08 ޖެނުއަރީ 2021
މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި ކޮންޓެއިނާއެއްގެ ތެރެއަށް ވަދެ އުޅެނިކޮށް އޭގެ ތެރޭގައި ހުރި ބިއްލޫރި ޕެލެޓެއް ވެއްޓި ތާށިވީމީހާގެ ހަށިގަނޑުގައި ފްރެކްޗާތައް ގިނަ ކަމަށާއި އިމަޖެންސީ ރޫމުގައި ފަރުވާ ދިނުމަށް ފަހު ވޯޑަށް ބަދަލުކޮށް ފަރުވާ ދެމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.
މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި ކޮންޓެއިނާއެއްގެ ތެރެއަށް ވަދެ އުޅެނިކޮށް އޭގެ ތެރޭގައި ހުރި ބިއްލޫރި ޕެލެޓެއް ވެއްޓި ތާށިވީމީހާގެ ހަށިގަނޑުގައި ފްރެކްޗާތައް ގިނަ ކަމަށާއި އިމަޖެންސީ ރޫމުގައި ފަރުވާ ދިނުމަށް ފަހު ވޯޑަށް ބަދަލުކޮށް ފަރުވާ ދެމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.
ޑޮކްޓަރުންނާ ހަވާލާ ދެއްވައި، އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ހައްވާ އަފީފާ ވިދާޅުވީ ބިއްލޫރި ޕެލެޓްގެ ދަށުވިމީހާގެ ގިނަ ފްރެކްޗާތަކެއް އެބަހުރި ކަމަށެވެ. އަނިޔާވި މީހާގެ ހާލަތާ ބެހޭ ގޮތުން ސުވާލު ކުރުމުން ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
"އީއެންޓީ ވޯޑުގައި މިހާރު ފަރުވާ ދެމުން އަންނަނީ، ގިނަ ފްރެކްޗާތަކެއް ހުރި ކަމަށް [ޑޮކްޓަރުން]ވިދާޅުވީ،" އޮފިޝަލް ވިދާޅުވި އެވެ.
ރޭ ހިނގި ނުރައްކާތެރި މި އެކްސިޑެންޓްގައި ޒަަހަމްވި ދެ ވަނަ މީހާ އަށް އައިޖީއެމްއެޗްގެ އީއާރުގައި ފަރުވާދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
ބިއްލޫރި ޕެލެޓް ވެއްޓި، މީހަކު އޭގެ ދަށުގައި ތާށިވި ހާދިސާގެ މަންޒަރު ދުށް މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި ބިއްލޫރިތަކުގެ ދިގުމިނުގައި ފަސްވަރަކަށް ފޫޓު ހުންނާނެ އެވެ.
"ޕެލެޓުގެ ދަށުގައި އޮތް މީހާ އޮތީ ވަރަށް ބޮޑަށް ޒަހަމްވެފައި،" ސިފައިންގެ މަސައްކަތުން އޭނާ އޭގެ ދަށުން ނެރުމުގެ ކުރިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެމްއެންޑީއެފުން މީޑިއާތަކަށް ދިން މައުލޫމާތުތަކަށް ބަލާއިރު، ކޮންޓެއިނަރު ތެރޭގައި ތާށިވި މީހާ ނެގީ، ބޭރުން ކޮންޓޭނަރު ކަފާލައިގެންނެވެ.
ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ކޮންޓެއިނާ ތެރޭ ތާށިވި މީހާ އޮތީ ބިއްލޫރި ޕެލެޓާއި ކޮންޓެއިނާގެ ބިތަކާ ދޭތެރޭ ވަރަށް ބޮޑަށް ފިތިފަ އެވެ. އޭނާގެ މޭކަށިގަނޑާ ހިސާބުން ފިތިފައި އޮތް އިރު ޕެލެޓް މަތިން އަތް އަޅުވާލެވިފައި އޮތީ ޒަހަމްތަކާ އެކުގައި ކަމަށް ބެލެވެ އެވެ. އޭނާގެ ގައިން ފޭބި ލޭ ވެސް އެތަނުގައި ހުއްޓެވެ.
މާލޭގެ ވިޔަފާރި ބަނދަރުގައި ދޭތެރެ ދޭތެރެއިން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަ އެވެ. އެންމެ ފަހުން ބޮޑު ހާދިސާއެއް ހިނގީ ސެޕްޓެމްބަރު 2017 ގަ އެވެ. ބޯޓަކަށް ކޮންޓެއިނަރުތަކެއް އަރުވަން އުޅެނިކޮށް ކޮންޓެއިނަރެއްގައި ފައި ތާށިވުމުން، އެމްޕީއެލްގެ މުވައްޒަފެއްގެ ކަނާތު ފައި ބުރިކޮށްލަން ޖެހުނެވެ. އޭނާގެ އެ އޮޕަރޭޝަން ކުރީ، އިތުރު ފަރުވާއަށް އިންޑިއާއަށް ފޮނުވުމުން، ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލްގަ އެވެ.
އެމްޕީއެލްގައި ޒަހަމްވި މީހާ އަދިވެސް ސީރިއަސް
ކާޕެޓް ރޯލެއް ވެއްޓި ދަށުވި މީހަކު އައިސީޔޫގައި
ފޯކްލިފްޓްގެ ދަށުވެ ފައި ޗިސްވި މީހާގެ ފައި ބުރިކޮށްފި
ކޮންޓެއިނަރުން ޖެހި ޒަޚަމްވި މީހާ އިންޑިއާ އަށް
ކޮންޓެއިނަރުން ޖެހި ޒަޚަމްވި މީހާގެ ހާލު ރަނގަޅު
ކޮންޓެއިނަރުން ޖެހި ޒަހަމްވި މީހާ ބޭރަށް ފޮނުވާލަނީ
ކޮންޓެއިނާއެއް އަރިއަޅާލައި މީހަކު ޒަހަމްވެއްޖެ
ދެމައިން އެޑްމިޓުކޮށްފައި؛ ފިރިމީހާ އިތުރު ވޭނެއްގައި!
ކަނޑުމަތީ އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެ
ބަނދަރުގައި ޒަހަމްވި މީހާގެ ގިނަ އޮޕަރޭޝަންތަކެއް