01 ނޮވެމްބަރ 2024
ވޭޕް މަނާ ކުރުމާ ހަމައަށް ވޭޕުން ނަގާ ޑިއުޓީއާއި ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.
ވޭޕް މަނާ ކުރުމާ ހަމައަށް ވޭޕުން ނަގާ ޑިއުޓީއާއި ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް އިއްޔެ ފާސްކުރި އިސްލާހާ އެކު ސިގިރޭޓާއި ބިޑީގެ ޑިއުޓީ 50 ޕަސެންޓު ބޮޑުކޮށް، ސިނގިރޭޓަކުން 8ރ. އަދި ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައިވާ ހުންނަ ދުންފަތުގެ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ފްލެވާއާއި ސްޓިކުން 50 ޕަސެންޓާއި ވޭޕް ސްޓިކަކުން 8ރ. އިތުރުވާނެ އެވެ.
މީގެއިތުރުން، އިލެކްޓްރޯނިކު ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި، ޓޮބޭކޯ ހީޓިން ޕްރޮޑަކްޓްތަކުން ނަގާ ޑިއުޓީގެ މިންވަރު 200 ޕަސެންޓަށް ވަނީ ބޮޑުކޮށްފަ އެވެ.
އާއްމުކޮށް ސިނގިރޭޓް ފޮއްޓެއް މިހާރު ވިއްކަނީ 100-110ރ. އާ ދެމެދުގަ އަގެއްގަ އެވެ. ޑިއުޓީގެ ރޭޓުތަކަށް ގެންނަން ނިންމި ބޮޑު ބަދަލާ އެކު އެ އަގަށް 100 އެއްހާ ރުފިޔާ އިތުރުވާނެ ކަމަށް ބެލެވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ ނޮވެމްބަރު 15 އިން ފެށިގެން ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކޮށް، ޑިސެމްބަރު 15 އިން ފެށިގެން ވޭޕް ވިއްކުމާއި ބޭނުންކުރުން މަނާކުރާށެވެ.
ވޭޕް މަނާ ކުރުމަށާއި ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައަޅަން ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ވެސް އޮތީ އިސްލާހު ހުށަހަޅައިފަ އެވެ.
އެ ބިލު މިވަގުތު އޮތީ ކޮމިޓީގަ އެވެ.
ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާވެއްޖެ
ބޮޑެތި ޖޫރިމަނާތަކާ އެކު، ވޭޕް މަނާކުރަން ފާސްކޮށްފި
ޓޫރިސްޓުން ގެންނަ ދުންފަތުގެ ބާވަތުން ޑިއުޓީ ނުނަގާނެ
ދުންފަތުގެ ބާވަތްތައް ބޮންޑު ނުކުރެވޭ ގޮތް ހަދައިފި
ވޭޕް މަނާކުރުމާ ހަމައަށް ޑިއުޓީ ބޮޑުކުރަން ފާސްކޮށްފި
ދުންފަތް ވިއްކޭނެ ހަގު އުމުރަކީ 21ކަމަށް ކަނޑައަޅަނީ
ދުންފަތާ ދެކޮޅަށް ނަތީޖާ ހާސިލްކުރެވޭނެ ޕްލޭނެއް ހަދަނީ
ޑިއުޓީ ބޮޑުކުރީމަ ސިނގިރޭޓް ފޮއްޓެއްގެ އަގު 200ރ.
އާއްމު ސިއްހަތަށްޓަކައި އެންމެ ވަރުގަދަ ނިންމުން
ވޭޕަށް އެޑިކްޓް ޖީލެއް ސްކޫލްތަކުން ނުކުތުމުގެ ބިރު!