28 ނޮވެމްބަރ 2018
ސްކޫލު ބަންދު ދުވަސްތަކުގައި މާލޭގެ ވިޔަފާރި ބަނދަރުން މުދާ ނެރެގެން ރަށު ތެރެއަށް އުފުލާ ގަޑިތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބަދަލު ގެނެސްފި އެވެ.
ސްކޫލު ބަންދު ދުވަސްތަކުގައި މާލޭގެ ވިޔަފާރި ބަނދަރުން މުދާ ނެރެގެން ރަށު ތެރެއަށް އުފުލާ ގަޑިތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބަދަލު ގެނެސްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ ސިވިލް އޭވިއޭޝަން އޮތޯރިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވީ އަންނަ ޖެނުއަރީ 13 ގައި ސްކޫލުތަކުގެ ކިޔެވުން ފަށަންދެން ވިޔަފާރި ބަނދަރުން ގުދަންތަކަށާއި ފިހާރަތަކަށް ގެންދާ ކާބޯތަކެތި އުފުލުމުގެ މަސައްކަތް ހުރިހާ ވަގުތެއްގައި ވެސް ކުރުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ.
"އޭގެ ތެރޭގައި މި ހިމެނެނީ ބިސް، އަލުވި، ފިޔާ. ހަލާކުވާ ޒާތުގެ އެއްޗެހި. މި އެއްޗެހި ތާޒާކަންމަތީ ރައްޔިތުންނާ ހަމަ އަށް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް،" ރަފީއު ވިދާޅުވި އެވެ.
އެ ނޫން ބާވަތްތަކުގެ މުދާ އުފުލުމަށް ހުއްދަ ދޭނީ ކޮންމެ ދުވަހެއްގެ ހަވީރު 3:00 ން އަނެއް ދުވަހުގެ ހެނދުނު 6:00 އާ ހަމައަށެވެ.
މުދާ އުފުލާ ގަޑިތަކަށް މިދިޔަ އެޕްރީލް މަހުގެ ތެރޭގައި އޭރުގެ ސަރުކާރުން ބަދަލު ގެނެސް، މާލޭގައި މުދާ އުފުލާ ގަޑިތަކުގެ ގޮތުގައި ހަމަޖެއްސީ ހަވީރު 6:00 އިން އަނެއް ދުވަހުގެ ހެނދުނު 6:00 އަށެވެ. ނަމަވެސް ޖޫން މަހު އަލުން ވަނީ ދުވާލުގެ ހުރިހާ ވަގުތެއްގައި ވެސް ކުދި ޕިކަޕްތަކުގައި މުދާ އުފުލުމުގެ ހުއްދަ ދީފަ އެވެ.
މުދާ އުފުލުމުގެ ގަވައިދާ މިންގަނޑުތަކާ ހިލާފަށް މުދާ އުފުލާކަން ފާހަގަ ކުރައްވައި ރަފީއު ވިދާޅުވީ މި ފަހަކަށް އައިސް ވަރަށް ކަންބޮޑުވާ މަންޒަރުތައް ފެންނަ ކަމަށެވެ. އެގޮތުން ލޮރީ އާއި ޕިކަޕްތަކުގައި ވަރަށް އުސްކޮށް މުދާ ޖަހައިގެން އުފުލުމާއި އެ މުދާތައް މަތީގައި މީހުން އިށީނދެ ތިބޭ މަންޒަރު ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގައި މުދާ އުފުލާ ވަގުތުތަކަށް ކުރީ ސަރުކާރުން ބަދަލު ގެނައީ މާލޭގެ ޓްރެފިކަށް ލުޔެއް ގެނައުމަށެވެ.
މުދާ ނެރުން ލަހެއް ނުވާނެ: އެމްޕީއެލް
އެމްޕީއެލްގެ އެކްސިޑެންޓްތަކުގައި ބޮޑެތި އިހުމާލުތައް
މިފަހަރު ގަންނަނީ އެހެން ސާމާނުތަކެއް: އެމްޕީއެލް
ހުސް ކޮންޓެއިނަރުތައް ހުޅުމާލެ އަށް ގެންދަނީ
ކުދި ޕިކަޕްތަކުގައި ދުވާލު މުދާ އުފުލޭ ގޮތް ހަދައިފި
އަލުވި ބަސްތާއެއްގެ އަގު 500ރ. އަށް އަރައިފި
މަޖޫރީން ދެ ގުނަ އަގުބޮޑުކޮށް މަސައްކަތް ފަށައިފި
ވިޔަފާރި ބަނދަރާއި ޓީ ޖެޓީން މުދާ ދޫކުރުން ރޭގަނޑަށް
މަހަކު ގެންނަ ކޮންޓެއިނާ 6،000 އަށް އިތުރުވާނެ
އިގުތިސާދީ ހެޔޮބަދަލު ވަޖީހު ދެއްކެވީ ގްރާފުން