Roadha Mihaaru
ބަނދަރަށް ބޭލި މުދަލުގެ އަދަދު އިތުރުވެއްޖެ

ބަނދަރަށް މިދިޔަ އަހަރު ބޭލި މުދަލުގެ އަދަދު 14 ޕަސެންޓް އިތުރުވެއްޖެ

28 މެއި 2018

މިދިޔަ އަހަރު ވިޔަފާރި ބަނދަރަށް ބޭލި މުދަލުގެ އަދަދު 14 ޕަސެންޓް އިތުރުވި ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.

މިދިޔަ އަހަރު ވިޔަފާރި ބަނދަރަށް ބޭލި މުދަލުގެ އަދަދު 14 ޕަސެންޓް އިތުރުވި ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.

މާލޭގެ ވިޔަފާރި ބަނދަރުގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި ސ. ހިތަދޫ ބަނދަރު ވެސް ހިންގާ ކުންފުނިން ރޭ ވަނީ ހޮޓެލް ޖެންގައި މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބާއްވައިފަ އެވެ.

މީޑިއާ އަށް ދައުވަތު ނުދީ ބޭއްވި އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވީ، މިދިޔަ އަހަރު ބަނދަރަށް ބޭލި މުދާ ގެންނަ ކޮންޓެއިނަރުގެ އަދަދު 93،609 ން 106،705 އަށް އިތުރުވެފައިވާ ކަމަށެވެ. އެއާއެކު ޖެނެރަލް ކޯގާ ހޭންޑްލް ކުރި އަދަދު ވެސް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭ ކޮމާޝަލް ހާބަރުގައި ބަހައްޓާފައި ކޮންޓެއިނަރުތަކެއް. މިދިޔަ އަހަރު ބޭލި ކޮންޓެއިނަރުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި.

މާލޭ ކޮމާޝަލް ހާބަރުގައި ބަހައްޓާފައި ކޮންޓެއިނަރުތަކެއް. މިދިޔަ އަހަރު ބޭލި ކޮންޓެއިނަރުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި.

އެ ޖަލްސާގައި، ހަލީމް ވަނީ މިއަހަރު ހިންގާ ބޮޑެތި މަޝްރޫއުތަކަށް ވެސް އަލިއަޅުވާލައްވައިފަ އެވެ. އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިންގާ "ހިޔާ" މަޝްރޫއާއި މާލެ-ހުޅުލެ ބްރިޖް ހުޅުވުމުން ފަށަން ނިންމާފައިވާ ބަސް ދަތުރުގެ ހިދުމަތުގެ އިތުރުން ސ. ގަމުގައި ހުންނަ ދޫގަސް ޕްރޮޖެކްޓް އޭނާ ފާހަގަކުރެއްވި އެވެ.

އެމްޕީއެލް އިން ބުނިގޮތުގައި، ސީއީއޯ ފާހަގަކުރެއްވި މަޝްރޫއުތަކަށް ބޭނުންވާ ފައިސާ މިއަހަރުގެ ބަޖެޓްގައި ހިމެނިގެން ބައެއް މަޝްރޫއުތައް ވަނީ ފަށައިފަ އެވެ. އެގޮތުން މާލެ އާއި ހުޅުމާލެއާ ދެމެދު ބަހުގެ ހިދުމަތް ދިނުމަށް 22 ބަސް ގެންނަން އޯޑަރު ދީފައިވާ ކަމަށް އެމްޕީއެލް އިން ބުންޏެވެ. އޭގެ އިތުރުން ދޫގަސް ހިންގަން ކުލީގެ އެއްބަސްވުމުގައި ސަރުކާރާއެކު ވަރަށް އަވަހަށް ސޮއިކުރާނެ ކަަމަށް ވެސް ބުންޏެވެ.