Roadha Mihaaru
ކޮންޓެއިނަރުން ޖެހި ޒަޚަމްވި މީހާ އިންޑިއާ އަށް

ކޮންޓެއިނަރުން ޖެހި ޒަޚަމްވި މީހާ އިތުރު ފަރުވާ އަށް އިންޑިއާ އަށް

10 ސެޕްޓެމްބަރ 2017

މާލޭގެ ވިޔަފާރި ބަނދަރުގައި އޮތް ބޯޓަކަށް ކޮންޓެއިނަރެއް ބޯޓަކަށް އަރުވަނިކޮށް، އެއިން ޖެހި ޒަޚަމްވި މީހާ އަށް އިތުރު ފަރުވާ ދިނުމަށް އިންޑިއާ އަށް ފޮނުވާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލޭގެ ވިޔަފާރި ބަނދަރުގައި އޮތް ބޯޓަކަށް ކޮންޓެއިނަރެއް ބޯޓަކަށް އަރުވަނިކޮށް، އެއިން ޖެހި ޒަޚަމްވި މީހާ އަށް އިތުރު ފަރުވާ ދިނުމަށް އިންޑިއާ އަށް ފޮނުވާލައިފި އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި އަނިޔާވި މީހާގެ ކަނާތު ފައި ވަނީ ވަރަށް ބޮޑަށް ޗިސްވެފަ އެވެ. އެމްޕީއެލުން ބުނި ގޮތުގައި އެމީހާ އިންޑިއާ އަށް ފޮނުވައިލީ މިދިޔަ ހުކުރު ދުވަހު އެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފަކަށެވެ. އޭނާގެ ބޭސްފަރުވާގެ ހުރިހާ ކަމެއް ބަލަހައްޓަނީ އެމްޕީއެލުންނެވެ.

އައިޖީއެމްއެޗުން ބުނީ އިންޑިއާ އަށް ގެންދިޔައީ އެ ހޮސްޕިޓަލްގައި ކުރި 10 ގަޑިއިރުގެ ފައިގެ ބޮޑު އޮޕަރޭޝަނަކަށް ފަހު ކަމަށެވެ. މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ބޯޓަށް ކޮންޓެއިނާތަކެއް ބަރުކުރަން އުޅެނިކޮށް، އެކަތި އަރިއަޅާލައިގެން، ހިނގި މި ހާދިސާއާ ގުޅިގެން އެމްޕީއެލުން ބުނީ އެމީހާ ޒަހަމްވީ އޭނާގެ ފަޔާއި ކޮންޓެއިނަރާ ފިތިގެން ކަމަށެވެ.

އެމްޕީއެލުން ބުނި ގޮތުގައި އަނިޔާވި މީހާ ހުރީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިފަ އެވެ. ކާގޯ ބޯތަކުގައި ކޮންޓެއިނަރު ބަރުކުރުމާއި ކޮންޓެއިނަރު ބޭލުމަކީ ރިސްކު ބޮޑު ކަމެއް ކަމަށާއި އެފަދަ ހާދިސާއެއް މަދުން ނަމަވެސް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމްޕީއެލުން ބުންޏެވެ.

މީގެ ކުރިން، އެމްޕީއެލްގައި ހިނގި ހާދިސާއެއްގައި ކޮންޓެއިނަރުން ޖެހި ޒަޚަމްވި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބި، އޭނާގެ ފައި ވަނީ ބުރިކޮށްލަން ޖެހިފަ އެވެ.