09 ޖުލައި 2017
މިދިޔަ މަހު ރާއްޖޭގެ އެކްސްޕޯޓްސް ގެ މިންވަރު ކުރީ އަހަރުގެ ޖޫން މަހާއި އަޅާ ބަލާއިރު 118 ޕަސެންޓް އިތުރުވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފި އެވެ.
މިދިޔަ މަހު ރާއްޖޭގެ އެކްސްޕޯޓްސް ގެ މިންވަރު ކުރީ އަހަރުގެ ޖޫން މަހާއި އަޅާ ބަލާއިރު 118 ޕަސެންޓް އިތުރުވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފި އެވެ.
ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނުގައިވާ ގޮތުންް ރާއްޖެއިން މިއަހަރުގެ ޖޫން މަހު 446 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓް ކޮށްފަ އެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހު އެކްސްޕޯޓް ކޮށްފައި ވަނީ 204 މިލިއަން ރުފިޔާގެ މުދަލެވެ.
ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓް ކުރަނީ މަހުގެ ބާވަތްތަކެވެ. އަދި މިދިޔަ ޖޫން މަހު އެކްސްޕޯޓްކުރި މުދަލުގެ 67 ޕަސެންޓް އެކްސްޕޯޓް ކޮށްފައި ވަނީ ތައިލެންޑަށެވެ.
މިދިޔަ މަހުގެ އިމްޕޯޓް ވެސް ވަނީ ކުރީ އަހަރާއި އަޅާބަލާއިރު ހަތް ޕަސެންޓް އިތުރު ވެފަ އެވެ. އެގޮތުން މިއަހަރުގެ ޖޫން މަހު 2.9 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓް ކޮށްފަ އެވެ. އަދި ކުރީ އަހަރުގެ ޖޫން މަހު އިމްޕޯޓް ކޮށްފައިވާ މުދަލުގެ އަގު 2.7 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.
ރާއްޖެއަށް އެންމެ ގިނައިން އިމްޕޯޓް ކޮށްފައިވަނީ ޔޫއޭއީ އިންނެވެ. ދެވަނަ އަށް އެންމެ ގިނައިން އިމްޕޯޓްކޮށްފައިވަނީ ޗައިނާ އަދި ސިންގަޕޫރުންނެވެ. ތިން ވަނަ އަށް އެންމެ ގިނައިން އިމްޕޯޓްކޮށްފައި ވަނީ އިންޑިއާއިންނެވެ.
އަދި އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމަށް ލިބުނު އާމްދަނީވެސް ވަނީ ހުސްވި އަހަރާއި އަޅާ ބަލާއިރު 11 ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން އިމްޕޯޓް ފީއާއި އެހެނިހެން ފީގެ ގޮތުގައި ސަރުކާރަށް 210 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިދިޔަ އަހަރު ދައުލަތަށް ލިބިފައިވަނީ 189 މިލިއަން ރުފިޔާ އެވެެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ އެކްސްޕޯޓްގެ މިންވަރު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރު ވަމުންނެވެ.
ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓު ވެސް ދަށަށް ހިނގައްޖެ
ޑިކްލެއާ ނުކޮށް ގެނައި 1.1 މިލިއަންގެ ރަން ނެގޭނެ
މިދިޔަ މަހު ތިން ބިލިއަންގެ މުދާ ރާއްޖެ އިމްޕޯޓްކުރި
އިމްޕޯޓާއި އެކްސްޕޯޓް ދަށްވެ، އާމްދަނީ ދަށަށް
ނޮވެމްބަރު މަހުގެ އެކްސްޕޯޓާއި އިމްޕޯޓް މައްޗަށް
މިދިޔަ މަހު އިމްޕޯޓާއި އާމްދަނީ އިތުރުވެއްޖެ
އިމްޕޯޓާއި އެކްސްޕޯޓް އަދި އާމްދަނީ ވެސް އިތުރުވެއްޖެ
އިމްޕޯޓު ޑިއުޓީން ލިބުނު އާމްދަނީ 10 ޕަސެންޓް ދަށަށް
އިމްޕޯޓާއި އެކްސްޕޯޓް އިތުރުވެ، އާމްދަނީ ވެސް އިތުރު
އިމްޕޯޓް ޑިއުޓީގެ ގޮތުގައި 239 މިލިއަން ރުފިޔާ