07 ސެޕްޓެމްބަރ 2017
މާލޭގެ ވިޔަފާރި ބަނދަރުގައި ކޮންޓެއިނާއެއް ބޯޓަކަށް ބަރުކުރަނިކޮށް، އެއިން ޖެހި ޒަޚަމްވި މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
މާލޭގެ ވިޔަފާރި ބަނދަރުގައި ކޮންޓެއިނާއެއް ބޯޓަކަށް ބަރުކުރަނިކޮށް، އެއިން ޖެހި ޒަޚަމްވި މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ބޯޓެއްގެ ފަލްކާ އަށް ކޮންޓެއިނާތަކެއް ބަރުކުރަން އުޅުމުގެ ތެރޭގައި އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މުވައްޒަފަކަށެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޒަޚަމްވި މީހާ އަށް މިވަގުތު ފަރުވާ ދެމުން އަންނަނީ އެ ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށެވެ. އަދި އޭނާގެ ހާލު ގާތުން ބަލަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ވެންޓިލޭޓަރުން ވެސް މިހާރު އޮތީ ނައްޓާލާފައި. ފައިގެ ބޮޑު އޮޕަރޭޝަނެއް ކުރި ގާތްގަނޑަކަށް 10 ގަޑިއިރުގެ. މިހާރު އޮތީ އޮބްޒަވޭޝަންގައި ބާއްވާފައި،" އޮފިޝަލް ވިދާޅުވި އެވެ.
އެމްޕީއެލްގެ އޮފިޝަލަަކު ވިދާޅުވީ ޒަޚަމްވި މީހާގެ ކަނާތު ފަޔަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އިތުރު ފަރުވާ ދިނުމަށް ރާއްޖޭން ބޭރަށް ގެންދިއުމުގެ މަސައްކަތް އެމްޕީއެލް އިން އަންނަނީ ކުރަމުންނެވެ. އޭނާގެ މީހާގެ ބޭސްފަރުވާގެ ހުރިހާ ކަމެއް ބަލަހައްޓަނީ އެމްޕީއެލް އިންނެވެ.
"ކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށް ފަހު، މާދަމާ ފަތިހު ރާއްޖޭން ބޭރަށް ފޮނުވާލެވޭތޯ މި ބަލަނީ،" އެމްޕީއެލްގެ އޮފިޝަލް ވިދާޅުވި އެވެ.
"އޮޕަރޭޝަނަށް ފަހު ޒަޚަމްވި މީހާގެ ހާލަތު ވަކި ގޯހެއް ނުވޭ."
އެނގިފައިވާ ގޮތުގައި ބޯޓެއްގެ ފަލްކާ އަށް ކޮންޓެއިނާތަކެއް ބަރުކުރަން އުޅެނިކޮށް، އެކަތި އަރިއަޅާލައިގެން، ޒަޚަމްވި މީހާގެ ފައިގައި އެ ކޮންޓެއިނާ އިން ޖެހި އޭނާގެ ފައި ވަރަށް ބޮޑަށް ވަނީ ޗިސްވެފަ އެވެ. އެމްޕީއެލް އިން ބުނީ އެމީހާ ޒަހަމްވީ އޭނާގެ ފަޔާއި ކޮންޓެއިނަރާ ފިތިގެން ކަމަށެވެ.
އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ އަނިޔާވި މުވައްޒަފު ހުރީ ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކޮށްފައި ކަމަށެވެ. ކާގޯ ބޯޓުތަކުގައި ކޮންޓެއިނަރު ބަރުކުރުމާއި ކޮންޓެއިނަރު ބޭލުމަކީ އޭގެ ޒާތުގައި ރިސްކް ބޮޑު ކަމެއް ކަމަށާއި ރޭ ހިނގި ފަދަ ހާދިސާއެއް މަދުން ނަމަވެސް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ޕެލެޓްގެ ދަށުވި މީހާގެ ކަށިތަކަށް ވަނީ ގެއްލުންވެފައި
ކޮންޓެއިނަރުން ޖެހި ޒަޚަމްވި މީހާ އިންޑިއާ އަށް
ކޮންޓެއިނަރުން ޖެހި ޒަހަމްވި މީހާ ބޭރަށް ފޮނުވާލަނީ
ކޮންޓެއިނާއެއް އަރިއަޅާލައި މީހަކު ޒަހަމްވެއްޖެ
އެމްޕީއެލްގައި ޒަހަމްވި މީހާ އަދިވެސް ސީރިއަސް
ކާޕެޓް ރޯލެއް ވެއްޓި ދަށުވި މީހަކު އައިސީޔޫގައި
ބިއްލޫރިތަކުގެ ދަށުވި މީހާ މަރުވެއްޖެ
ބައެއް މުދާތައް އުފުލާ ގަޑިތަކަށް ބަދަލު ގެނެސްފި
އަލުވި ބަސްތާއެއްގެ އަގު 500ރ. އަށް އަރައިފި
މުދާ ނެރުން ލަހެއް ނުވާނެ: އެމްޕީއެލް