26 ޖޫން 2018
މާލޭގެ ވިޔަފާރި ބަނދަރަށް މުދާ ބޭލުން ލަސްވާތީ، އޮޕަރޭޝަން ކޮސްޓް ރިކަވަރީ (އޯސީއާރު)ގެ ނަމުގައި ސީއެމްއޭ ސީޖީއެމް ކޮންމެ ކޮންޓެއިނަރަކަށް 75 ޑޮލަރު (1،156ރ.)ގެ ފީއެއް ޓީޓީއެސް މޯލްޑިވްސް އިން މާދަމާ އިން ފެށިގެން ނަގާ ގޮތަށް ހަމަަޖައްސައިފި އެވެ.
މާލޭގެ ވިޔަފާރި ބަނދަރަށް މުދާ ބޭލުން ލަސްވާތީ، އޮޕަރޭޝަން ކޮސްޓް ރިކަވަރީ (އޯސީއާރު)ގެ ނަމުގައި ސީއެމްއޭ ސީޖީއެމް ކޮންމެ ކޮންޓެއިނަރަކަށް 75 ޑޮލަރު (1،156ރ.)ގެ ފީއެއް ޓީޓީއެސް މޯލްޑިވްސް އިން މާދަމާ އިން ފެށިގެން ނަގާ ގޮތަށް ހަމަަޖައްސައިފި އެވެ.
ސީއެމްއޭ ސީޖީއެމް ކޮންޓެއިނަރަކީ ޓީޓީއެސް މޯލްޑިވްސްއިން ރާއްޖެއަށް މުދާ އުފުލަން ބޭނުންކުރާ ފްރާންސްގެ ކުންފުންޏެއްގެ ކޮންޓެއިނަރެވެ. އެއީ ދުނިޔޭގެ ތިންވަނަ އަށް އެންމެ ބޮޑު ކޮންޓެއިނަރު ޝިޕިން ކުންފުންޏެވެ.
ރާއްޖެ އަށް އެންމެ ގިނަ ކާގޯ ބޯޓު އޮޕަރޭޓްކުރާ ޓީޓީއެސް މޯލްޑިވްސް އިން އޮޕަރޭޝަން ކޮސްޓް ރިކަވަރީގެ ގޮތުގައި 75 ޑޮލަރު ނަގަން ޓީޓީއެސް އިން ނިންމި މާލޭގެ ވިޔަފާރި ބަނދަރު ތޮއްޖެހި އެތަނަށް މުދާ ބާލަން އެތައް ދުވަހެއް ހޭދަވާކަމުގެ ޝަކުވާ ވިޔަފާރިވެރިން ދަނީ ކުރަމުންނެވެ. އެގޮތުން ކުރިން 24 ގަޑިއިރުން ހުސްކުރެވޭ ބޯޓުތައް މިހާރު ހުސްކުރަން ހަފުތާއަކަށްވުރެ ގިނަ ދުވަސް ނަގާ ކަމަށް ވެސް ބައެއް ވިޔަފާރިވެރިން ބުންޏެވެ.
ޓީޓީއެސް އިން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ނޯޓިސްއެއްގައި ބުނެފައި ވަނީ ރާއްޖެއަށް މުދަލާއެކު ގެންނަ ކޮންމެ ކޮންޓެއިނަރަކުން މާދަމާ އިން ފެށިގެން އޮޕަރޭޝަން ކޮސްޓް ރިކަވަރީގެ ގޮތުގައި 75 ޑޮލަރުގެ ފީއެއް ނަގަން ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން ކޮންޓެއިނަރުގެ ވަކި ބައެއްގައި މުދާ ގެންނަ ފަރާތްތަކުގެ އަތުން ކޮޑިމީޓަރަކަށް ހަތަރު ޑޮލަރު (61.68ރ) ނަގަން ނިންމާފައިވާ ކަމަށް ވެސް އެ ނޯޓިސްގައި ބުނެފައިވެ އެވެ.
ޓީޓީއެސްގެ ނޯޓިސްގައި ބުނެފައި ވަނީ އޮޕަރޭޝަން ކޮސްޓް ފަދަ ހަރަދުތައް އެ ކުންފުނިން މެދުނުކެނޑި ރިވިއުކުރަމުން އަންނަ ކަމަށާއި އަދި އެފަދަ ހަރަދުތައް ދަށަށްދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ހަރަދުތައް ކުޑަވާ ނަމަ އެއާ އެއްގޮތަށް ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ނޯޓިސްގައި ބުނެފައިވެ އެވެ.
މާލޭގެ ވިޔަފާރި ބަނދަރަށް މުދާ ބޭލުން ލަސްވާތީ، 2016 ވަނަ އަހަރު ޝިޕިން ލައިންތަކުން ޕޯޓު ކޮންޖެސްޝަން ޗާޖެއް ނަގަން ނިންމި އެވެ. އެގޮތުން ކޮންޓެއިނަރެއް އެއްކޮށް ނަގާ ފަރާތްތަކުގެ އަތުން ކޮންމެ ކޮންޓެއިނަރަކަށް 65 ޑޮލަރު (1002.3 ރުފިޔާ) އަދި ކޮންޓެއިނަރުގެ ވަކި ބައެއްގައި މުދާ ގެންނަ ފަރާތްތަކުގެ އަތުން ކޮޑިމީޓަރަކަށް ތިން ޑޮލަރު (46.26 ރުފިޔާ) އެވެ.
މަހަކު ގެންނަ ކޮންޓެއިނާ 6،000 އަށް އިތުރުވާނެ
އިގުތިސާދީ ހެޔޮބަދަލު ވަޖީހު ދެއްކެވީ ގްރާފުން
އެމްޕީއެލް އިން އިމްޕޯޓަރުންނަށް ލުއިތަކެއް ދީފި
އަންނަ ހޮނިހިރު ދުވަހު ވިޔަފާރި ބަނދަރު ބަންދު
ބަނދަރުގެ ހިދުމަތް އަވަސްކުރުމުގެ މަސައްކަތް ފަށައިފި
ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރަނީ
ބައެއް މުދާތައް އުފުލާ ގަޑިތަކަށް ބަދަލު ގެނެސްފި
އެމްޕީއެލް އަށް 158.5 މިލިއަން ރުފިޔާގެ ފައިދާ
ބަނދަރަށް ބޭލި މުދަލުގެ އަދަދު އިތުރުވެއްޖެ
އަލުވި ބަސްތާއެއްގެ އަގު 500ރ. އަށް އަރައިފި