Roadha Mihaaru
ބަނދަރުގައި ޒަހަމްވި މީހާގެ ގިނަ އޮޕަރޭޝަންތަކެއް

އެމްޕީއެލް އެކްސިޑެންޓްގައި ޒަހަމްވި މީހާގެ ގިނަ އޮޕަރޭޝަންތަކެއް ކޮށްފި

06 ފެބުރުއަރީ 2021

އެމްޕީއެލްގެ ދަށުގައި އޮންނަ މާލޭގެ ވިޔަފާރި ބަނދަރުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސްޓިޑެންޓުގައި ޒަހަމްވި ޒުވާނާގެ ފުރާނަ ސަލާމަތްކުރަން ގިނަ އޮޕަރޭޝަންތަކެއް ކޮށްފި އެވެ. އެކަމަކު އޭނާގެ ހާލަތު އަދިވެސް ވަރަށް ސީރިއަސްކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވެއްޓުނު ކާޕެޓް ރޯލެއްގެ ދަށުވެ ޒަހަމްވި 29 އަހަރުގެ ފިރިހެންމީހާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ.

މިނާ އިންވެސްޓްމެންޓް ކްލިއަރެންސް ގްރޫޕުގައި މަސައްކަތްކުރަމުން އައި މަޖޫރީއަށް ލިބުނު ގެއްލުންތަކާ ބެހޭ ތަފުސީލީ މައުލޫމާތެއް އައިޖީއެމްއެޗަކުން ނުދެ އެވެ.

މަޖޫރީގެ ގައިމައްޗަށް ކާޕެޓް ރޯލް ވެއްޓުނީ ކްރޭނެއް ބޭނުންކޮށްގެން ދޯންޏަކަށް އެ އަރުވަނިކޮށެވެ.

އެކްސިންޓެންޓާ އެކު އެމްޕީއެލް އިން ބުނީ އެތަނުގެ އެކްސިޑެންޓް އެންޑް އިންވެސްޓިގޭޝަން ކޮމިޓީން އެ މައްސަލަ ބަލައި ނިމެންދެން މިނާ އިންވެސްޓްމަންޓާއި އެ މަސައްކަތުގައި ބައިވެރިވި އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

މާލޭ ވިޔަފާރި ބަނދަރުގައި މިދިއަ މަހު ބިއްލޫރި ޕެލެޓެއް ވެއްޓި އޭގެ ދަށުވުމުން ލިބުނު ބޮޑެތި ގެއްލުންތަކަށް ފަރުވާ ދެމުން ދަނިކޮށް، ޒުވާން އެހެން މަޖޫރީއަކު ވަނީ މަރުވެފަ އެވެ. އެ އެކްސިޑެންޓް ވެސް ތަހުގީގުކުރަމުން އަންނަ ކަމަށް އެމްޕީއެލުން ބުނެފައިވެ އެވެ.