26 ޖޫން 2018
މާލޭގެ މަގުތަކުގައި ވިޔަފާރި އުސޫލުން ވެހިކަލްތަކުގައި ދުވާލު މުދާ ނުއުފުލޭ ގޮތަށް އޮތް އޮތުމަށް ބަދަލު ގެނެސް ކުދި ޕިކަޕްތަކުގައި ދުވާލު މުދާ އުފުލޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ހަމަޖައްސައިފި އެވެ.
މާލޭގެ މަގުތަކުގައި ވިޔަފާރި އުސޫލުން ވެހިކަލްތަކުގައި ދުވާލު މުދާ ނުއުފުލޭ ގޮތަށް އޮތް އޮތުމަށް ބަދަލު ގެނެސް ކުދި ޕިކަޕްތަކުގައި ދުވާލު މުދާ އުފުލޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ހަމަޖައްސައިފި އެވެ.
މުދާ އުފުލާ ގަޑިތަކަށް މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ބަދަލު ގެނެސް، މާލޭގައި މުދާ އުފުލުމުގެ ހުއްދަ ގަޑި އަކީ ހަވީރު 6:00 އިން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް ކަމަށް ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.
އެކަމަކު އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ 350 ކިލޯ އަށް ވުރެ މަދުން މުދާ އުފުލާ އުޅަނދުތަކަށް މިއަދުން ފެށިގެން ދުވާލުގެ ވަގުތުތަކުގައި، މުދާ އުފުލޭނެ ކަމަށެވެ.
މާލެ އާއި ހުޅުމާލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތާއި ބޮޑުތަކުރުފާނު މަގާއި އެ މަގާ ގުޅިފައިވާ އެހެން މަގުތައް ރީ ޑިޒައިންކޮށް، ޓްރެފިކަށް ހައްލު ހޯދައިދޭން ކުރާ މަސައްކަތާ ގުޅިގެން ގިނަ މަގުތަކެއް ވަނީ ބަންދުކޮށްފަ އެވެ. މީގެ ސަބަބުން މުދާ އުފުލުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީވެ، ކުދި ޕިކަޕްތަކުގައި ދުވާލު މުދާ އުފުލުމުގެ ހުއްދަ ދިނީ، އެ ދަތިތަކަށް ހައްލު ހޯދައިދޭން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިދިޔަ ރޯދަ މަހުގެ ތެރޭގައި ވެސް ކުދި ޕިކަޕްތަކުގައި މުދާ އުފުލުގެ ހުއްދަ ދިނެވެ. އެއީ، ރޯދަ މަހުގައި ކުރިމަތިވެދާނެ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށެވެ.
ހަތަރު ފުރޮޅުލީ އުޅަނދުތަކަށް މަޖީދީމަގު ވަންވޭ ކުރަނީ
މުދަލުގެ އަގު ބޮޑުކުރާ ނަމަ، ފިޔަވަޅު އަޅާނަން:ސައީދު
މަޖޫރީން ދެ ގުނަ އަގުބޮޑުކޮށް މަސައްކަތް ފަށައިފި
އޮޅުންބޮޅުން: މާލޭގެ މަގުމަތީ ޓުރެފިކް
ރަޖިސްޓްރީ ނުކުރާ 1،000 އަށް ވުރެ ގިނަ ވެހިކަލް!
މާލެ ސަރަހައްދުން 281 ވެހިކަލް ނައްތާލައިފި
ތޮއްޖެހުން ކުޑަކުރަން މަގުތަކުން 108އުޅަނދު ނަގައިފި
ނަމްބަރު ޕްލޭޓް މައްސަލަ: 3މިލިއަންގެ ބަދަލެއް ނުދިން
ރޯދަ މަހު މުދާ އުފުލާނެ ގަޑިތައް ކަނޑައަޅައިފި
ޓެކްސީ ދަތުރުތަކުގެ އަގު ކަނޑައެޅުމަށް ހިޔާލު ހޯދަނީ