19 މެއި 2018
މި ރޯދަ މަހަށް ރާއްޖެ އަށް މުދާ ގެންނަ މިންވަރު އިތުރުވި ނަމަވެސް، މާލޭގެ ވިޔަފާރި ބަނދަރުން މުދާ ބޭރުކުރުމުގައި އެއްވެސް ދައްޗަކާ ކުރިމަތި ނުވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިރޭ ބުނެފި އެވެ.
މި ރޯދަ މަހަށް ރާއްޖެ އަށް މުދާ ގެންނަ މިންވަރު އިތުރުވި ނަމަވެސް، މާލޭގެ ވިޔަފާރި ބަނދަރުން މުދާ ބޭރުކުރުމުގައި އެއްވެސް ދައްޗަކާ ކުރިމަތި ނުވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިރޭ ބުނެފި އެވެ.
މާލޭގެ ވިޔަފާރި ބަނދަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޕީއެލްގެ އެސިސްޓެންޓް ސީއީއޯ އަދި ކާގޯ އޮޕަރޭޝަން ޑިވިޝަންގެ ހެޑް ރާބިހް މުހައްމަދު ވިދާޅުވީ، މިދިޔަ އަހަރުގެ ރޯދަ މަހުގެ މިހާތަނަށް ކްލިއާކުރި މުދަލަށް ވުރެ ގިނަ މުދާ މި އަހަރުގެ މިހާތަނަށް ކްލިއާ ކޮށްފައި ވާނެ ކަމަށެވެ. އަދި އެމްޕީއެލް އިން މުދާ ނެރުން ލަސް ވެގެން، ބާޒާރުގައި މުދާ އަގު ބޮޑުކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށް ވެސް ރާބިހް ވިދާޅުވި އެވެ.
"މިދިޔަ އަހަރުގެ ރޯދަ މަސް ފެށުމުގެ 10 ދުވަސް ކުރިން ޖުމްލަަ 2،306 ޕްރައިޓް ޓަނުގެ ޕެރިޝަބަލް ކާގޯ އަޅުގަނޑުމެން ކްލިއާ ކުރިން. މި އަހަރު އެ އަދަދު މިވަނީ 6،563 ފްރައިޓް ޓަނަށް އިތުރު ވެގެން ގޮސްފައި،" އޭނާ ވިދާޅުވި އެވެ.
އެމްޕީއެލްގެ ހެޑް އޮފް ކާގޯ ކްލިއަރެންސް އަހުމަދު އިނާން ވިދާޅުވި ގޮތުގައި، ރޯދަ މަހަށް ގެންނަ މުދަލުގެ ބޮޑު ބައި، ރޯދަ މަސް ފެށުމުގެ ކުރިން ރާއްޖެ ގެނެ އެވެ. އޭނާ ވިދާޅުވީ، އެމްޕީއެލް އިން ރޯދަ މަހުގެ ތެރޭގައި 24 ގަޑިއިރު ޚިދުމަތް ދޭ ކަމަށާއި މުދާ ނެރުމަށް އެހެން އަހަރުތަކާ އަޅާ ބަލާއިރު މި އަހަރު ވަރަށް ބޮޑަށް ފަސޭހަ ވާނެ ކަމަށެވެ.
ރޯދަ މަހާ ދިމާކޮށް މުދާ ނެރުން ފަސޭހަވުމާ ގުޅިގެން މިހާރު ކޮންމެ ދުވަހަކު 20 ފޫޓުގެ 200 ކޮންޓެއިނަރުގެ މުދާ އެމްޕީއެލް ސަރަހައްދުން ނެރޭ ކަމަށް އިނާން ވިދާޅުވި އެވެ. އަދި 388 ލޮރީގެ މުދާ ކޮންމެ ދުވަހަކު ވެސް މާލެތެރެ އަށް އެމްޕީއެލް އިން ނެރޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން، ކޮންމެ ދުވަހަކަށް 28 ދޯނީގެ މުދާ ގެންދާ ކަމަށް އިނާން ވިދާޅުވި އެވެ.
އެމްޕީއެލް އިން މިރޭ ހާމަކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ރޯދަ މަސް ފެށުމުގެ 30 ދުވަސް ކުރިން، ވަނީ ހަތް ބޯޓަކުން 20 ފޫޓުގެ 4،546 ކޮންޓެއިނާގެ މުދާ ރާއްޖެ ގެނެސް ކްލިއާ ކޮށްފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ކްލިއާ ކޮށްފައި ވަނީ 4،224 ކޮންޓެއިނަރެވެ.
އެމްޕީއެލްގެ ލޮޖިސްޓިކްސް ޑިޕާޓްމަންޓުގެ ހެޑް އިބްރާހިމް އަފްޒަލް ވިދާޅުވީ، މުދާ ކްލިއާ ކުރަން ބޭނުންކުރާ ވެހިކަލްތަކުގެ ދަތިކަމެއް ވެސް ނެތް ކަމަށެވެ. އަދި މުދާ ކްލިއާ ކުރުމުގައި އެމްޕީއެލް އިން ލަސްވެގެން ދިމާވާ ކަމަކާ ގުޅިގެން މުދާ ގެންނަ ފަރާތުން އެއްވެސް ފީ އެއް ދައްކަން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވިޔަފާރި ބަނދަރުގެ ހާބާ މާސްޓާ އަހުމަދު ރަޝީދު ވިދާޅުވީ، ބޯޓުތަކުން މުދާ ބާލަން އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށެވެ. އެގޮތުން ބަނދަރަށް ބޯޓުތައް ކައިރި ކުރުމާއި މުދާ ބޭލުން ވެސް ކުރިއަށް ވުރެ އަވަސް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޕީއެލް އިން ބުނީ އެ ކުންފުނިން ބަލަހައްޓާ ޓީޖެޓީ ސަރަަހައްދާއި ނޯތު ހާބަރުގެ އޮޕަރޭޝަންތައް ވެސް ކުރިއަށް ދަނީ ވަރަށް ރަނގަޅަށް ބެލެހެއްޓިގެން ކަމަށެވެ. އެ ތަންތަނުގައި ވެސް ދަތިތައް ކުރިމަތި ނުވާނެ ގޮތަށް ކަންކަން ރޭވިފައިވާ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.
ބައެއް މުދާތައް އުފުލާ ގަޑިތަކަށް ބަދަލު ގެނެސްފި
އަލުވި ބަސްތާއެއްގެ އަގު 500ރ. އަށް އަރައިފި
މިފަހަރު ގަންނަނީ އެހެން ސާމާނުތަކެއް: އެމްޕީއެލް
ހުސް ކޮންޓެއިނަރުތައް ހުޅުމާލެ އަށް ގެންދަނީ
މަޖޫރީން ދެ ގުނަ އަގުބޮޑުކޮށް މަސައްކަތް ފަށައިފި
ވިޔަފާރި ބަނދަރާއި ޓީ ޖެޓީން މުދާ ދޫކުރުން ރޭގަނޑަށް
މަހަކު ގެންނަ ކޮންޓެއިނާ 6،000 އަށް އިތުރުވާނެ
އިގުތިސާދީ ހެޔޮބަދަލު ވަޖީހު ދެއްކެވީ ގްރާފުން
އެމްޕީއެލްގެ އެކްސިޑެންޓްތަކުގައި ބޮޑެތި އިހުމާލުތައް
ޕެލެޓްގެ ދަށުވި މީހާގެ ކަށިތަކަށް ވަނީ ގެއްލުންވެފައި