09 ނޮވެމްބަރ 2024
ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް ވަކި މިންވަރަކަށް ދުންފަތުގެ ބާވަތްތައް ޑިއުޓީ ނުދައްކާ އެތެރެ ކުރެވޭ ގޮތަށް ސަރުކާރުން އަނެއްކާވެސް ހަމަޖައްސައިފި އެވެ.
ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް ވަކި މިންވަރަކަށް ދުންފަތުގެ ބާވަތްތައް ޑިއުޓީ ނުދައްކާ އެތެރެ ކުރެވޭ ގޮތަށް ސަރުކާރުން އަނެއްކާވެސް ހަމަޖައްސައިފި އެވެ.
މީގެ ކުރިން ދިވެހިންނާއި ޓޫރިސްޓުން ވެސް އަމިއްލަ ބޭނުމަށް ގެންނަ ދުންފަތުގެ ބާވަތްތައް ޑިއުޓީ ނުދައްކާ ވަކި މިންވަރަކަށް ރާއްޖެ އެތެރެ ކުރެވެ އެވެ. ނަމަވެސް މިމަހުން ފެށިގެން ސަރުކާރުން އޮތީ އެގޮތަށް ލުއި ދިނުން ހުއްޓާލައިފަ އެވެ.
ނަމަވެސް މިއަދު އަމަލުކުރަން ފެށި އާ ގަވާއިދުގެ ދަށުން، ޓޫރިސްޓުން އަމިއްލަ ބޭނުމަށް ގެންނަ ދުންފަތުގެ ބާވަތްތަކަށް ޑިއުޓީ ނުނަގާ ގޮތަށް އެތެރެކުރެވޭ ގޮތަށް އަނެއްކާވެސް ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން ޓޫރިސްޓުން އަމިއްލަ ބޭނުމަށް އެތެރެކުރާ 200 ސިގިރެޓް (އެއް ކާޓަން ސިގިރެޓް) ނުވަތަ 25 ސުއްޓާ ނުވަތަ 250 ގްރާމްް ދުންފަތުން ޑިއުޓީ ނުނަގާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
އެގޮތަށް ބަދަލު ގެނައިއިރު، ސަރުކާރުން ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކޮށް، އަދި އަންނަ މަހުން ފެށިގެން އެ ތަކެތި ބޭނުންކުރުން މަނާކުރަން ނިންމައިފަ އެވެ. އޭގެއިތުރުން، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިހާރަށް ވުރެ ހަރުކަށި ކުރުމަށް ބަދަލުތައް ގެންނަން ވަނީ ނިންމައިފަ އެވެ. އަދި ސިނގިރޭޓާއި ބިޑި ފަދަ ދުންފަތުގެ ބާވަތްތަކުން ޑިޔުޓީ ވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޮޑުކޮށްފަ އެވެ.
މިހާރު އިސްލާހު ގެނެސްފައިވާ އިމްޕޯޓް އެކްސްޕޯޓް ގާނޫނާއެކު ސިގިރޭޓާއި ބިޑީގެ ޑިއުޓީ 50 ޕަސެންޓު ބޮޑުކޮށް، ސިނގިރޭޓަކުން ނަގާ ޑިއުޓީ 8ރ. އަށް އަދި ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައިވާ ހުންނަ ދުންފަތުގެ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ފްލެވާއާއި ސްޓިކުން 50 ޕަސެންޓާއި ވޭޕް ސްޓިކަކުން ނަގާ ޑިއުޓީ 8ރ. އަށް ބޮޑުކުރަން ވަނީ ނިންމައިފަ އެވެ. އަދި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި ޓޮބޭކޯ ހީޓިން ޕްރޮޑަކްޓްތަކުން ނަގާ ޑިއުޓީގެ މިންވަރު 200 ޕަސެންޓަށް ވަނީ ބޮޑުކޮށްފަ އެވެ.
އާއްމުކޮށް ސިނގިރޭޓް ފޮށްޓެއް މިހާރު ވިއްކަނީ 235ރ. އާއި 250ރ. އާ ދެމެދުގަ އަގެއްގަ އެވެ. ޑިއުޓީގެ ރޭޓުތަކަށް ގެންނަން ނިންމި ބޮޑު ބަދަލާ އެކު އެ އަގަށް 100 އެއްހާ ރުފިޔާ ވަނީ އިތުރުވެފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކޮށް، ޑިސެމްބަރު 15 އިން ފެށިގެން ވޭޕް ވިއްކުމާއި ބޭނުންކުރުން މަނާ ކުރުމަށެވެ.
ވޭޕް މަނާ ކުރުމަށާއި ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތް ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައަޅަން ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ވެސް އޮތީ އިސްލާހު ހުށަހަޅައިފަ އެވެ.
ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާވެއްޖެ
ދުންފަތުގެ ބާވަތްތައް ބޮންޑު ނުކުރެވޭ ގޮތް ހަދައިފި
ސިނގިރޭޓު، ވޭޕްގެ ޑިއުޓީ މިއަދުން ފެށިގެން ބޮޑުވާނެ
ޑިއުޓީ ބޮޑުކުރިއަސް ސިނގިރޭޓް އެތެރެކުރުން އިތުރުވަނީ
ދުންފަތް ވިއްކޭނެ ހަގު އުމުރަކީ 21ކަމަށް ކަނޑައަޅަނީ
ދުންފަތާ ދެކޮޅަށް ނަތީޖާ ހާސިލްކުރެވޭނެ ޕްލޭނެއް ހަދަނީ
ޑިއުޓީ ބޮޑުކުރީމަ ސިނގިރޭޓް ފޮއްޓެއްގެ އަގު 200ރ.
އާއްމު ސިއްހަތަށްޓަކައި އެންމެ ވަރުގަދަ ނިންމުން
ފުރަތަމަ ތިންމަހު 144 މިލިއަން ސިނގިރެޓް އެތެރެކުރި
މިދިޔަ އަހަރު 500 މިލިއަން ސިނގިރޭޓް އެތެރެކުރި