން އިސްތިސްނާވާ ގޮތެއްގެ މަތީން މި ބާވަތްތައް ދޫކުރެވެ އެވެ.
އެކަމަކު، އެ މާއްދާ އިން މިހާރު ވަނީ އެ ބައި އުނިކޮށް، ބަނގުރަލާއ،ި އޫރުމަހާއ،ި އޫރުމަސް އެކުލެވޭ ތަކެއްޗާއ،ި ދުންފަތުގެ ބާވަތްތައް ޝިޕް ސްޓޯސްގެ ގޮތުގައި މުދާ ދޫކުރަން ހުއްދަ ނުދެވޭ ގޮތަށް ހަދައިފަ އެވެ.
މީގެއިތުރުން، ބޮންޑެޑް ވެއާހައުސް ހެދުމާބެހޭ މާއްދާ ވެސް ކަސްޓަމްސް އިން ވަނީ އިސްލާހުކޮށްފަ އެވެ.
މިގޮތުން، ބޮންޑެޑް ވެއާހައުސްގެ ގޮތުގައި ކަސްޓަމްސްގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގެ އިތުރުން، ކަސްޓަމްސްއިން ކަނޑައަޅައި އާންމުކުރާ އައިޓަމްތަކެއް ބެހެއްޓުމަށް ހާއްސަކުރާ ބޮންޑެޑް ވެއާހައުސް ކަސްޓަމްސްގެ އޮފީސްތައް ހުންނަ ސަރަހައްދުތަކުގައި ހެދިދާނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.
އޮޅުވާލައިގެން މުދާ އެތެރެކުރާނަމަ، ކަސްޓަމްސް އިން ކުރެވޭ ޖޫރިމަނާތަކަށް ވެސް އާ އިސްލާހުގައި ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.
މިގޮތުން، އިންވާޑް އަދި އައުޓްވާޑް ކާގޯ މެނިފެސްޓް ނުހިމަނައި ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުން ނުވަތަ ކުރަން އުޅުން ނުވަތަ ކުރުމުގައި ބައިވެރިވާނަމަ، ކޮންމެ ފަހަރަކު 200،000ރ. ގެ ޖޫރިމަނާއެއް ގަވާއިދުގައި ވަނީ ހިމަނައިފަ އެވެ.
އަދި މުދާ އުފުލާ އުޅަނދު ބަނދަރުކުރާ ތަނާއި، ރޫޓު ނުވަތަ ރާއްޖެއަށް ވަންނަން ބޭނުންކުރާ ސަރަހައްދު ކަމަށް ކަސްޓަމްސްއަށް ހުށަހަޅާ ލިޔުންތަކާ ހިލާފަށް ދަތުރުކޮށް ނުވަތަ ބަނދަރުކޮށްފިނަމަ 100،00ރ. އިން ޖޫރިމަނާ ކުރެވޭ ގޮތަށް ގަވާއިދު ވަނީ އިސްލާހުކޮށްފަ އެވެ.
މީގެއިތުރުން، ރާއްޖެއަށް އަންނަ ކަނޑު އުޅަނދުފަހަރުގައި ހަރުކޮށްފައި ހުންނަ އޮޓަމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް ނިއްވާލައިފިނަމަ، 200،000ރ. ގެ ޖޫރިމަނާ އެއް ދައްކަންޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.
ކަސްޓަމްސްގެ ގަވާއިދަށް މި އިސްލާހުތައް ގެނެސްފައިމިވަނީ، ވޭޕް މަނާ ކުރުމާ ހަމައަށް ވޭޕުން ނަގާ ޑިއުޓީއާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ މިއަދުން ފެށިގެން ބޮޑުކޮށްފައިވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުން އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް އިއްޔެ ފާސްކުރި އިސްލާހާ އެކު ސިގިރޭޓާއި ބިޑީގެ ޑިއުޓީ 50 ޕަސެންޓު ބޮޑުކޮށް، ސިނގިރޭޓަކުން 8ރ. އަދި ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައިވާ ހުންނަ ދުންފަތުގެ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ފްލެވާއާއި ސްޓިކުން 50 ޕަސެންޓާއި ވޭޕް ސްޓިކަކުން 8ރ. އިތުރުވާނެ އެވެ.
މީގެއިތުރުން، އިލެކްޓްރޯނިކު ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި، ޓޮބޭކޯ ހީޓިން ޕްރޮޑަކްޓްތަކުން ނަގާ ޑިއުޓީގެ މިންވަރު 200 ޕަސެންޓަށް ވަނީ ބޮޑުކޮށްފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ ނޮވެމްބަރު 15 އިން ފެށިގެން ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކޮށް، ޑިސެމްބަރު 15 އިން ފެށިގެން ވޭޕް ވިއްކުމާއި ބޭނުންކުރުން މަނާކުރާށެވެ.
ފަސް އަހަރުން 106 މިލިއަންގެ ވޭޕް އެތެރެކުރި
ދުންފަތާ ގުޅޭ ލުއިތައް އަންނަ ނޮވެމްބަރު މަހާ ހަމައަށް
ބޮޑެތި ޖޫރިމަނާތަކާ އެކު، ވޭޕް މަނާކުރަން ފާސްކޮށްފި
ޓޫރިސްޓުން ގެންނަ ދުންފަތުގެ ބާވަތުން ޑިއުޓީ ނުނަގާނެ
ސިނގިރޭޓު، ވޭޕްގެ ޑިއުޓީ މިއަދުން ފެށިގެން ބޮޑުވާނެ
ވޭޕް މަނާކުރުމާ ހަމައަށް ޑިއުޓީ ބޮޑުކުރަން ފާސްކޮށްފި
ޑިއުޓީ ބޮޑުކުރިއަސް ސިނގިރޭޓް އެތެރެކުރުން އިތުރުވަނީ
ވޭޕަށް އެޑިކްޓް ޖީލެއް ސްކޫލްތަކުން ނުކުތުމުގެ ބިރު!
ވަގަށް އެތެރެކުރި ގިނަ އަދަދެއްގެ ސިގިރެޓް ހޯދައިފި
ޑިކްލެއާ ނުކޮށް ގެނައި 1.1 މިލިއަންގެ ރަން ނެގޭނެ